ހުރާ ކައުންސިލް ކަޕް 2025: ޖޯކާސް ފުރިހަމަ މޮޅެއް ހޯދިއިރު، ބްލަޑް ސްޕޯޓްސް އަދި ތްރީޑީ މެޗު އެއްވަރު!
މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގެ ފިރިހެން ޑިވިޝަންގެ ޖޯކާސް ފުރިހަމަ މޮޅެއް ހޯދިއިރު، ބްލަޑް ސްޕޯޓްސް އާއި ތްރީޑީ ވާދަކުރި މެޗް އެއްވަރު ވެގެން ނިކިއްޖެއެވެ.
ޖޯކާސް އަދި ސިނަަމަން ވާދަކުރި މެޗު 7-2 އިން އެޓީމުން ކާމިޔާބު ކުރިއިއު ބްލަޑް ސްޕޯޓްސް އާއި ތްރީޑީ ވާދަކުރި މެޗް ނިކުނީ 3-3 އިން އެއްވަރު ވެގެންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހުމެޗުތައް ކުޅެމުން ދާއިރު ކޮންމެ ޓީމަކަށް ވެސް ދެން އޮންނާނީ މުހިންމު މެޗެކެވެ. ގްރޫޕު އޭގެ އެއްވަނަ އަދި ދެވަނަ ޔަގީން ވާނީ ބަދަވީން އަދި ވޯރިއާސް މިރޭ ބައްދަލު ކުރާ މެޗުންނެވެ. ގްރޫޕު ބީ ގެ އެއްވަނަ އަދި ދެވަނަ މިރޭ އަދި މާދަމާ ކުޅޭ މެޗުން ޔަގީން ވާނެއެވެ.
Ads by BMLދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.
މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.
އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.
އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.
މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.
4 މެޗުން މޮޅުވެފައިވާއިރު ވޯރިއާސް ވެސް ވަނީ 4 މެޗު ކުޅެ 4 މެޗުން މޮޅުވެފައެވެ. މި ގުރޫޕުގައި އެއްވަނަ ހޯދުމަށް މި ދެޓީމް ވާދަކުރާ މެޗަކީ ފޯރިގަދަ މެޗަކަށް ވާނެކަމަށް ގަބޫލުކުރެވެއެވެ. މި ދެޓީމް ވާދަކުރާ މެޗު އޮންނާނީ މިރޭ 21:30 ގައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބަދަވީންގެ ޖާޒީ ނަންބަފު 6 މުހައްމަދު ސަމީހު އެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.

Ads by MACL