ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އަޝްނީރު ގްރޯވަރު ސަލްމާން ޚާނަށް އަމާޒުކޮށް ފާޑުކިޔުންތަކެއް

އަޝްނީރު ގްރޯވަރު ސަލްމާން ޚާނަށް އަމާޒުކޮށް ފާޑުކިޔުންތަކެއް

އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޝާކް ޓޭންކް އިންޑިއާގެ ކުރީގެ ފަނޑިޔާރު އަޝްނީރު ގްރޯވަރު، ބޮލީވުޑްގެ ސުޕަރސްޓާރު ސަލްމާން ޚާނަށް އަމާޒުކޮށް ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. މި ފާޑުކިޔުންތައް އޭނާ ދީފައިވަނީ ރިއަލިޓީ ޝޯތަކުގެ ހޯސްޓުންނާއި ބެހޭގޮތުންނެވެ.

އަޝްނީރު ގްރޯވަރު ބުނެފައިވަނީ، "ރިއަލިޓީ ޝޯތައް ހޯސްޓުންގެ ސަބަބުން ހައިޖެކް ކުރެވިގެން ނުވާނެ" ކަމަށާއި، ޝޯތަކުގެ މައިގަނޑު ސަމާލުކަން ދޭންވާނީ ބައިވެރިންނަށް ކަމަށެވެ. އޭނާ މިފަދަ ވާހަކަތައް ދައްކާފައިވަނީ އޭނާގެ އަމިއްލަ ރިއަލިޓީ ޝޯ ކަމަށްވާ 'ރައިޒް އެންޑް ފޯލް' އެމެޒޯން އެމްއެކްސް ޕްލޭޔަރގައި ޕްރޮމޯޓް ކުރަމުންނެވެ.

ގްރޯވަރުގެ މި ބަސްތަކަކީ ސަލްމާން ޚާން ދިގު މުއްދަތެއްގައި ހޯސްޓުކުރަމުން އަންނަ މަޝްހޫރު ރިއަލިޓީ ޝޯ 'ބިގް ބޮސް' އަށް އަމާޒުކޮށް ދެވުނު ފާޑުކިޔުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސަލްމާން ޚާންގެ ނަން ސީދާ ނުގަންނަވައި ގްރޯވަރު ވާހަކަ ދެއްކި ނަމަވެސް، އޭނާގެ ބަސްތަކުން ދޭހަވަނީ ބިގް ބޮސް ޝޯގައި ސަލްމާން ޚާންގެ ދައުރު ބޮޑުވެ، ބައިވެރިންނަށްވުރެ ހޯސްޓަށް ސަމާލުކަން ދެވޭކަމެވެ.

މީގެ ކުރިން ބިގް ބޮސް 18 ގައި ސަލްމާން ޚާނާއި އަޝްނީރު ގްރޯވަރާ ދެމެދު ހޫނު ބަހުސެއް ހިނގާފައިވެއެވެ. އެ ބަހުސް ހިނގާފައިވަނީ 2019 ވަނަ އަހަރު ބާރަތްޕޭއަށް ސަލްމާން ޚާން ގެނައުމަށް ގްރޯވަރު މަސައްކަތްކުރި ކަމަށް ބުނެ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެފަހަރު ސަލްމާން ޚާން ވަނީ ގްރޯވަރު ދޮގު ހަދާކަމަށް ތުހުމަތުކޮށްފައެވެ. ގްރޯވަރު ފަހުން ބުނެފައިވަނީ ސަލްމާން ޚާން އެކަން ކުރީ ޝޯއަށް ޑްރާމާ ގެނައުމަށް ކަމަށެވެ.

ލައިފްސްޓައިލް

އިތުރަށް ←