ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

7 ވަނަ ކެރަމް ވޯލްޑް ކަޕްގެ ކޮމެޓީގެ ޗެއާމަނަކަށް މެންބަރ ނިޒާރު އަދި ވައިސް ޗެއާމަނަކަށް ފައިހަތު!

7 ވަނަ ކެރަމް ވޯލްޑް ކަޕްގެ ކޮމެޓީގެ ޗެއާމަނަކަށް މެންބަރ ނިޒާރު އަދި ވައިސް ޗެއާމަނަކަށް ފައިހަތު!

7 ވަނަ ކެރަމް ވޯލްޑް ކަޕްގެ ކޮމެޓީގެ ޗެއާމަނަކަށް މެމްބަރ ނިޒާރު އަދި ވައިސް ޗެއާމަނަކަށް ފައިހަތު ހަމަޖައްސައިފިއެވެ. 

މިއަހަރު ބާއްވާ 7 ވަނަ ކެރަމް ވޯލްޑް ކަޕް ބާއްވާނެ ގައުމެއްގެ ގޮތުގައި ރާއްޖެ ވަނީ ހަމަޖައްސައިފައެވެ. މިކަން ރަސްމީކޮށް އިއުލާންކޮށް، މުބާރާތުގެ ރަސްމީ ލޯގޯ މިވަނީ އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްފައެވެ. މި މުބާރާތުގެ ކޮމެޓީގެ ޗެއާމަނަކަށް މެމްބަރު ނިޒާރު ހަމަޖައްސާފައިވާއިރު، ވައިސް ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ފައިހަތު އެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ކުޅިވަރުގެ އިސްވެރިންނާއި، ކެރަމް ކޮމިއުނިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ލޯގޯ އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އެވެ. މިއާއެކު މި ބައިނަލްއަގްވާމީ މުބާރާތަށް ތައްޔާރުވުމުގެ ރަސްމީ މަސައްކަތްތައް ވަނީ ފަށާފައެވެ.

މިއީ ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރު ވެސް މި މުބާރާތް ރާއްޖޭގައި ބާއްވާފައިވެއެވެ.

މި އިއުލާނާއެކު ދިވެހި ކުޅުންތެރިން ބައިނަލްއަގްވާމީ ފެންވަރުގައި ދައްކާފައިވާ މޮޅެތި ކުޅުންތައް ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު ކެލިފޯނިއާގައި ބޭއްވި ކެރަމް ވޯލްޑް ކަޕްގައި ދިވެހި ދެ ޓީމު ވެސް ވަނީ ޓީމް އިވެންޓްގެ ސެމީ ފައިނަލަށް ދަތުރުކޮށް، ސްރީލަންކާއަތުން ބަލިވެ، ރަން މެޑަލް ހޯދާފައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު މާލޭގައި ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. ޑަބަލްސް އިވެންޓްގައި އިސްމާއިލް އަޒްމީނާއި ހަސަން ނާޒިމް ރިހި މެޑަލް ހޯދި އިރު، ފިރިހެން ޓީމުން ޓީމް ކެޓަގަރީގައި ރިހި މެޑަލް ހޯދައި، އަންހެން ޓީމުން ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި ސިންގަލްސް އިވެންޓްތަކުގައި ވެސް ގިނަ އަދަދެއްގެ ދިވެހި ކުޅުންތެރިން ކުއާޓާ ފައިނަލަށް ދަތުރުކުރިއެވެ.

ކެރަމް ވޯލްޑް ކަޕް އަނެއްކާވެސް ރާއްޖޭގައި ބޭއްވުމަކީ މި ގައުމުގައި މި ކުޅިވަރަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ އިތުރުން، ބައިނަލްއަގްވާމީ ކެރަމް މަންޒަރުގައި ރާއްޖެއަކީ ކުރިއަރަމުން އަންނަ ކުޅުންތެރިއެއްގެ ގޮތުގައި ދައްކުވައިދިނުމުގެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި މިކަން ވަނީ ފާހަގަކުރެވިފައެވެ.

ކުޅިވަރު

އިތުރަށް ←