ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ލީލީގެ ޓިކެޓާއެކު އަގުބޮޑު އިނާމުތަކެއް, ބައިވެރިވުމުގެ ފުރުސަތު ކުޑަތަންވެއްޖެ!

ލީލީގެ ޓިކެޓާއެކު އަގުބޮޑު އިނާމުތަކެއް, ބައިވެރިވުމުގެ ފުރުސަތު ކުޑަތަންވެއްޖެ!

މި ހަފުތާގެ ބުރާސްފަތި ދުވަހު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ލީލީ" ބަލާލަން ޓިކެޓް ނަގާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ގިވްއަވޭއަކުން އަގުބޮޑު އިނާމުތަކެއް ހުށަހަޅާފައިވާއިރު، އެ ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަތަންވެއްޖެއެވެ.

ފިލްމުގެ ޓީމުން ބުނީ ގިވްއަވޭގައި ބައިވެރިވެވޭނީ މާދަމާ ރޭ 10:00 ގެ ކުރިން ޓިކެޓް ކައުންޓަރުން ގެންދާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ލީލީ ޓީމުން ބުނި ގޮތުގައި، މި ގިވްއަވޭގެ ދަށުން ނަސީބުވެރި ދެ ފަރާތަކަށް އަގުބޮޑު ދެ އިނާމެއް ލިބިގެންދާނެއެވެ. އެގޮތުން، އެއް އިނާމަކީ "ގަވިންގެ ބަދިގެ" އިން ހުށަހަޅާ ބަދިގޭގެ ސެޓެއް ކަމަށްވާއިރު، އަނެއް އިނާމަކީ ކޮންސިއާޖް މޯލްޑިވްސްގެ ފަރާތުން ދެމީހަކަށް މެލޭޝިއާއަށް ދެކޮޅަށް ދަތުރުކުރުމަށް ދޭ ޓިކެޓެކެވެ.

ފިލްމުގެ ޓީމުން އިތުރަށް މައުލޫމާތު ދިން ގޮތުގައި، ގިވްއަވޭގައި ބައިވެރިވުމަށްޓަކައި ޓިކެޓް ނަންގަވާފައިވާ ފަރާތްތަކުން، އޮލިމްޕަސް ޓިކެޓް ކައުންޓަރުން ޓިކެޓް ގެންދިއުމަށްފަހު، އެތަނުން ދޫކުރާ ހާއްސަ ކޫޕަން ފުރާލަން ޖެހެއެވެ. މިކަމަށްޓަކައި ދެވިފައިވާ އެންމެ ފަހުގެ ވަގުތަކީ މާދަމާ، ބުދަ ދުވަހުގެ ރޭ 10:00 އެވެ.

"ލީލީ" އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ފިލްމެކެވެ. މި ފިލްމު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް، އެންމެ 10 ދުވަހުގެ މުއްދަތަކަށެވެ.

ލައިފްސްޓައިލް

އިތުރަށް ←