ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އާލިއާ ބަޓްގެ 250 ކްރޯޑް ރުޕީސްގެ ގޭގެ ވީޑިއޯއެއް ވައިރަލުވުމުން އާލިޔާގެ ބައްޕަ ރުޅިގަދަވެއްޖެ

މަހޭޝް ބަޓް، އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ---
މަހޭޝް ބަޓް، އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ---

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ އަޅަމުންދާ 250 ކްރޯޑް ރުޕީސްގެ ގެއެއްގެ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އާލިއާގެ ބައްޕަ މަހޭޝް ބަޓް ރުޅިގަދަވެއްޖެއެވެ. މިކަމަކީ އަމިއްލަ ދިރިއުޅުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް އޭނާ ސިފަކޮށް، މީޑިއާތަކުން މިފަދަ ކޮންޓެންޓް ދައުރުކުރުން ހުއްޓާލުމަށް ވަނީ އެދިފައެވެ. މިކަމާ ގުޅިގެން ފިލްމީ ދާއިރާގެ މަޝްހޫރު ފަންނާނު މަހޭޝް ބަޓް ވެސް ވަނީ މި މައްސަލައަށް އަލިއަޅުވާލާފައެވެ.

"އަޅުގަނޑުމެން މި ދިރިއުޅެނީ ބީރައްޓެހި ދުވަސްވަރެއްގައި. އިންވޭސިވް ޖާނަލިޒަމް މިހާރު ލެޖިޓިމައިޒް ވެއްޖެ. މީހުންގެ ދިރިއުޅުމުގައި ހިނގާ ކޮންމެ ކަމެއްވެސް މިހާރު ކަވަރު ކުރެވޭ. އަމިއްލަ ދިރިއުޅުމުގެ މިނިވަންކަމާ ބެހޭގޮތުން ޝަކުވާ ކުރެވިދާނެ، ނަމަވެސް އެއީ ކުރީގެ ދުނިޔެއެއް. މިހާރު މިއީ ތަފާތު ދުވަސްވަރެއް." އެންޑީޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ބަޓް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވީ އާލިއާ އާއި ރަންބީރު ވަނީ ޕަޕަރާޒީންގެ ފަރާތުން އަމިއްލަ ދިރިއުޅުމުގެ މިނިވަންކަމަށް އިހުތިރާމް ކުރުމަށް ތަކުރާރުކޮށް އެދިފައިވާ ކަމަށެވެ. ޚާއްސަކޮށް އެމީހުންގެ ދަރިފުޅު ރާހާގެ ސަބަބުން މިކަން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. "މިއީ ހިތާމަވެރި ކަމެއް. އާލިއާ ވަރަށް ކަންބޮޑުވޭ މިކަމާ. ސަބަބަކީ ކުއްޖާއަށް ލިބޭ ސަމާލުކަމުގެ ސަބަބުން ކުއްޖާގެ ކުޑައިރުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ،" އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ބަޓް ވަނީ ފޮޓޯގްރާފަރުންނަށް ކުރިމަތިވާ ދަތިތަކަށްވެސް އަލިއަޅުވާލާފައެވެ. "މީހަކު އެކަން ބޭނުންވޭ. އެކަމަށް ޑިމާންޑެއް އެބައޮތް، އަދި އެކަން ފޯރުކޮށްދޭނެ ބަޔަކުވެސް އެބަތިބި. އެކަން ހުއްޓުވާނީ ކިހިނެއް؟ ޕަޕަރާޒީން ދިރިއުޅެނީ އެމީހުން ނަގާ ކޮންމެ ފޮޓޯއަކަށް. އެމީހުން ވާރޭގައި، ހޫނުގައި، ފިނިގައިވެސް މަސައްކަތް ކުރޭ. އެމީހުންނަށް އެއްޗެއް ނުލިބިއްޖެނަމަ ވަޒީފާ ގެއްލޭނެ. އެހެންވީމާ، މިކަން ހުއްޓުވާނީ ކޮންތާކުން؟" އޭނާ ވިދާޅުވިއެވެ.

"ކޮންމެ މީހަކުވެސް ބޭނުންވަނީ ތިބާގެ ގޭތެރޭގައި ހިނގާ ކަންތައްތައް ބަލަން... ވަގުތު ފާއިތުވަމުންދާ ވަރަކަށް، ތިބާއަށް އިތުރަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭނެ." އޭނާގެ ވާހަކަ ނިންމަވާލައްވަމުން، މި ތަޖުރިބާކާރު ފިލްމީ ދާއިރާގެ ފަންނާނު ވިދާޅުވިއެވެ.

ލައިފްސްޓައިލް

އިތުރަށް ←