ހުރާ ކައުންސިލް ކަޕް 2025: މޮޅުކުޅުމަކާއިއެކު ވޯރިއާސް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޖޯކާސްއަށް
މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގެ ފިރިހެން ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓީމް ޖޯކާސްއިން ހޯދައިފިއެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޖޯކާސް ވާދަކުރީ ވޯރިއަސް އެފްސީއާއިއެވެ. މި މެޗު 5-2 އިން ކާމިޔާބު ކުރީ ޖޯކާސްއެވެ.
މިމެޗުގައި އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި މާހް ވަނީ 2 ގޯލު ކާމިޔާބުކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.
Ads by BMLސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބަދަވީން ވާދަ ކުރަން ޖެހޭނީ ގްރޫޕު ބީގެ އެއްވަނަ ތްރީޑީ ސްޕޯޓްސް ކުލަބާއިއެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.
މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.
އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.
އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދިޔައީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.
މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
Ads by MACL
