ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ހުރާ ކައުންސިލް ކަޕް 2025: ފަހަތުން އަރައި ފޯޓީޓޫ އެކްސެލް ބަލިކޮށް ރިވަލްސްއަށް މުބާރާތުގެ ފުރަތަމަ މޮޅު

ހުރާ ކައުންސިލް ކަޕް 2025
ހުރާ ކައުންސިލް ކަޕް 2025

މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގައި ފަހަތުން އަރައި ފޯޓީޓޫ އެކްސެލް ބަލިކޮށް ރިވަލްސް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި މެޗަށް ނިކުތުމުގެ ކުރިން މި ދެޓީމްވެސް ވަނީ މުބާރާތުގައި އެއް މެޗު ކުޅެފައެވެ. ރިވަލްސް ކިންގްސް ފުރަތަމަ މެޗުގައި ވާދަކުރީ ތްރީޑީ ކިންގް އާއިއެވެ. މި މެޗު 5-2 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ތްރީޑީ ކިންގްސް އެވެ. ރިވަލް މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ވޯރިއާސް އެފްސީ އާއިއެވެ. މި މެޗު 3-1 އިން ކާމިޔާބު ކުރީ ވޯރިއާސް އެފްސީއެވެ. މިއަދުގެ މެޗުން ބަލިވުމާއިއެކު ފޯޓީޓޫ އެކްސެލް މި މުބާރާތުގައި ކުޅުނު ދެމެޗުންވެސް މޮޅެއް ނުލިބުނެވެ.

މިއަދުގެ މެޗު ފަށައިގެން މާގިނަ އިރުތަކެއް ނުވަނީސް ފޯޓީޓޫ އެކްސެލް އިން ވަނީ އެޓީމްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ. ވަރަށް ދުރުން ފޮނުވާލި ބޯޅައެއް ރިވަލްގެ ކީޕަރު ބޯމަތިން އަމާޒުވީ ގޯލު މަތީ ކަނަށެވެ. މިއީ މުބާރާތުގައި ފެނިގެން ދިޔަ އެންމެ ރީތި އެއްގޯލެވެ. މި ގޯލާއިއެކު ރިވަލްސްގެ ކުޅުން ވަރަށްބޮޑަށް ރަނގަޅު ކޮށް ކުރިއަށްޖެހި ގޯލެއް ޖެހުމުގެ މަސައްކަތުން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީއްޖާ އެއްވަރުކޮށްފައެވެ. ފޯޓީޓޫ އެކްސެލް އިން ޖެހި ތިން ގޯލުވެސް ފެނިގެން ދިޔައީ މި މެޗުގެ ފުރަތަމަ ހާފްގައެވެ. މެޗުގެ ދެވަނަ ހާފްގައި ރިވަލްސް އިންވަނީ އިތުރު 2 ގޯލު ކާމިޔާބު ކޮށް ނަތީއްޖާ 4-3 ބަދަލުކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރިވަލްސްގެ ޖާޒީ ނަންބަރު 5 އަހުމަދު ފަޔާޒުއެވެ.

ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.

މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.

އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.

އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.

މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.

ކުޅިވަރު

އިތުރަށް ←