ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

މަކަރުވެރި އަންހެނެއްގެ ރޭޕް ތުހުމަތާއިއެކު ޖަލުގައި 14 މަސް ހޭދަކުރިފަހުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑެނި އަލްވޭޒް ސަލާމަތްވެއްޖެ!

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑެނި އަލްވޭޒް ---
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑެނި އަލްވޭޒް ---

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑެނީ އަލްވޭޒް، ރޭޕްގެ ދޮގު ތުހުމަތަކާ ގުޅިގެން 14 މަސް ދުވަހު ޖަލުގައި ހޭދަކުރުމަށްފަހު، މިނިވަންވެއްޖެއެވެ. ސްޕެއިންގެ ކޯޓަކުން އޭނާގެ މައްޗަށް އެ ތުހުމަތު ސާބިތުނުވާކަމަށް ހުކުމްކުރިއިރު، މި ހާދިސާއާ ގުޅިގެން އޭނާގެ ކެރިއަރާއި އަމިއްލަ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ޚަބަރު ލިބެއެވެ.

އަލްވޭޒްގެ ދިރިއުޅުން ހަލާކުކޮށްލި ކަމަށް ބުނާ އަންހެންމީހާ އެއްވެސް ކަމެއް ނުވާ ފަދައިން މިނިވަންކަމާއެކު އުޅެމުންދާއިރު، އަލްވޭޒްއަށް ވަނީ އޭނާގެ އާއިލާ ހިމެނޭގޮތަށް ހުރިހާ އެއްޗެއް ގެއްލިފައެވެ. މި މައްސަލަ ފެށުނީއްސުރެ އޭނާއާ ދެކޮޅަށް ކަންތައްތައް ރޭވިފައިވާ ކަމުގެ އިހުސާސްތަކެއް އޭނާއަށް ކުރެވެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

އެއް އިރެއްގައި 60 މިލިއަން ޑޮލަރުގެ އަގުހުރި އަލްވޭޒްގެ ފުޓްބޯޅައިގެ ހަޔާތް، ބާސެލޯނާގެ ނައިޓްކްލަބެއްގެ ފާޚާނާއެއްގައި ރޭޕް ކުރިކަމުގެ ތުހުމަތާއެކު ހީނަރުވާން ފެށިއެވެ. އުމުރުން 39 އަހަރުގައި، އަލްވޭޒް ވަނީ ބްރަޔަންސް 2 ޖަލުގައި 14 މަސް ހޭދަކޮށްފައެވެ.

ޕޫމާ ފަދަ ސްޕޮންސަރުން އޭނާއާ އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލްކޮށް، މިލިއަން ޑޮލަރުގެ ގެއްލުން އޭނާއަށް ލިބުނެވެ. ޕޫމާސް ޔުނާ އިން 2.2 މިލިއަން ޑޮލަރުގެ ދައުވާއެއް ކުރުން ފަދަ އެތައް ދައުވާއެއް އޭނާގެ މައްޗަށް އުފުލުނެވެ. އަދި އޭނާގެ އަންހެނުން ޖޮއާނާ ސާންޒްއާ އެކު އޮތް ކައިވެނިވެސް ވަނީ 2024 ވަނަ އަހަރު ވަރިވުމުން ނިމުމަކަށް އައިސްފައެވެ.

ސްޕެއިންގެ ހަރުކަށި ގާނޫނުތަކުގެ ދަށުން، އަންހެންމީހާގެ ހެކިބަހުގެ މައްޗަށް ބިނާކޮށް، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަލްވޭޒް ކުށްވެރިވެ، 4.5 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެވުނެވެ. އަދި 150,000 ޔޫރޯގެ ގެއްލުމުގެ ބަދަލެއް ދިނުމަށް އަމުރުކުރެވުނެވެ (މީގެ ބައެއް، ނޭމާގެ އާއިލާ ފަދަ އެކުވެރިން ވަނީ ހަމަޖައްސައިދީފައެވެ). އަލްވޭޒް އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އިންކާރުކޮށް، އެ ހުކުމް އިސްތިއުނާފު ކުރިއެވެ.

28 މާރިޗު 2025 ގައި، ކެޓަލޯނިއާގެ ހައި ކޯޓުން ވަނީ ހެކިތަކުގައި "ހުށަހެޅުމުގެ މައްސަލަތަކާއި ކުށްތައް" ހުރުމާއި، އަންހެންމީހާގެ ވާހަކަތަކުގައި ހުރި ދިމާނުވުންތަކާއި، އިތުރު ހެކިގަރީނާ ނެތުމުން، އިއްތިފާގުން އޭނާ ކުށުން ބަރީއަކޮށްފައެވެ. ޖަލުގައި 839 ދުވަސް ހޭދަކުރުމަށްފަހު އޭނާ މިނިވަންކަމާއެކު ހިނގައިގަތެވެ.

މި ހުރިހާ ކަމެއް ހިނގިއިރު، ތުހުމަތު ކުރި އަންހެންމީހާގެ ރައްކާތެރިކަމަށްޓަކައި އޭނާގެ ކަންކަން އަދިވެސް ވަނީ ސިއްރުކޮށްފައެވެ އަދި ސާބިތުނުކުރެވޭ ދައުވާއަކަށް އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ލައިފްސްޓައިލް

އިތުރަށް ←