ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ދި މެންގްރޫވް އައިލެންޑް: ހުސްނޫނު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދި މެންގްރޫވް އައިލެންޑް: ހުސްނޫނު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނ. ކެނދިކުޅުދޫގައި ބާއްވާ ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯޅަ މުބާރާތް 2025 ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ނ އަތޮޅުގެ ހުރިހާ ރަށްތަކަށާއި، ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ މިބުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފައި ވަނީ މިއަދުއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 02 ނޮވެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ ކުރިން ކެނދިކުޅުދޫ ސްޕޯޓްސް ކުލަބަށް ހުށައަޅަން ޖެހޭނެއެވެ.

އަދި ޓީމް ލިސްޓު ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޙަކީ 09 ނޮވެމްބަރެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރ 2025 ގައެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ވެފައިވާ ކުލަބު ޖަމިއްޔާ ތަކަށާއި، ރަށްރަށުގެ ކައުންސިލްގެ ނަމުގައިވާ ބައިވެރިވާ ޓީމްތަކަށެވެ. އަދި ކައުންސިލުން ދައުވަތު ދޭ ޓީމްތަކަށްވެސް މި މުބާރާތުގެ ކުޅުމުގެ ފުރުސަތު ދެވޭނެއެވެ.

މިމުބާރާތުގެ ޗެމްޕިއަންޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވެއެވެ.

ކުޅިވަރު

އިތުރަށް ←