ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލްގެ ފުރަތަމަ ދަރިފުޅު އަންނަ މަހު
ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ދެމަފިރިކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލްގެ ފުރަތަމަ ދަރިފުޅަށް އިންތިޒާރު ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ކެޓްރީނާ ވިހާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ފަހުކޮޅު ނުވަތަ ނޮވެމްބަރު މަހު އެވެ. މި ޚަބަރަކީ ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑު ސަމާލުކަމެއް ހޯދާފައިވާ ޚަބަރެކެވެ.
އާންމުކޮށް ބޮލީވުޑްގެ ތަރިން ބަލިވެއިނުމުގެ ޚަބަރު ސޯޝަލް މީޑިއާގައި އިއުލާން ކުރާ އުސޫލު އޮތް ނަމަވެސް، ކެޓްރީނާ އާއި ވިކީ މި ޚަބަރު ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، އެ ދެމަފިރިންނާ ގާތް މަސްދަރުތަކުން މި ޚަބަރު ކަށަވަރުކޮށްދީފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ކެޓްރީނާ މާބަނޑު ކަމުގެ އަޑު މީގެ ކުރިން ވެސް ފެތުރިފައިވެ އެވެ. އަހަރެއްހާ ދުވަސް ކުރިން މިފަދަ އަޑުތަކެއް ފެތުރުނު ނަމަވެސް، ވިކީ އޭރު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
Ads by BMLލޯބީގެ ގޮތުން ގުޅިގެން އުޅުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން، ވިކީ ކައުޝަލް އާއި ކެޓްރީނާ ކައިފް ކައިވެނިކުރީ ޑިސެމްބަރު 9، 2021 ގަ އެވެ. އެ ދެމަފިރިންނަކީ ބޮލީވުޑްގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދެ ތަރިންނެވެ.
Ads by MACL
