ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ހުރާ ކައުންސިލް ކަޕް 2025: އިތުބާރާއިއެކު ބަދަވީންގެ މައްޗަށް ކުރިހޯދައި، ފައިނަލުގެ ދެވަނަ ޖާގަ ތްރީޑީއަށް

ހުރާ ކައުންސިލް ކަޕް 2025: އިތުބާރާއިއެކު ބަދަވީންގެ މައްޗަށް ކުރިހޯދައި، ފައިނަލުގެ ދެވަނަ ޖާގަ ތްރީޑީއަށް

މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގެ ފިރިހެން ޑިވިޝަންގެ ފައިނަލުގެ ދެވަނަ ޖާގަ ތްރީޑީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ސެމީ ފައިނަލުގެ ދެވަނަ ޖާގަ ތްރީޑީއަށް ލިބުނީ ބަދަވީންނާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. މި ދެޓީމަކީ މި މުބާރާތުގައި މޮޅަށް ކުޅުނު ދެޓީމެވެ.

މުޅި މެޗުހެން ކޮންޓްރޯލް ކޮށްގެން ކުޅުނު ތްރީޑީން ވަނީ ފުރަތަމަ ހާފްގައި 2 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ކައުންޓަރ އެޓޭކްތަކުގައި ބަދަވީންގެ ހަމަލާތައް ހުއްޓުވުމުގައި ތްރީޑީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ ހާފްގައި ވެސް ތްރީޑީން ދިޔައީ މޮޅަށް ކުޅެ ގިނަ އެޓޭކްތަކެއް ކުރަމުންނެވެ. ނަތީއްޖާއެއްގެ ގޮތުން މި ހާފްގައި އެޓީމުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ނަތީއްޖާ 3-0 ކަމަކަށް ބަދަލުކޮށްފައެވެ. މިގޯލަކީ ބަދަވީންގެ ކީޕަރު އަތުން ހެދުނު ގޯހަކުން ތައްތި ކާމިޔާބުކޮށްދިން ގޯލެކެވެ. މެޗު ނިމެން 4 މިނުޓަށް ވެފައިވަނިކޮށް ތްރީޑީ އަށް ލިބުނު ޕެނަލްޓީއަށް ވަނީ ނާކާމިޔާބު ވެފައެވެ. މި ޕެނަލްޓީ ފޮނުވާލީ ތްރީޑީގެ ކީޕަރު ސިމަރޯއެވެ. މެޗު ނިމުމުގެ ކުރިން ބަދަވީން ވަނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތްރީޑީގެ ޖާޒީ ނަންބަރު 6 ހަސަން ލައުހު އެވެ. ލައުހު ވަނީ މިމެޗުގައި މޮޅު ކުޅުމެއްދައްކައި ގޯލެއް ވެސް ކާމިޔާބުކޮށްފައެވެ.

ފައިނަލުގައި ތްރީޑީން ވާދަކުރަން ޖެހޭނީ ވޯރިއާސް އަތުން މޮޅުވި ޖޯކާސް އެފްސީއާއި އެވެ.

މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ 13 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުއެވެ.

ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 14 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 11 ޓީމާއި އަންހެން 3 ޓީމެވެ.

މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.

އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.

އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދިޔައީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.

މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

ކުޅިވަރު

އިތުރަށް ←