ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ދިވެހި އަސްކަރިއްޔާއަށް އުޅަނދެއް ގަތަސް މިހާރު އިދިކޮޅަށް ހަޖަމުކުރަން އުނދަގޫވޭ, މިވަނީ ކިހިނެއް؟

ދިވެހި އަސްކަރިއްޔާގެ އުޅަނދުތައް
ދިވެހި އަސްކަރިއްޔާގެ އުޅަނދުތައް

ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދާއި ގުޅިގައިވާ ކަނޑާއި އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަކީ ފަސޭހަ ކަމެއް ހެއްޔެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ނިސްބަތުން ބޮޑު ސަރަހައްދެކެވެ. އަދި މި ސަރަހައްދު ބެލެހެއްޓުމަށް ޒަމާނީ އުޅަނދުތަކެއް ބޭނުންކުރަން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލު ނުކުރާކަމީ ވަރަށް ދެރަވަރު ކަމެކެވެ.

ނިސްބަތުން ބޮޑު ކަނޑުގެ ސަރަހައްދު ބެލުމަށް ކަނޑު އުޅަނދު ދިވެހި އަސްކަރިއްޔާގައި ހުރެއެވެ. އެހެންނަމަވެސް މޫސުމާއި އެހެނިހެން ކަންކަމަށް ބަލައި ޒަމާނީ އުޅަނދުތަކެއް ހުންނަންޖެހެއެވެ. މިފަހުން ދެކެވުނު އަދި ފެނުނު މަންޒަރަކަށް ވާހަކަ ދައްކަމާ ހިނގާށެވެ.

ތުރުކީ ސަރުކާރުން ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާ ކުރި ކުރުން ސަރުކާރާއި ދޯހަޅި ބަޔަކަށް ހަޖަމްނުވާންވީ ކީއްވެ ހެއްޔެވެ. ތުރުކީ އަސްކަރިއްޔާގައި 40 އަހަރު ބޭނުން ކޮށްފައި ނަގާލުމަކުން އަދި އެ ބާދަގަނޑަށް ވީކީނޫނެވެ.

މިހާރުވެސް ރާއްޖޭގައި ބޭނުންކުރަމުންދާ ކަނޑުގެ މަނަވަރުތަކަށް ވާނީ ދާދި އެއް އުމުރެކެވެ. އެއީ ވެސް ބޭރުގައުމުތަކުގެ ދީލަތި އެހީއެވެ. އެވަރުގެ މަނަވަރެއް ރާއްޖެއަށް ލިބުމުން އުފާކުރަން ވީ ނޫންހެއްޔެވެ. މަނަވަރުގެ ވާހަކަ ބާއްވަމާ ހިނގާށެވެ.

އިއްޔެއާއި މިއަދު ތިލަވި ވާހަކައެވެ. ދިވެހި އަސްކަރިއްޔާއަށް އެއްގަމުގައި ދުއްވާ 5 އުޅަނދެއްގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އަހަރެންނަށް އެ އުޅަނދުތައް ފެނުމުން ގައިން ހީބިހި ނެގިއެވެ. ހިތަށްއެރީ އަހަރެމެންގެ ގައުމުގެ އަސްކަރީ  ހިދުމަތް ހާދަ ފުޅާ އެބަވެއެވެ. އަހަރެމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަދުގެ ސަރުކާރުން ހާދަބޮޑު އަހަމިއްޔަތު ކަމެއް އެބަދޭ ނޫންތާއެވެ. އެކަމަކު މިކަން އިދިކޮޅު ފަރާތްތަކަށް ހަޖަމު ނުވެގެން އުޅެނީ ކީއްވެގެން ހެއްޔެވެ.

ރާއްޖެއަށް މި ފަހުން ގެނެވުނު އަޖްބާން 442 އޭ އަކީ އޮޕަރޭޝަންސް ތަކުގައި މާލޭހެ ހިމަގޯޅިތަކުގައި ދުއްވޭ ފަދަ ވެހިކަލްތަކެވެ. ކަންމިހެން އޮތްއިރު ދޭތެރެ ދޭތެރެއިން ސިފައިންނަށް ލިބޭ އިންޓެލިޖެންސް މައުލޫމާތުތަކާއި އެކު މާލޭގައި ބައެއް ދުވަސްވަރު ހަތިޔާރާއިއެކު އޮޕަރޭޝަންސްތައް ދަނީ ހިންގަމުންނެވެ.

ސަރުކާރާއި ޑރ މުއިއްޒު ހަވާލުވިފަހުން ދިވެހި އަސްކަރިއްޔާއިން ދަނީ ސިފައިންގެ ގާބިލްކަން އިތުރު ހަރުފަތަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންކަން ފާހަގަކޮށްލަމެވެ.

މިއާއިއެކު މިސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ގަތް ޑްރޯންތަކުގެ ވާހަކަ ނުދައްކާނަމެވެ. އެ ޑްރޯންތަކުން ކިތައް މުދާ ސަލާމަތްކުރި ހެއްޔެވެ. ކިތައް ފުރާނަ ސަލާމަތްވި ހެއްޔެވެ.

އިދިކޮޅު ފަރާތްތަކަށް ހެޔޮދުއާއިއެކު ސަލާމެވެ. މީއަހަރުމެންގެ ވެސް ގައުމެވެ. މިގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތާއި، ސަރުކާރުން ބަހައްޓާ ސަމާލުކަމަށް ޝުކުރު ހައްގެވެ.