ޕެޓްރޯޑޮލަރުގެ އަސާސް: ދުނިޔޭގެ "ނުސީދާ ޓެކްސް"
1970 ގެ އަހަރުތަކުން ފެށިގެން، ދުނިޔޭގެ ކޮންމެ ޤައުމަކުން ތެޔޮ ގަތުމަށްޓަކައިއެމެރިކާ ޑޮލަރު ބޭނުންކުރުން ވަނީ މަޖުބޫރުވެފައެވެ.
މީގެ ނަތީޖާއަކީ ދުނިޔޭގެ ކޮންމެމަރުކަޒީ ބޭންކަކުންވެސް ޑޮލަރުގެ ބޮޑު ރިޒާވްއެއް ބަހައްޓަން ޖެހުމެވެ. ދުނިޔޭގެރައްޔިތުން ކުރާ މަސައްކަތާއި، އެ ޤައުމުތަކުގެ މުއްސަނދިކަން ޑޮލަރަށް ބަދަލުކުރަންޖެހުމަކީ، އެނގިގެން ނުވަތަ ނޭނގި ނަމަވެސް އެމެރިކާގެ އިޤްތިޞާދު ހިންގުމަށްދުނިޔޭގެ އެންމެން ދައްކާ "ނުސީދާ ޓެކްސް" އެކެވެ. މިއީ އެމެރިކާއަށް ދުނިޔޭގެމުއްސަނދިކަން ޖަމާކޮށްދޭ "ވެކިއުމް ކްލީނަރެއް" ފަދަ ނިޒާމެކެވެ.
އެކްސޯބިޓަންޓް ޕްރިވިލެޖް"
ދުނިޔޭގެ ޤައުމުތަކުން ތެޔޮ ގަތުމަށްޓަކައި ޑޮލަރު ރިޒާވްގެ ގޮތުގައި ބަހައްޓާ ފައިސާގެތެރެއިން، ވިޔަފާރީގެ މުޢާމަލާތްތަކަށްފަހު ބާކީވާ ބައި އިންވެސްޓްކުރަނީ އެމެރިކާސަރުކާރުގެ ދަރަނީގެ ބޮންޑުތަކުގައެވެ (US Treasury Bonds). މީގެ ސަބަބުންއެމެރިކާއަށް ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ނުލިބޭ ފަދަ އާދަޔާޚިލާފު މާލީފަސޭހަތަކެއް ލިބިގެންދެއެވެ. ޚާއްޞަކޮށް، ދުނިޔޭގެ ހުރިހާ މަރުކަޒީ ބޭންކުތަކުންއެމެރިކާގެ ބޮންޑު ގަތުމަށް އިސްކަންދޭތީ، އެ ޤައުމަށް ބޭނުންވާ ފައިސާ ދަރަންޏަށްހޯދުމުގައި އެންމެ ދަށް އިންޓްރެސްޓް ރޭޓް ކަށަވަރުވެއެވެ.
Ads by BMLމި ފަހި ފުރުޞަތުގެ ބޭނުންހިފައިގެން، އެމެރިކާއިން އެ ޤައުމުގެ އިޖުތިމާޢީ ރައްކާތެރިކަމަށާއި، އުމްރާނީ ބޮޑެތިމަޝްރޫޢުތަކަށާއި، އަދި އަސްކަރީ ވަރުގަދަ ބާރުވެރިކަމަށް ބިލިއަނުން ހޭދަކުރަނީދުނިޔޭގެ އެހެން ޤައުމުތަކުން އެމެރިކާއަށް ފޯރުކޮށްދޭ މި "ހެޔޮ" ދަރަނީގެ އެހީގައެވެ.
އީރާނުގެ އިޤްތިޞާދީ އަމާޒު: އިންޖީނު ހުއްޓުވުން
އީރާނުގެ މިހާރުގެ ސްޓްރެޓެޖީއަކީ އެމެރިކާގެ މާލީ ބާރުވެރިކަމުގެ މައި "އިންޖީނު" ހަލާކުކޮށްލުމެވެ. މިއީ ހަމައެކަނި ބޯޑަރުގެ ދިފާއުގައި ކުރެވޭ އަސްކަރީ ކުރިމަތިލުމެއްނޫނެވެ؛ މިއީ އެމެރިކާގެ މާލީ ސުޕްރެމަސީ ނުވަތަ މާލީ ގޮތުން ދުނިޔޭގެ މައްޗަށް އޮތްބާރުވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވޭ ޑޮލަރު ހަނގުރާމައަކަށް މިއަދު މިވަނީ ބަދަލުވެފައެވެ.
ދުނިޔޭގެ ތެޔޮ ނުއުފައްދާ ޤައުމުތަކުގެ ރިޒާވުން ބޮޑު ބައެއް އެމެރިކާގެ އިޤްތިސާދު ތެރެއަށް ވަންނަފަދައިން ތެޔޮ އުފައްދާ ޢަރަބި ޤައުމުތަކުގެ ފައިސާވެސް ވަންނަނީ ހަމަ އެމެރިކާގެ އިޤްތިސާދުގެ ތެރެއަށެވެ. މިގޮތުން GCC ޤައުމުތަކުން ތެޔޮވިއްކައިގެން އަހަރަކު އެތައް ބިލިއަން ޑޮލަރެއް ހޯދާއިރު، އެ ޤައުމުތަކުގެ ޚަރަދުތަކަށްފަހުބާކީވާ ފައިސާގެ ބޮޑުބައެއް އަނބުރާ އިންވެސްޓްކުރަނީ އެމެރިކާގެ އިޤްތިޞާދަށެވެ.
މިއީ"ޕެޓްރޯޑޮލަރު ރީސައިކްލިންގ" އެވެ. އެމެރިކާގެ ސްޓޮކް އެކްސްޗޭންޖުން ބޮންޑުތަކާއިއެހެނިހެން މާލީ ވަސީލަތްތަކަށް މި ފައިސާ ވަދެގެން ދިއުމަކީ އެމެރިކާގެ އިޤްތިޞާދީކުރިއެރުން ދަމަހައްޓައި، ދުނިޔޭގެ އެންމެ ބޮޑު ދަރަނިވެރި ޤައުމުގެ ގޮތުގައި އެމެރިކާ އޮވެމެ، އެ ދަރަނި ރީފައިނޭންސް ކުރުމަށް ލިބޭ އެންމެ ބޮޑު ފުރުޞަތެވެ.
ނަމަވެސް،މިހާރު ކުރިއަށްދާ ހަނގުރާމައިގައި އީރާނުގެ ސްޓްރެޓެޖީ އޮތްގޮތުގެ ސަބަބުން GCCޤައުމުތަކުގެ ތެޔޮ އުފެއްދުމަށާއި ބޭރުކުރުމަށް ހުރަސްއެޅި، އެމެރިކާގެ ސްޓޮކް މާކެޓަށާއިބޮންޑުތަކަށް އޮހެމުންދާ މި ބޮޑު ފައިސާގެ އޮއިވަރު ހުއްޓޭނެއެވެ. މިއީ އެމެރިކާގެ މާލީމައިބަދަ ކަމަށްވާ "Wall Street" މުޅިން އިނދަޖެހި، އެމެރިކާގެ ދަރަނި ދެއްކުމުގެގާބިލްކަން (Creditworthiness) ގެއްލިގެންދާނެ ކަމެކެވެ.
މިހާރުވެސް އެމެރިކާގެބެލެންސް އޮފް ޕޭމަންޓް (Balance of Payments) އެކައުންޓަކީ ބޮޑުތަނުންދަރަނީގައި އޮތް އެކައުންޓަކަށް ވުމާއެކު، ޕެޓްރޯޑޮލަރުގެ މި ރީސައިކްލިންގ ބުރުހުއްޓުމަކީ އެމެރިކާގެ އިޤްތިޞާދީ ސުޕަރޕަވަރ ކަން ނިމުމަކަށް އައުމުގެ ފެށުމެވެ.
ކުރިންވެސް ފާހަގަކުރިފަދައިން، ޕެޓްރޯޑޮލަރުގެ މުޢާހަދާއަކީ އެމެރިކާގެ މާލީ ބާރުވެރިކަމުގެމައިބަދައެވެ. ދުނިޔޭގެ ޤައުމުތަކުން، އެމީހުންގެ އިޤްތިޞާދު ހިންގުމަށް ބޭނުންވާ ތެޔޮގަންނަން ޖެހެނީ އެމެރިކާ ޑޮލަރުން ކަމަށްވާތީ، މިއީ ޑޮލަރުގެ އަގު ދުނިޔޭގެ ބާޒާރުގައިބޮޑުތަނުން ހިފަހައްޓައިދޭ އެންމެ ބޮޑު ސަބަބެވެ. ފާއިތުވި 50 އަހަރު ދުނިޔޭގެ މާލީ"ސުޕްރެމަސީ" ނުވަތަ އެންމެ މަތީ ބާރުވެރިއެއްގެ ގޮތުގައި އެމެރިކާ ދެމިއޮތީ ހަމައެކަނި އެޤައުމުގެ އުފެއްދުންތެރިކަމަކުން ނޫނެވެ؛
އެއީ މިދެންނެވި ޕެޓްރޯޑޮލަރު ނިޒާމުގެސަބަބުންނެވެ. އީރާނުން މިހާރު ގެންގުޅޭ އިސްތިރާޖީ އުކުޅުތަކުގެ ސަބަބުން އެމެރިކާގެމި މާލީ އިންޖީނު ހުއްޓި، ދުނިޔޭގެ ރައްޔިތުން އެމެރިކާއަށް ދައްކަމުންދާ "ނުސީދާޓެކްސް" ނިޒާމު ނިމުމަކަށް އައުމުގެ ކޮޅުމަތި މިހާރު މިވަނީ ފެންނަން ފަށާފައެވެ. ދުނިޔޭގެޤައުމުތަކުން އެމެރިކާގެ ދަރަނި ދެއްކުމަށްޓަކައި އެމީހުންގެ މަރުކަޒީ ބޭންކުތަކުގައި ޑޮލަރުޖަމާކޮށް، އެމެރިކާގެ ޓްރެޒަރީ ބޮންޑުތަކަށް އިންވެސްޓްކުރާ ކުރުން ހުއްޓުމަކަށް އައުމަކީއެމެރިކާގެ އިޤްތިޞާދީ ބާރުވެރިކަން މުޅިން ފުނޑުފުނޑުވެގެންދާނެ ކަމެކެވެ.
މުޙައްލިލުން ދެކެވަޑައިގަންނަވާގޮތުގައި، އެމެރިކާގެ ބެލެންސް އޮފް ޕޭމަންޓް އެކައުންޓް މިހާރުވެސްދަރަނީގައި އޮތުމާއެކު، ޕެޓްރޯޑޮލަރުގެ ބުރު ބުރޫއެރުމަކީ އެމެރިކާގެ އިޤްތިޞާދީ ވެއްޓުން(Collapse) ގާތްވެފައިވާ ކަމުގެ ނިޝާނެކެވެ. ކަންމިހެން އޮތުމުން، މިއީ މިއަދު ހަމައެކަނި އީރާނާއި އެމެރިކާގެ ދެމެދުގައި ހިނގާ ހަނގުރާމައެއް ނޫނެވެ؛ މިއީ ދުނިޔޭގެމާލީ ނިޒާމުގެ ބާރުގެ މިސްރާބު ބަދަލުވެ، 50 އަހަރުވީ އެމެރިކާގެ އަމުރުވެރިކަންނިމުމަކަށް އައުމަށް މެދުވެރިވެފައިވާ "އިޤްތިޞާދީ އިންގިލާބެކެވެ."
Ads by MACL
