ޝަނާޔާ ކަޕޫރުގެ ފުރަތަމަ ފިލްމު "އާނކޯންކީ ގުސްތާކިޔާ" ޒީ5 އަށް ދޫކޮށްލައިފި
ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރުގެ ދަރިފުޅު، ޝަނާޔާ ކަޕޫރު، އެނާގެ ފުރަތަމަ ފިލްމު "އާނކޯންކީ ގުސްތާކިޔާ" އާ އެކު، މިހާރު ސްޓްރީމިންގް ޕްލެޓްފޯމް ޒީ5 އިން ފެންނަން ހުންނާނެ ކަމަށް އިއުލާނުކޮށްފިއެވެ.
ޝަނާޔާ ބޮލީވުޑަށް ތައާރަފްވި މި ފިލްމަކީ މި އަހަރުގެ ޖުލައި 11 ގައި ތިއޭޓަރުތަކަށް ރިލީޒްކުރި ފިލްމެކެވެ. ޒީ5 އިން މި ފިލްމު ސްޓްރީމްކުރަން ފެށީ ހުކުރު ދުވަހުއެވެ. މި ފިލްމުގެ މަންޒަރެއް
.
"އާނކޯންކީ ގުސްތާކިޔާ" އަކީ ލޯބީގެ ރީތި ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ލީޑް ރޯލު ކުޅެފައިވަނީ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ވިކްރާންތު މަސޭއެވެ.
Ads by BMLލޯފަން މިއުޒީޝަނަކާއި ސްޓޭޖްމަތީ ތަމްސީލު ކުޅެން އުޅޭ ބަތަލާއެއްގެ މެދުގައި ހިނގާ ލޯބީގެ ގުޅުމުގެ މައްޗަށް ބިނާވެފައިވާ މި ފިލްމު ބެލި ގިނަ ބަޔަކު ވަނީ ޝަނާޔާގެ އެކްޓިންއަށް ތައުރީފުކޮށްފައެވެ. ގިނަ ފިލްމު ކްރިޓިކުން ވަނީ ޝަނާޔާއަކީ ގުދުރަތީ ހުނަރުވެރި ބަތަލާއެއް ކަމަށް ސިފަކޮށްފައެވެ.
މި ފިލްމު ގެނެސްދީފައި ވަނީ ޕްރޮޑިއުސަރުން ކަމަށްވާ މާންސީ ބަގްލާ އާއި ވަރޫން ބަގްލާގެ ކުންފުނި މިނީ ފިލްމްސް އާއި ޒީ ސްޓޫޑިއޯސް ގުޅިގެންނެވެ. ޝަނާޔާގެ ފިލްމީ ދާއިރާގެ ކުރިމަގު ވަރަށް އުޖާލާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެނާގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭގައި ޑައިރެކްޓަރު ބިޖޯއި ނަމްބިއާގެ "ތޫ ޔާ މޭ" އާއި، މަލަޔާޅަމް އެކްޓަރު މޯހަންލާލުގެ ޕީރިއަޑް ފިލްމު "ރުޝުބާ" އާއި، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ސީރީޒް "ސްޓޫޑެންޓް އޮފް ދި އިޔާ 3" ހިމެނެއެވެ.
މީގެ އިތުރުން އެކްޓަރު އަބޭ ވަރުމާއާ އެކީ ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ފިލްމެއްވެސް އެނާގެ ލިސްޓުގައި ހިމެނެއެވެ.
Ads by MACL
