ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ސަލްމާން ޚާންގެ 'ބެޓްލް އޮފް ގަލްވާން' ގެ ދެވަނަ ޝެޑިއުލް މުމްބާއީގައި ފަށަނީ

ބޮލީވުޑްގެ އެންމެ ބޮޑު އެއް ސުޕަރސްޓާރު ކަމަށްވާ ސަލްމާން ޚާން ---
ބޮލީވުޑްގެ އެންމެ ބޮޑު އެއް ސުޕަރސްޓާރު ކަމަށްވާ ސަލްމާން ޚާން ---

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ސުޕަރސްޓާރު ކަމަށްވާ ސަލްމާން ޚާން، އޭނާގެ ކުރިއަށް އޮތް ފިލްމު 'ބެޓްލް އޮފް ގަލްވާން' ގެ ދެވަނަ ޝެޑިއުލް މުމްބާއީގައި ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ. މި ފިލްމުގެ ފުރަތަމަ ޝެޑިއުލް ލަޑާކްގައި ނިމިފައިވާއިރު، އެ ޝެޑިއުލްގައި ސަލްމާން ޚާން ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާފައެވެ.

ލަޑާކްގައި ކުރިއަށްދިޔަ 45 ދުވަހުގެ ޝެޑިއުލްގައި ސަލްމާން ޚާން ބައިވެރިވެފައިވަނީ 15 ދުވަހުއެވެ. މި ދުވަސްތަކުގައި 2-3 ޑިގްރީ ސެލްސިއަސްގެ ފިނި މާހައުލެއްގައި، އޮކްސިޖަންގެ މިންވަރު ދަށްވުމާއި، ގިނަ އަދަދެއްގެ ހަށިގަނޑުގެ އަނިޔާތަކާއެކުވެސް އޭނާ ވަނީ ޝޫޓިންގ ކުރިއަށް ގެންގޮސްފައެވެ. މިކަމުން އޭނާގެ މަސައްކަތަށް އޮތް ލޯބި ހާމަވެގެންދާ ކަމަށް އިންޑަސްޓްރީގެ މަސްދަރަކުން ބުނެއެވެ.

ފުރަތަމަ ޝެޑިއުލް ނިންމާލުމަށްފަހު، ސަލްމާން ޚާން މިހާރު ހަފްތާއެއްގެ ބްރޭކެއް ނަގާފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާތަކުން ރަނގަޅުވުމަށެވެ. މި ބްރޭކަށްފަހު، ފިލްމުގެ ދެވަނަ ޝެޑިއުލް މުމްބާއީގައި ފަށާނެއެވެ.

'ބެޓްލް އޮފް ގަލްވާން' އަކީ ސަލްމާން ޚާންގެ ކުރިއަށް އޮތް ހައި-އޮކްޓޭން ވޯރ ޑްރާމާއެކެވެ. މި ފިލްމުގެ ފުރަތަމަ ލުކް އާންމުކުރި ހިސާބުން ފެށިގެންވެސް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

 

ލައިފްސްޓައިލް

އިތުރަށް ←