ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އެޕަލް ވިޝަން ޕްރޯގެ އަޕްޑޭޓެއްގެ އިޝާރާތްތަކެއް!

އެޕަލް ވިޝަން ޕްރޯގެ އަޕްޑޭޓެއްގެ އިޝާރާތްތަކެއް!
އެޕަލް ވިޝަން ޕްރޯގެ އަޕްޑޭޓެއް އަންނަ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އިން ނެރެފައިވާ ޓެސްޓިންގ ލިޔެކިޔުންތަކުން، އަދި އާންމުކޮށްފައިނުވާ އެޕަލް ވިޝަން ޕްރޯއެއްގެ މައުލޫމާތުތަކެއް ފެނިއްޖެއެވެ.
މިއީ އެޕަލްގެ އާ އުފެއްދުމެއް ވަރަށް އަވަހަށް އާންމުކުރާނެ ކަމުގެ އިޝާރާތެކެވެ.
އެފްސީސީ އަކީ އެޕަލްއިން ސިއްރުކުރަން ބޭނުންވާ މައުލޫމާތުތައް ހާމަކުރުމުގައި މަޝްހޫރު ތަނެކެވެ. މީގެ ކުރިން އެފްސީސީއިން ވަނީ އައިފޯން 16އީގެ ސިއްރު ސްކީމެޓިކްސްތަކާއި، އައިޕެޑް ޕްރޯ އަދި މެކްބުކް ޕްރޯގެ އާ މޮޑެލްތަކުގެ ނަންބަރުތައް ހާމަކޮށްފައެވެ.
މެކްރޫމަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެފްސީސީއިން ވަނީ އެޕަލްގެ "ހެޑް މައުންޓެޑް ޑިވައިސް" އެއްގެ މޮޑެލް ނަންބަރު A3416 ހާމަކޮށްފައެވެ. މިހާރުގެ އެޕަލް ވިޝަން ޕްރޯގެ މޮޑެލް ނަންބަރަކީ A2117 އެވެ. މި ލިޔެކިޔުންތަކުގައި އުފެއްދުމާ ބެހޭ އެއްވެސް ތަފްސީލެއް ހިމެނިފައެއް ނުވެއެވެ. ހިމެނިފައިވަނީ ޓްރާންސްމިޝަން ޓެސްޓުތަކާއި، އެސްއޭއާރު ޓެސްޓު ރިޕޯޓުތަކާއި، ޑަބްލިއުލޭން ޓެސްޓު ރިޕޯޓުތަކެވެ.
އަޑުތައް ބުނާގޮތުން، އެޕަލް ވިޝަން ޕްރޯއަށް ބޮޑު ބަދަލެއް ނާންނާނެއެވެ. ނަމަވެސް، އެޕަލް އެމް2 ޕްރޮސެސަރަށް ބަދަލުގައި އެމް5 ޕްރޮސެސަރަކަށް އަޕްގްރޭޑުކުރާނެ ކަމަށް ބެލެވެއެވެ. މިކަމުން ދައްކުވައިދެނީ އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހު އެޕަލްގެ އިވެންޓެއް އޮންނާނެ ކަމެވެ.
އެމް5 ޕްރޮސެސަރު ބައެއް މެކްސް އަދި އައިޕެޑް މޮޑެލްތަކުގައި ހާމަކުރެވިދާނެއެވެ. އަދި އެޕަލް ވިޝަން ޕްރޯގެ އަޕްޑޭޓުވެސް މި އިވެންޓުގައި ހާމަކުރެވިދާނެއެވެ. ނަމަވެސް، އެމް5 ވާޝަންގެ އެޕަލް ވިޝަން ޕްރޯ 2026 ވަނަ އަހަރުގެ ކުރިން ހާމަކޮށްފާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
އޮކްޓޯބަރު މަސް މިހާރު ފެށިފައިވާއިރު، އެޕަލް އިވެންޓެއް އޮންނަ ނަމަ، އެކަން ވަރަށް އަވަހަށް އިއުލާންކުރާނެއެވެ.

ލައިފްސްޓައިލް

އިތުރަށް ←