ރިޕޯޓް: ދައުރުގެ މެދު އިންތިޚާބު، 3 ވެރިކަމުގައި ވެސް ވީ ނާކާމިޔާބު، ރައީސް ޑރ މުއިއްޒު މިކަން ބަދަލުކޮށްލާނެ!
ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚަށް ބަލާއިރު، 2008 ވަނަ އަހަރު އަމަލުކުރަން ފެށި އައު ގާނޫނުއަސާސީގެ ދަށުން ބޭއްވޭ އިންތިޚާބުތަކަކީ ޑިމޮކްރަސީގެ ވަރުގަދަ ތަނބުތަކެކެވެ.
މީގެ ތެރެއިން ވެސް، ރިޔާސީ ދައުރެއްގެ މެދުތެރެއިން ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބުތަކަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ވަޒަންކޮށްލަން ލިބޭ އެންމެ ބޮޑު ފުރުސަތެވެ.
ނަމަވެސް، ފާއިތުވި ތިން ދައުރުގައި ވެސް ފެނިގެން ގޮސްފައިވަނީ ސަރުކާރު ހިންގާ ޕާޓީއަށް މި އިންތިޚާބުތަކުގައި ކުރިމަތިވާ ނާކާމިޔާބީއެވެ.
Ads by BML2008 ވަނަ އަހަރު ރާއްޖެއަށް އައި ސިޔާސީ ބަދަލާއެކު، އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުގެ ދައުރުގެ މެދުތެރެއިން 2011 ވަނަ އަހަރު ބޭއްވި ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބުން ފެށިގެން މި "ނާކާމިޔާބީގެ ސިލްސިލާ" ވަނީ ފެށިފައެވެ.
އެ އިންތިޚާބުގައި އޭރުގެ އިދިކޮޅު ޕާޓީ، ޑީ.އާރު.ޕީ އާއި ޕީ.ޕީ.އެމް ގުޅިގެން ގިނަ ގޮނޑިތަކެއް ކާމިޔާބުކުރިއެވެ. މުޅި ރާއްޖޭގެ 70 ވަރަށް އިންސައްތަ ކާމިޔާބު ކޮށްފައިވެއެވެ.
ދެން އައި ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބުގައި ވެސް ފެނުނީ ހަމަ މި މަންޒަރެވެ. ސަރުކާރުގެ ބާރުވެރިކަން އިންތިހާއަށް އޮތް ނަމަވެސް، މާލެ ސިޓީއާއި އަތޮޅުތެރޭގެ ބޮޑެތި އާބާދީތަކުން ސަރުކާރު ބަލިވެ، އިދިކޮޅު ކޯލިޝަނުން ބޮޑު އަޣުލަބިއްޔަތެއް ހޯދިއެވެ.
ހަމައެއާއެކު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި 2021 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ވެސް، އެމް.ޑީ.ޕީގެ "ކިއްލާ" އެއްގެ ގޮތުގައި ބެލެވުނު މާލެ ސިޓީގެ މޭޔަރުކަމާއި މެޖޯރިޓީ ފުރަތަމަ ފަހަރަށް އިދިކޮޅު ޕީ.ޕީ.އެމް/ޕީ.އެން.ސީ އަށް ލިބިގެންދިޔައެވެ. މިއީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ސިހުމެކެވެ.
ލޯކަލް ކައުންސިލް އިންތިޚާބަކީ ހަމައެކަނި ރަށްރަށުގެ ތަރައްގީއަށް މީހުން ހޮވާ އިންތިޚާބެއް ނޫނެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ ތާއީދު ދައްކުވައިދޭ "ރިފަރެންޑަމް" އެކެވެ.
ވެރިކަމުގެ ފުރަތަމަ ދެ އަހަރެއްހާ ދުވަހު ސަރުކާރުން ކުރި މަސައްކަތްތަކާއި، ވީ ވައުދުތައް ފުއްދޭ މިންވަރާމެދު ރައްޔިތުން ދެކޭގޮތް މި އިންތިޚާބުގެ ނަތީޖާއިން ވަރަށް ސާފުކޮށް ހާމަވެއެވެ.
ކޮންމެ ސަރުކާރަކުން ވެސް މި އިންތިޚާބު ކާމިޔާބު ކުރުމަށް ދައުލަތުގެ ވަސީލަތްތަކާއި، ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ބޮޑެތި މަސައްކަތްތަކެއް ކުރެއެވެ. ނަމަވެސް، ތާރީޚުން ފެންނަނީ ގިނަ ފަހަރަށް ރައްޔިތުން ތިބެނީ ސަރުކާރާ ދެކޮޅަށް "ޕްރޮޓެސްޓް ވޯޓު" ދޭން ތައްޔާރަށް ކަމެވެ. ކޮންމެ ސަރުކާރަކުން ވެސް މި އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ބޮޑެތި ކެމްޕޭންތަކެއް ކުރެއެވެ. "ސަރުކާރާ އެއްލާލައިގެން" ނޫނީ ތަރައްގީ ނުލިބޭނެ ކަމުގެ މެސެޖު ފަތުރައެވެ. ނަމަވެސް، ތާރީޚުން ފެންނަނީ ދިވެހި ރައްޔިތުންނަކީ ވެރިކަމުގެ ބާރުތައް އެއްފަރާތަކަށް ޖަމާވިޔަނުދީ، "ޗެކް އެންޑް ބެލެންސް" އެއް ހިފަހައްޓަން މަސައްކަތްކުރާ ބައެއް ކަމެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ކުރިއަށް އޮތީ މިފަދަ އިމްތިހާނެކެވެ. ރައީސް މުއިއްޒަކީ އަމިއްލަފުޅަށް މާލޭގެ މޭޔަރުކަން ކުރައްވައި، ކައުންސިލްތަކުގެ ނިޒާމު ވަރަށް ގާތުން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންކަމުން، ކައުންސިލްތަކަށް ބާރުވެރިކަން ދީގެން ރައްޔިތުންގެ އިތުބާރު ހޯދުމުގެ ފުރުސަތު އެމަނިކުފާނަށް އެބައޮތެވެ.
ނަމަވެސް، އިގްތިސާދީ ގޮންޖެހުންތަކާއި، ތަކެތީގެ އަގު އުފުލުމާއި، ސިޔާސީ މަސްރަހު ބަދަލުވާ ގޮތުން، މި ތާރީޚީ "ނާކާމިޔާބީ" ބަދަލުކޮށްލުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.
ރައީސް މުއިއްޒަށް މިކަން ބަދަލުކުރެވޭނީ، ރައްޔިތުންގެ ޖީބަށް ލުއިވެ، އަސާސީ ޚިދުމަތްތައް އަވަސް މިނެއްގައި ފޯރުކޮށްދެވި، ސަރުކާރުގެ މަޝްރޫއުތަކުގެ ފައިދާ ސީދާ ރައްޔިތުންނަށް ފެންނަން ފެށުމުންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ރާއްޖޭގެ ސިޔާސީ ސަގާފަތް އޮތްގޮތުން ދައުރުގެ މެދު އިންތިޚާބަކީ އަބަދުވެސް ސަރުކާރުތަކަށް "ބޮޑު ބޯޅައެއް" ނެގޭ އިންތިޚާބެކެވެ. ރައީސް މުއިއްޒުގެ ޒައާމަތުގައި މި ސަގާފަތް ބަދަލުކޮށް، ސަރުކާރު ދަމަހައްޓާ ފަރާތްތަކަށް މެޖޯރިޓީ ހޯދައިދެވޭނެތޯ ބެލުމަށް މުޅި ގައުމު އޮތީ އިންތިޒާރުގައެވެ. ރައީސް މުއިއްޒުގެ ޒައާމަތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރަށް މެޖޯރިޓީ ހޯދިއްޖެނަމަ، އެއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި މުޅިން އައު ސަފުހާއެއް ލިޔެވިގެންދާނެ ކަމެކެވެ. އަދި އެއީ އެމަނިކުފާނުގެ ސިޔާސަތުތަކަށް ރައްޔިތުން ދޭ ވަރުގަދަ "ލައިސަންސަކަށް" ވެސް ވެގެންދާނެއެވެ.
Ads by MACL
