ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ހުރާ ކައުންސިލް ކަޕް 2025: ބެލިސިމޯ އަދި ބިއުޓީސް މެޗު އެއްވަރުވިއިރު ފޯޓީޓީ އެކްސެލް ބަލިކޮށް ވޯރިއާސް ހަމަޖެހިލައިފި

ހުރާ ކައުންސިލް ކަޕް 2025: ބެލިސިމޯ އަދި ބިއުޓީސް މެޗު އެއްވަރުވިއިރު ފޯޓީޓީ އެކްސެލް ބަލިކޮށް ވޯރިއާސް ހަމަޖެހިލައިފި

މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގެ އަންހެން ޑިވިޝަންގެ ބެލިސިމޯ އަދި ބިއުޓީސް މެޗު އެއްވަރު ވެގެން ނިމުނުއިރު ފޯޓީޓޫ އެކްސެލް އަތުން މޮޅުވެ ބެލިސިމޯއިން ހަމަޖެހިލައިފިއެވެ.

ބެލިސިމޯ އަދި ބިއުޓީސް ވާދަކުރިމެޗު ނިމުނީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހިއެވެ.

މިމެޗުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭނުން ކުރެވޭ ގޮތްނުވެއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބެލިސިމޯގެ ސިޑްނީ ލެންކާއެވެ. ބެލިސިމޯ ކުޅުނު ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިޑްނީއެވެ.

ރޭގެ ދެވަނަ މެޗުގައި ވޯރިއާސް އަދި ފޯޓީޓޫ އެކްސެލް ވާދަކުރި މެޗު ނިކުނީ 3-2 ގެ ނަތީއްޖާއަކުން ވޯރިއާސް މޮޅުވެގެންނެވެ.

މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ފޯޓީޓޫ އެކްސެލްއިންނެވެ. އޭގެ މާ ގިނައިރުތަކެއް ނުވަނީސް ވޯރިއާސް އިން ވަނީ މެޗުގެ ނަތީއްޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ ފުރަތަމަ ޙާފް ނިމުނީ 2 ޓީމް އެއްވަރު ވެގެންނެވެ.

މެޗުގެ ފަހު ހާފްގައި ވޯރިއާސް އިން 2 ގޯލު ޖަހައި ލީޑް ނަގާފައިވަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ފޯޓީޓޫ އެކްސެލްއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. މެޗު ނިމިގެން ދިޔައީ 3-2 އިން ވޯރިއާސް މޮޅު ވެގެންނެވެ.

މި މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ވޯރިއާސް ގެ

ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.

މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.

އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.

އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.

މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.

ކުޅިވަރު

އިތުރަށް ←