ފުޓްބޯޅަ ތަރިޔަކު ފުރަތަމަ ފަހަރަށް ބިލިއަނަރަކަށް ވުމުގެ ރެކޯޑް ރޮނާލްޑޯ އަށް
ފުޓްބޯޅަ ތަރިޔަކު ފުރަތަމަ ފަހަރަށް ބިލިއަނަރަކަށް ވުމުގެ ރެކޯޑް ރޮނާލްޑޯ އަށް ލިބިއްޖެއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑެތި ތަރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ، ބިލިއަނަރަކަށްވި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ތާރީޚުގެ ސަފުހާތަކަށް ވަދެފައިވާއިރު, މިކަން ހާމަވެފައިވަނީ ބްލޫމްބާގްގެ ތަފާސްހިސާބުތަކުންނެވެ.
ބްލޫމްބާގްގެ ބިލިއަނަރު އިންޑެކްސް އިން ދައްކާގޮތުގައި، މިހާރު 40 އަހަރުގެ ރޮނާލްޑޯގެ މިލްކިއްޔާތުގެ އަގު 1.4 ބިލިއަން ޑޮލަރަށް އަރާފައިވެ އެވެ. މީގެ ތެރޭގައި 2002 އިން 2023 އާ ދެމެދު އޭނާ އަށް ލިބިފައިވާ 550 މިލިއަން ޑޮލަރުގެ އާމްދަނީ އާއި، ސްޕޮންސަޝިޕް ޑީލްތަކާއި ޓީވީ އިސްތިހާރުތަކުން ލިބުނު ފައިސާ ހިމެނެ އެވެ. އަދި، ނައިކީއާ އެކު އޭނާ ހަދާފައިވާ، އަހަރަކު 18 މިލިއަން ޑޮލަރުގެ، 10 އަހަރަށް ވުރެ ދިގު މުއްދަތުގެ ކޮންޓްރެކްޓް ވެސް މި މުޅި އަދަދުގެ ތެރޭގައި ހިމެނެ އެވެ.
Ads by BML2023 ވަނަ އަހަރު ރޮނާލްޑޯ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ބަދަލުވީ، ޖުމްލަ 200 މިލިއަން ޑޮލަރުގެ ބޮޑު ކޮންޓްރެކްޓެއްގަ އެވެ. ދާދި ފަހުން އޭނާ ވަނީ އަލް ނަސްރުގެ ކޮންޓްރެކްޓް އާކޮށް، ދެ އަހަރަށް 400 މިލިއަން ޑޮލަރު ލިބޭނެ ގޮތަށް އެއްބަސްވުމެއް ހަދާފަ އެވެ.
ރޮނާލްޑޯއާ އެންމެ ގާތުން ވާދަކުރަމުން އަންނަ ލިއޮނަލް މެސީގެ މިލްކިއްޔާތު ވެސް ބޮޑުތަނުން ކުރިއަރަމުން އަންނަ ކަމަށް ބްލޫމްބާގުގެ އިންޑެކްސް އިން ބުނެ އެވެ. އޭނާގެ ވިޔަފާރިތަކުގެ އާމްދަނީ ނުހިމަނައި، ކުޅުމާ ގުޅޭ އާމްދަނީ 600 މިލިއަން ޑޮލަރަށް ވުރެ މަތީގައި ހުރި ކަމަށް ވެ އެވެ. މެސީ މިހާރު ކުޅެމުން އަންނަ އިންޓަ މިއާމީގައި ކެރިއަރު ނިމުމުން، އެ ޓީމުގެ ހިއްސާއެއް އޭނާ އަށް ދޭން ވެސް ވަނީ އެއްބަސްވެފަ އެވެ.
Ads by MACL
