ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ހުރާ ކައުންސިލް ކަޕް 2025: ބްލަޑް ޖޫނިއާސް ކޮޅަށް ޖޯކާސްއިން ލަނޑު ގޯންޏެއް

ހުރާ ކައުންސިލް ކަޕް 2025: ބްލަޑް ޖޫނިއާސް ކޮޅަށް ޖޯކާސްއިން ލަނޑު ގޯންޏެއް

މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގައި ފިރިހެން ޑިވިޝަންގައި ބްލަޑް ޖޫނިއާސް އާއި ވާދަކޮށް ޓީމް ޖޯކާސް އިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ހުރާ މިނީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ މި މެޗު އެޓީމުން ކާމިޔާބު ކުރީ 12-0 ގެ ބޮޑު ތަފާތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި އެކަނިވެސް އެޓީމުން ވަނީ 7 ގޯލު ކާމިޔާބުކޮށްފައެވެ. މި 7 ގޯލު ގެ ތެރެއިން 4 ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު މާހް އެވެ.

ދެވަނަ ހާފްގައި އެޓީމުންވަނީ 5 ގޯލު ކާމިޔާބު ކޮށްފައެވެ. މި ހާފްގައި ހުސެއިން ފައިސަލް ޖެހި 3 ގޯލާއިއެކު އޭނާވަނީ މި މެޗުގައި 4 ގޯލު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ މޮޅުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖޯކާސްގެ ޖާޒީ ނަންބަރު 13 ހުސެއިން ފައިސަލް އެވެ.

ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.

މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.

އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.

އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.

މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.

ކުޅިވަރު

އިތުރަށް ←