ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ކެޓްރީނާ އާއި ވިކީގެ އަލަތު ދަރިފުޅަށް މަރުޙަބާ ކިޔައިފި

ކެޓްރީނާ އާއި ވިކީގެ އަލަތު ދަރިފުޅަށް މަރުޙަބާ ކިޔައިފި

ބޮލީވުޑްގެ ލޯބިވެރި ދެމަފިރިން، ކެޓްރީނާ ކެއިފް އާއި ވިކީ ކޯޝަލް، އެ ދެމީހުންގެ އަލަތު ދަރިފަށް މަރުޙަބާ ކިޔައިފިއެވެ.

އެ ދެމަފިރިންގެ އާއިލާއަށް އުފާވެރިކަން ގެނެސްދިން މި ދަރިފުޅު ދުނިޔޭގެ އަލިކަން ދެކިފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މިއީ އެ ދެމަފިރިންގެ ދިރިއުޅުމުގައި ފެށުނު މުޅިން އާ، އުފާވެރި ބާބެކެވެ.

މި އުފާވެރި ޚަބަރު ފޭނުންނާއި ހެޔޮއެދޭ ފަރާތްތަކާ ހިއްސާކުރީ ވިކީ ކޯޝަލް، އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައެވެ. އޭނާގެ ހިތްގައިމު ޕޯސްޓުގައި ލިޔެފައިވެއެވެ:

"އަޅުގަނޑުމެންގެ އުފާވެރިކަން އަތުވެއްޖެ. ބޮޑު ލޯތްބާއި ޝުކުރުވެރިކަމާއެކު، އަޅުގަނޑުމެންގެ ފިރިހެން ދަރިފުޅަށް މަރުހަބާ ކިޔަން. 7 ނޮވެމްބަރު، 2025 – ކެޓްރީނާ އާއި ވިކީ."

މި އިއުލާނާއެކު، ބޮލީވުޑްގެ އެކުވެރިންނާއި ފޭނުންގެ ތަހުނިޔާގެ މެސެޖުތަކުން ސޯޝަލް މީޑިއާ ވަނީ ފުރި ފައެވެ.

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް "ވަރަށް އުފާވެއްޖެ! މަރުހަބާ" ލިޔެފައިވާއިރު، ކަރީނާ ކަޕޫރު ޚާން ވަނީ "ކެޓް، ފިރިހެން ދަރިންގެ މަންމައިންގެ ކްލަބަށް މަރުހަބާ! ތި ދެމީހުންނަށްޓަކައި ވަރަށް އުފާވެއްޖެ" މިހެން ބުނެ ތަހުނިޔާ ފޮނުވާފައެވެ.

މި ދެމަފިރިން ބަނޑުބޮޑުކަން އިއުލާންކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. ކެޓްރީނާ އާއި ވިކީ ބެލެނިވެރިކަމުގެ މި އާ ދަތުރު ފަށާއިރު، ދެމަފިރިންގެ އުފަލުގައި އެތައް މިލިއަން ފޭނުން ދަނީ ބައިވެރިވަމުންނެވެ.

ލައިފްސްޓައިލް

އިތުރަށް ←