ވިޓަމިން ސީ އަކީ ހަމުގެ ތާޒާކަން ދެމެހެއްޓުމަށް މުހިންމު މާއްދާއެއް: ދިރާސާ
ތާޒާކަންމަތީ ގައިގެ ހަންގަނޑު ބެހެއްޓުމަށް ވިޓަމިން ސީގެ މުހިންމުކަން މީގެ ކުރިން ވެސް ފާހަގަކުރެވިފައިވީ ނަމަވެސް، ލޭގައި ހުންނަ ވިޓަމިން ސީ ހަންގަނޑަށް ފަސޭހަކަމާއެކު ދަމައިގަނެ، ހަންގަނޑުގެ އެންމެ ބޭރު ފަށަލައާ ހަމައަށް ވާސިލުވެ، ހަމުގެ ބޯމިން އިތުރުކޮށް، އަލުން އުފެދުމަށް އެހީވެދޭ ކަން ހާމަވީ ފަހުގެ ދިރާސާއަކުންނެވެ. މި ދިރާސާގައި ކީވީ ފުރުޓު ބޭނުންކޮށްގެން، ވިޓަމިން ސީގެ ސީދާ އަސަރުތައް ވަނީ ހާމަކުރެވިފައެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ލޭގެ ތެރޭގައި ހުންނަ ވިޓަމިން ސީ، ވަރަށް ފަސޭހަކަމާއެކު ހަންގަނޑުގެ ތެރެއަށް ދަމައިގަނެއެވެ. މި ގޮތުން ހަންގަނޑުގެ ތެރެއަށް ދަމައިގަންނަ ވިޓަމިން ސީ، ހަންގަނޑުގެ އެންމެ ބޭރު ފަށަލައާ ހަމައަށް ވެސް ވާސިލުވާ ކަން ދިރާސާއިން ސާބިތުވެއެވެ.
މި ދިރާސާ ކުރިއަށް ގެންދިޔައީ ދެ ފިޔަވައްސަކަށެވެ. ފުރަތަމަ ފިޔަވަހީގައި ބެލީ، ލޭގައި އެކުލެވޭ ވިޓަމިން ސީ އާއި ހަންގަނޑުގައި ވިޓަމިން ސީ ހުންނަ މިންވަރާ ދެމެދުގައިވާ ގުޅުމެވެ. އެކަން ބެލީ، އެމީހުންގެ ހަމުގެ ޓިޝޫ ނަގައި ލެބޯޓެރީގައި ތަހުލީލުކޮށްގެންނެވެ.
Ads by BMLދެ ވަނަ ފިޔަވަހީގައި ބެލީ، މި ދެ ގުރޫޕުގެ މީހުންނަށް ސަންގޯލްޑް ކީވީ ފުރުޓުގެ ދެ މޭވާ ކޮންމެ ދުވަހަކު ކާން ދޭން ފެށުމުގެ ކުރިންނާއި ކާންދިނުމަށް ފަހުގައި، އެމީހުންގެ ލޭގައި ވިޓަމިން ސީ އެކުލެވޭ މިންވަރަށް އައި ތަފާތެވެ. އެމީހުންނަށް ކޮންމެ ދުވަހަކު ދެ ކީވީ ފުރުޓް ގާތްގަނޑަކަށް 250 މައިކްރޯގްރާމްގެ ވިޓަމިން ސީ އަށް ހަފުތާ ވަންދެން ކާން ދިނެވެ.
މި ފިޔަވަހީގައި ދެން ކުރި ކަމަކީ، ކީވީ ފުރުޓް ކާން ދޭން ފެށުމުގެ ކުރިން އެމީހުންގެ ހަންގަނޑުން ނަގާފައި ހުރި ޓިޝޫތަކާއި، އަށް ހަފުތާ ފަހުން ނެގި ޓިޝޫތައް، ލެބޯޓެރީގައި ތަހުލީލުކޮށް އަޅައި ކިޔުމެވެ. މި ތަހުލީލުތަކުން އެނގުނީ އެމީހުންގެ ހަމުގެ ބޯމިން އިތުރުވެފައިވާ ކަމާއި އެމީހުންގެ ހަންގަނޑުގެ ބޭރު ފަށަލަ އަލުން އުފެދި ތާޒާވެފައިވާ ކަމެވެ. އެހެންކަމުން، ވިޓަމިން ސީ އަކީ މީހާގެ ހަންގަނޑުގެ ތާޒާކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެއް ކަމާމެދަކު ޝައްކެއް ނެތެވެ.
މި ދިރާސާގައި ކީވީ ފުރުޓް ބޭނުންކުރީ، މަތީ މިންވަރަކަށް ވިޓަމިން ސީ އެކުލެވޭ މޭވާއަކަށް ވާތީއެވެ. ނަމަވެސް، ތަރުކާރީ އާއި ހުތް މޭވާތަކާއި ބެރީގެ ބާވަތްތަކާއި ކެޕްސިކަމް އާއި ބޮރޮކޮލީ ފަދަ، ވިޓަމިން ސީ އެކުލެވޭ ތަރުކާރީތަކާއި މޭވާތަކުން ވެސް ހަމަ އެ ފައިދާ ލިބޭނެއެވެ.
Ads by MACL
