ހުރާ ކައުންސިލް ކަޕް 2025: ރައިވަލްސް އަދި ބްލަޑް ސްޕޯޓްސް ވާދަކުރި މެޗަށް ހަމަހަމަ ނިމުމެއް!
މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގެ ފިރިހެން ޑިވިޝަންގެ ޓީމް ރައިވަލްސް އަދި ބްލަޑް ސްޕޯޓްސް ކުލަބު ވާދަކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.
ހުރާ މިނީ ފުޓްބޯލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗް ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ.
ރައިވަލްސް ކުޅުނު މެޗުތަކަށް ބަލާއިރު އެއްމެޗުން ބަލި އެއްމެޗުން ވަނީ މޮޅުވެފައެވެ. އަދި ބްލަޑް ސްޕޯޓްސް ކުލަބު ވަނީ ކުޅުނު 2 މެޗުން ބަލިވެފައެވެ.
Ads by BMLމިއަދު މެޗުގެ ފުރަތަމަ ގޯލު މެޗުގެ ފުރަތަމަ ހާފްގެ 9 ވަނަ މިނުޓުގައި ކާމިޔާބު ކުރީ ބްލަޑް ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 17 މިހައްމަދު މާއިސް އެވެ.
މިއާއިއެކު ރައިވަލްސް ކުޅުންއިތުރަށް ރަނގަޅުކޮށް މެޗުގެ 11 ވަނަ މިނުޓުގައި ވަނީ ނަތީއްޖާ ހަމަހަކަކޮށްފައެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު އަލީއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރުމުގެ ކުރިން ރައިވަލްސް ވަނީ ދެވަނަ ގޯލް ޖަހައި މެޗުގެ ލީޑް ނަގާފައެވެ.
ދެވަނަހާފްގައި ބްލަޑްއިން 2 ގޯލު ކާމިޔާބު ކޮށްފައެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.
މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.
އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.
އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.
މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.
Ads by MACL
