ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ހުރާ ކައުންސިލް ކަޕް 2025: ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ތްރީޑީއަށް ގްރޫޕް ބީގެ އެއްވަނަ، ދެވަނަ ޖޯކާސްއަށް

މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގެ ފިރިހެން ޑިވިޝަންގެ ގްރޫޕު ބީގެ އެއްވަނަ ތްރީޑީ ސްޕޯޓްސް ކުލަބު ހޯދައިފިއެވެ.

މި ގުރޫޕުގެ ހުރިހާ މެޗެއް ކުޅެ ނިމިފައިވާއިރު ކުޅުނު 4 މެޗުވެސް ތްރީޑީ ސްޕޯޓްސް ކުލަބުން ވަނީ ކާމިޔާބު ކޮށްފައެވެ. އަދި ޖޯކާސް ވަނީ އެއްމެޗުން ބަލިވެފައެވެ.

ތްރީޑީ ސްޕޯޓްސް ކުލަބަށް 12 ޕޮއިންޓް ލިބިފައިވާއިރު ޖޯކާސްއަށް ލިބުނީ 9 ޕޮއިންޓެވެ.

ސެމީ ފައިނަލްގައި ވޯރިއާސް ވާދަކުރަން ޖެހޭނީ ގްރޫޕު ބީ ދެވަނަ ޖޯކާސް އާއިއެވެ. އަދި ބަދަވީން ވާދަ ކުރަން ޖެހޭނީ ގްރޫޕު ބީގެ އެއްވަނަ ތްރީޑީ ސްޕޯޓްސް ކުލަބާއިއެވެ.

ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.

މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.

އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.

އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.

މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.

4 މެޗުން މޮޅުވެފައިވާއިރު ވޯރިއާސް ވެސް ވަނީ 4 މެޗު ކުޅެ 4 މެޗުން މޮޅުވެފައެވެ. މި ގުރޫޕުގައި އެއްވަނަ ހޯދުމަށް މި ދެޓީމް ވާދަކުރާ މެޗަކީ ފޯރިގަދަ މެޗަކަށް ވާނެކަމަށް ގަބޫލުކުރެވެއެވެ. މި ދެޓީމް ވާދަކުރާ މެޗު އޮންނާނީ މިރޭ 21:30 ގައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބަދަވީންގެ ޖާޒީ ނަންބަފު 6 މުހައްމަދު ސަމީހު އެވެ.

އިތުރަށް ←