ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ހުރާ ކައުންސިލް ކަޕް 2025: އެފްސީ ބަދަވީންނަށް ލިބުނު މޮޅާއިއެކު ގުރޫޕުގެ ވާދަވެރިކަން ބޮޑުވެއްޖެ!

ހުރާ ކައުންސިލް ކަޕް 2025: އެފްސީ ބަދަވީންނަށް ލިބުނު މޮޅާއިއެކު ގުރޫޕުގެ ވާދަވެރިކަން ބޮޑުވެއްޖެ!

މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގައި އެފްސީ ބަދަވީންނާއި ރައިވަލްސް ކުޅުނު މެޗުން ބަދަވީން މޮޅުވެއްޖެއެވެ.

މިމެޗު އެޓީމުން ކާމިޔާބު ކުރީ 3-4 ގެ ނަތީއްޖާއަކުންނެވެ. މި މެޗުން ބަދަވީން މޮޅުވުމާއިއެކު މި ގުރޫޕުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ހާފް ނިމިގެން ދިޔައީ 3-2 އިން ބަދަވީން ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް ބަދަވީން ވަނީ ލީޑް އިތުރަށް ފުޅާކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގައި ރައިވަލްސްއިން ވަނީ އިތުރު ގޯލެއް ޖަހައި ފަރަގު ކުޑަކޮށްދީފައެވެ.

މި ގުރޫޕުގައި ބަދަވީން ކުޅުނު 4 މެޗުން މޮޅުވެފައިވާއިރު ވޯރިއާސް ވެސް ވަނީ 4 މެޗު ކުޅެ 4 މެޗުން މޮޅުވެފައެވެ. މި ގުރޫޕުގައި އެއްވަނަ ހޯދުމަށް މި ދެޓީމް ވާދަކުރާ މެޗަކީ ފޯރިގަދަ މެޗަކަށް ވާނެކަމަށް ގަބޫލުކުރެވެއެވެ. މި ދެޓީމް ވާދަކުރާ މެޗު އޮންނާނީ މިރޭ 21:30 ގައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބަދަވީންގެ ޖާޒީ ނަންބަފު 6 މުހައްމަދު ސަމީހު އެވެ.

ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.

މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.

އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.

އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.

މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.

ކުޅިވަރު

އިތުރަށް ←