ޓައިގާ ޝްރޮފް ހޮލީވުޑުން ފުރުސަތު ހޯދައިފި
ޓައިގާ ޝްރޮފް ހޮލީވުޑުން ފުރުސަތު ހޯދައިފިއެވެ. މިފުރުޞަތުގައި އޭނާ ފިލްމެއް ކުޅޭނީ ސިލްވެސްޓާ ސްޓެލޯންއާއި ޓޮނީ ޖާއާއެކު ކަމަށް ޚަބަރުތައް ބުނެއެވެ.
ބޮލީވުޑްގެ އެކްޝަން ސްޓާރު ޓައިގާ ޝްރޮފް، ހޮލީވުޑްގެ ބޮޑު ސްކްރީނުން ފެނިގެންދާނެ ކަމުގެ އުފާވެރި ޚަބަރުތަކެއް ވަނީ ފެތުރިފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި، އެމެޒަން އެމްޖީއެމް އިން ޕްރޮޑިއުސްކުރާ ބޮޑު އެކްޝަން ފިލްމަކުން ޓައިގާއަށް ވަނީ ފުރުސަތު ލިބިފައެވެ.
މި ފިލްމުގައި ޓައިގާއާއެކު ހޮލީވުޑްގެ ލެޖެންޑް ސިލްވެސްޓާ ސްޓެލޯން އާއި ތައި މާޝަލް އާޓްސްގެ ތަރި ޓޮނީ ޖާ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ ކަމަށް ވެއެވެ.
Ads by BMLމިއީ ދުނިޔޭގެ އެކި ބަސްތަކަށް ތަރުޖަމާކޮށް، ގްލޯބަލް މާކެޓަށް އަމާޒުކޮށްފައިވާ ބޮޑު ފިލްމެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ޓައިގާ ޝްރޮފްއަކީ މާޝިއަލް އާޓްސްގައި ވަރަށް ހުނަރުވެރި އެކްޓަރެކެވެ.
Ads by MACL
