ނަމަނަމަ ފަރުވާކުޑަކޮށްނުލާތި! މިރެޔަކީ ފަހު 10ގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެޔެއް!
މާތްވެގެންވާ ރަމަޟާންމަހުގެ ދުވަސްތައް އަހަރެމެންނާ ވަކިވަމުންދާއިރު، ރަޙުމަތުގެ މައްސަރުގެ ނިމުން މިވަނީ ގާތްވެފައެވެ. މި ވަގުތަކީ ކުރެވުނު ހެޔޮ ޢަމަލުތަކާ މެދު ފުންކޮށް ވިސްނައި، ބާކީ އޮތް ދުވަސްތަކުގައި އިތުރަށް ހީވާގިކަމާއެކު އަޅުކަމުގައި ދެމިތިބުމަށް ޢަޒުމް ކަނޑައަޅަންޖެހޭ ވަގުތެވެ. އަހަރެމެންނާ މި ބައްދަލުކުރަނީ މި ބަރަކާތްތެރި މައްސަރުގެ އެންމެ މާތް ދުވަސްތައް ކަމުގައިވާ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކެވެ.
އެގޮތުން މިރެޔަކީ މި ބަރަކާތުން ފުރިގެންވާ މައްސަރުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން އޮނަހިރި ރެޔެކެވެ. މިއަހަރުގެ ރަމަޟާން މަހުގެ އޮނަހިރި ރޭތައް ދެނެގަތުން ވަރަށް ފަސޭހައެވެ. އޮތީ ތައްޔާރުވެ އެ ރޭތައް ލިބިގަންނަން މަސައްކަތްކުރުމެވެ. ކިތަންމެ ބުރަ މަސައްކަތެއް ކޮށްގެން ނަމަވެސް ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލްކުރެވިއްޖެނަމަ އެމީހަކަށް އެއޮތީ ދުނިޔެއާއި އާޚިރަތް ކާމުޔާބުކުރެވިފައެވެ.
އިން ޝާ ﷲ އެހެނީ އެރޭ ކުރާ ކޮންމެ އަޅުކަމަކުންވެސް 1000 މައްސަރަށްވުރެ ގިނަ ދުވަހު އެއަޅުކަން ކުރިކަމުގެ ޘަވާބު ދެއްވަވާނެތީއެވެ. އެއީ 84 އަހަރުކަމަށް ނިންމައިލެވޭކަށްވެސް ނެތެވެ. ސަބަބަކީ އެރޭގެ ޘަވާބާއި ދަރުމައިގެ އިމެއް އެނގެން ނެތުމެވެ. ހަމައެކަނި އެނގެން އޮތް މިންވަރަކީ 1000 މައްސަރަށްވުރެ ގިނަ ކަމެވެ. ގިނަވެގެން އެއީ ކިހައިދުވަހެއްކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
Ads by BMLވީމާ މިފަދަ އަގުހުރި ފުރުޞަތެއް ނަގާލަން ހެޔޮނުވާނެ ނޫންހެއްޔެވެ؟ ވިސްނާށެވެ! ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮންރެއެއްކަން އެނގެން ނެތްއިރު އެރެއަކީ ކޮންމެ އަހަރަކު އެއް ރެއަކަށް ނުވެދާނެއެވެ. ހަމައެކަނި އެގެން އޮތް މިންވަރަކީ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްކަމެވެ. ވީމާ އެރެއަކީ 27 ވިލޭރޭ ނުވަތަ އެނޫންވެސް އޮނަހިރި ރެއެއް ކަމަށް ބަލައި ނިންމާލައިގެން ނުވާނެއެވެ.
ދުޢާއަކީ މިއަހަރުގެ ލައިލަތުލްޤަދްރިވިލޭރޭގެ ބަރަކާތް ފުރިހަމަ ގޮތުގައި ލިބިގަންނަން ފަދައަޅައި މަސައްކަތްކުރުމުގެ ހިތްވަރު ދެއްވެވުމެވެ! އަދި އެރޭގެ ބަރަކާތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާ އެންމެހައި މުސްލިމުންނަށް މިންވަރުކުރެއްވެވުމެވެ! އާމީން
އަޅަމެންގެ ދުޢާއަކީ، ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފާ، ލައިލަތުލްޤަދުރި ވިލޭރޭގެ ދަރުމައާއި ސަވާބު ލިބޭ ބަޔަކުކަމުގައި އަޅަމެން ލައްވައި، އިސްލާމީ އުންމަތަށް ނަޞްރާއި ޢިއްޒަތް މިންވަރުކުރެއްވުމެވެ. އާމީން.
Ads by MACL
