ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

މާބަނޑު ދުވަސްވަރު ޓައިލެނޯލް ބޭނުންކުރުމުން ކުއްޖާއަށް ސިކުނޑީގެ ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ ފުރުސަތު ބޮޑު: ދިރާސާ

މާބަނޑު ދުވަސްވަރު ޓައިލެނޯލް ބޭނުންކުރުމުން ކުއްޖާއަށް ސިކުނޑީގެ ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ ފުރުސަތު ބޮޑު: ދިރާސާ

މާބަނޑު ދުވަސްވަރު ޓައިލެނޯލް (ޕެރަސެޓަމޯލް) ބޭނުންކުރުމުން ކުއްޖާއަށް އޯޓިޒަމް، އޭޑީއެޗްޑީ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ ފުރުސަތު އިތުރުނުވާކަން އާ ދިރާސާއަކުން ދައްކައިފިއެވެ.

މިއީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މި ބޭހާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ރައްދު ލިބޭ ފަދަ ހޯދުމެކެވެ.

މިދިޔަ އަހަރު ރައީސް ޓްރަމްޕް ވަނީ މި ބޭހާއި އޯޓިޒަމާ ގުޅުމެއް ހުރި ކަމަށް ބުނެ، މާބަނޑު އަންހެނުން ޓައިލެނޯލް ނުވަތަ ޕެނަޑޯލް ބޭނުން ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އެހެން ނަމަވެސް، "ދި ލޭންސެޓް އޮބްސްޓެޓްރިކްސް ގައިނިއާ އެންޑް ވިމެން ހެލްތް" މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި 43 ހޯދުމެއް މުތާލިއާކޮށްފައިވެއެވެ. މި ދިރާސާއިން ދައްކާގޮތުގައި، މި ބޭސް ބޭނުންކުރުމަކީ މާބަނޑު މީހުންނަށް ރައްކާތެރި ކަމެކެވެ.

ދިރާސާގެ އިސް މުސައްނިފު ޑރ. އަސްމާ ޚަލީލް ވިދާޅުވި ގޮތުގައި، މިއީ މާބަނޑު ދުވަސްވަރު ތަދުވުމާއި ހުން އައުމުން ބޭނުންކުރުމަށް އެންމެ ފުރަތަމަ ލަފާދޭ ބޭހެވެ. އަދި އެއްބަނޑު އެއްބަފާ ކުދިން އަޅާކިޔައިގެން ހެދި އެންމެ ވަރުގަދަ ދިރާސާތަކުން ވެސް މި ބޭހާއި ނިއުރޯޑިވެލޮޕްމަންޓަލް ބަލިތަކާ ގުޅުމެއް ހުރިކަން ސާބިތު ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވައިޓް ހައުސްއިން މީގެ ކުރިން ބާރުދީފައިވަނީ މި ބޭހާއި އޯޓިޒަމާ ގުޅުމެއް ހުރި ކަމަށް ދައްކާ މަދު ދިރާސާތަކަކަށެވެ. އޭގެ ތެރޭގައި ހާވަޑް ޓީ.އެޗް. ޗޭން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ޑީން ޑރ. އެންޑްރިއާ ބަކަރެއްލީ އިސްކޮށް ހުންނަވައި ހެއްދެވި ދިރާސާއެއް ހިމެނެއެވެ. ނަމަވެސް، ޑރ. ޚަލީލް ވިދާޅުވީ އެފަދަ ދިރާސާތަކަކީ ކުދި ދިރާސާތަކެއް ކަމަށާއި، އޭގައި އެހެނިހެން ސަބަބުތައް މެދުވެރިވެފައި ހުރެދާނެ ކަމަށެވެ.

މިސާލަކަށް، މާބަނޑު އަންހެނަކު ޓައިލެނޯލް ބޭނުންކުރަނީ ހުން އައުމުގެ ސަބަބުން ކަމަށް ވެދާނެއެވެ. އަދި އޯޓިޒަމްގެ ފުރުސަތު އިތުރުވަނީ ބޭހުގެ ސަބަބުން ނޫން ކަމަށާއި، އެއީ މާބަނޑު ދުވަސްވަރު އަންނަ ގަދަ ހުމުގެ ސަބަބުން ކަމަށް ވެސް ވެދާނެ ކަމަށް މާހިރުން ފާހަގަކުރެއެވެ. އެހެންކަމުން، ބޭހާއި ބަލިތަކާ ސީދާ ގުޅުމެއް ހުރިކަން ސާބިތުނުވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.