ދީޕިކާ ޕަޑުކޯންގެ 'xXx' ސީކުއަލްގެ ޝޫޓިން މުމްބާއީގައި ކުރިއަށްދަނީ
ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން، އޭނާގެ ހޮލީވުޑް ފިލްމު 'xXx: ރިޓާން އޮފް ޒެންޑަރ ކޭޖް' ގެ ސީކުއަލްގެ ޝޫޓިން މުމްބާއީގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އޭނާގެ ކުޑަ ދަރިފުޅާއެކު އިންޑިއާއިން ބޭރަށް ދަތުރުކުރަން ބޭނުންނުވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދީޕިކާ ވަނީ އޭނާގެ ބައިނަލްއަޤްވާމީ ކެރިއަރު ބެލެހެއްޓުމަށް ހޮލީވުޑްގެ އެންމެ މޮޅު އެޖެންސީއެއް ހަމަޖައްސާފައެވެ. 2017 ވަނަ އަހަރު ވިން ޑީސަލްއާއެކު 'xXx: ރިޓާން އޮފް ޒެންޑަރ ކޭޖް' އިން ހޮލީވުޑަށް ތަޢާރަފުވި ދީޕިކާ، މިހާރު އޭނާގެ އަމިއްލަ ޝަރުތުތަކުގެ މަތިން ހޮލީވުޑްގައި މަސައްކަތް ކުރަން ތައްޔާރުވަމުންދާ ކަމަށް ވެއެވެ.
Ads by BMLމީގެ ކުރިން ދީޕިކާ ވަނީ މާޔަވަންތަކަމަށް އިސްކަންދީ، މަޝްހޫރު ސީރީޒް 'ދަ ވައިޓް ލޮޓަސް' ގެ ތިންވަނަ ސީޒަންގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ.
މިހާރު އޭނާގެ ސީކުއަލްގެ ޝޫޓިން މުމްބާއީގައި ފަށާފައިވާއިރު، މިއީ އޭނާގެ ކެރިއަރުގައި އަނެއްކާވެސް ބޮޑު ކުރިއެރުމެއް ކަމަށް ބެލެވޭއިރު، އޭނާގެ ހޮލީވުޑް މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
Ads by MACL
