ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގައި މިރޭ ސިޓީ އާއި ރެއާލް ބައްދަލުކުރާ މެޗަށް ބަލާލުމެއް
މިހާރު ކުރިޔަށް ދާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ނަތީޖާ ނެރޭ ދެވަނަ ލެގުގެ މެޗަށް މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް މިރޭ ނުކުންނައިރު، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރެއާލް މެޑްރިޑް އަތުން ބަލިވެ މުބާރާތުން ކެޓުމުން ސަލާމަތްވުމަށް މެންޗެސްޓަރ ސިޓީން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމީ ޔަގީންވާ ކަމެކެވެ.
މާރިޗު 11 ވަނަ ދުވަހު ސެންޓިއާގޯ ބެރްނަބޭއޫގައި ކުޅުނު މެޗުގައި ފެޑެރީކޯ ވަލްވާޑޭ ފުރަތަމަ ހާފުގައި ކާމިޔާބުކުރި ހެޓްރިކާއެކު މެޑްރިޑުން ވަނީ 0-3 ގެ ނަތީޖާއަކުން ޗިޓީގެ މައްޗަށް ކުރި ހޯދާފަ އެވެ. މި މެޗުގެ 58 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ފޮނުވާލި ޕެނަލްޓީ ސިޓީގެ ގިއަންލުއިޖީ ޑޮނަރުއްމާ ވަނީ ދިފާއުކޮށްފަ އެވެ.
ސިޓީން ގަދަ 16 ގައި ވާދަކުރާ މިއީ 12 ވަނަ ފަހަރެވެ. މީގެ ތެރެއިން ހުރިހާ ފަހަރަކު ވެސް ވާދަަކޮށްފައިވަނީ ފާއިތުވި 13 ސީޒަނުގެ ތެރޭގަ އެވެ. އެޓީމު ގަދަ 16 އަށް ދަތުރުކުރީ ލީގު ފޭސްގެ އަށްވަނަ ޓީމުގެ ގޮތުގަ އެވެ. މެޑްރިޑުން ނޮކްއައުޓް ފޭސް ޕްލޭ-އޮފްގައި ބެންފީކާގެ މައްޗަށް ކުރިހޯދީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ލީގު ފޭސްގެ ނުވަވަނައިގައި ނިންމި މެޑްރިޑް މިވަނީ ރެކޯޑް 23 ވަނަ ފަހަރަށް ގަދަ 16 އަށް ދަތުރުކޮށް، ޖެހިޖެހިގެން ފަސްވަނަ ސީޒަނުގައި ސިޓީއާ ނޮކްއައުޓް ބުރުގައި ބައްދަލުކޮށްފަ އެވެ.
Ads by BMLފުރަތަމަ ލެގަކީ މި ދެ ޓީމު ބައްދަލުކުރި 16 ވަނަ މެޗެވެ. މިހާރު މެޑްރިޑުން ހަ މެޗު ކާމިޔާބުކޮށްފައިވާއިރު، ސިޓީން ކާމިޔާބުކުރީ ފަސް މެޗެވެ. މެޑްރިޑުން 28 ގޯލު ޖަހާފައިވާއިރު ސިޓީން ވަނީ 26 ގޯލު ޖަހާފައެވެ.
ޑިސެމްބަރު 10 ވަނަ ދުވަހު މެޑްރިޑްގައި ކުޅުނު މެޗުގައި، ޒަބީ އެލޮންސޯގެ އިރުޝާދުގެ ދަށުން ކުޅުނު މެޑްރިޑަށް ރޮޑްރީގޯ 28 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ކުރިހޯދައިދީފައި ވަނިކޮށް، ސިޓީން ވަނީ ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފަ އެވެ. ސިޓީގެ ލަނޑުތައް ޖަހައިދިނީ ނިކޯ އޯރައިލީ އާއި އާލިން ހާލަންޑް އެވެ.
މެޑްރިޑުން ވަނީ ސިޓީއާ ދެކޮޅަށް ކުޅުނު އެންމެ ފަހުގެ ދެ ކުރިމަތިލުން ވެސް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގެ ނޮކްއައުޓް ފޭސް ޕްލޭ-އޮފް ހިމެނެއެވެ. މީގެ އިތުރުން 2023/24 ގެ ކުއާޓާ ފައިނަލް އާއި، 2021/22 ގެ ސެމީ ފައިނަލް އަދި 2015/16 ގެ ސެމީ ފައިނަލް ގައި ވެސް ކުރިހޯދީ މެޑްރިޑެވެ. ސިޓީން ކުރިހޯދީ 2019/20 ގެ ގަދަ 16 ވަނަ ބުރުގައި އަދި 2022/23 ގެ ސެމީ ފައިނަލުގަ އެވެ.
ސްޕެއިންގެ ކްލަބުތަކާ ދެކޮޅަށް ކުޅުނު ފަހު އަށް މެޗުގެ ތެރެއިން ސިޓީ މޮޅުވީ އެންމެ ދެ މެޗުންނެވެ. އެ ދެ މެޗަކީ ވެސް މި ސީޒަނުގައި ކުޅުނު މެޗުތަކެވެ. އެއީ ވިޔަރެއާލް އަތުން 2-0 އިން އަދި މެޑްރިޑް އަތުން މޮޅުވި މެޗެވެ.
ފުރަތަމަ ލެގުން ބަލިވުމަކީ ސްޕެއިންގެ ޓީމުތަކާ ދެކޮޅަށް ސިޓީން ކުޅުނު ފަހު 19 މެޗުގެ ތެރެއިން އެޓީމު ބަލިވި ހަތަރުވަނަ މެޗެވެ.
ސްޕެއިންގެ ޓީމުތަކާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ފަހު ދިހަ މެޗުގެ ތެރެއިން ހަތް މެޗުން ސިޓީ ވަނީ މޮޅުވެފައެވެ.
މިދިޔަ ސީޒަނުގައި މެޑްރިޑް އަތުން އެގްރިގޭޓުން ބަލިވުމަކީ ސްޕެއިންގެ ކްލަބުތަކާ ދެކޮޅަށް ދެ ލެގުގެ ކުރިމަތިލުންތަކުގައި ސިޓީ ބަލިވި ހަތްވަނަ ފަހަރެވެ.
މެޑްރިޑުން އިނގިރޭސި ޓީމުތަކާ ދެކޮޅަށް ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައިވެ އެވެ. އެއީ ލިވަޕޫލް އަތުން 0-1 އިން އަދި ސިޓީ އަތުން ބަލިވި މެޗުތައް ހިމެނޭ ގޮތަށެވެ.
މިދިޔަ ސީޒަނުގައި ސިޓީގެ ދަނޑުގައި މެޑްރިޑް ހޯދި މޮޅަކީ އިނގިރޭސިވިލާތުގައި ކުޅުނު ފަހު ހަ މެޗުގެ ތެރެއިން އެޓީމަށް ލިބުނު ހަމައެކަނި ކާމިޔާބީއެވެ.
މެޑްރިޑުން ވަނީ އިނގިރޭސި ޓީމުތަކާ ދެކޮޅަށް ޔޫރަޕިއަން ކަޕްގައި 99 ލަނޑު ޖަހާފައެވެ.
މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުގައި އާސެނަލް އަތުން ކެޓުމާއެކު އިނގިރޭސި ކްލަބުތަކާ ދެކޮޅަށް ނޮކްއައުޓް ބުރުތަކުގައި މެޑްރިޑްގެ ރެކޯޑަކީ 15 މޮޅު އަދި 8 ބައްޔެވެ. ފާއިތުވި 14 ކުރިމަތިލުމުގެ ތެރެއިން 10 ފަހަރު އެގްރިގޭޓުން ކުރިހޯދި ނަމަވެސް، އެންމެ ފަހުން ޗެމްޕިއަންސް ލީގުން އެޓީމު ކެޓި ހަތަރު ފަހަރު ވެސް ކެޓީ ޕްރިމިއާ ލީގުގެ ޓީމުތައް އަތުންނެވެ.
މެންޗެސްޓަރ ސިޓީ
މިއީ ޗެމްޕިއަންސް ލީގުގެ މުބާރާތުގައި ސިޓީ ވާދަކުރާ ޖެހިޖެހިގެން 15 ވަނަ ސީޒަނެވެ. 2011/12 އިން ފެށިގެން ކޮންމެ ސީޒަނެއްގައި ވެސް އެޓީމު ޗެމްޕިއަންސް ލީގުގައި ކުޅެ އެވެ. އަދި ފާއިތުވި 12 ސީޒަނުގައި ވެސް އެޓީމު ވަނީ ނޮކްއައުޓް ބުރަށް ދަތުރުކޮށްފަ އެވެ.
މިދިޔަ ސީޒަނުގެ ލީގު ފޭސް 22 ވަނައިގައި ނިންމުމަށްފަހު، ސިޓީ ވަނީ ނޮކްއައުޓް ފޭސް ޕްލޭ-އޮފްގައި އޭރުގެ ޗެމްޕިއަން މެޑްރިޑް އަތުން 3-6 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެފައެވެ.
ރެއާލް މެޑްރިޑް
މެޑްރިޑުން ޗެމްޕިއަންސް ލީގު މުބާރާތުގައި 30 ވަނަ ފަހަރަށް ވާދަކުރާއިރު، މިއީ ބާސެލޯނާއާ އެކު އެ ޓީމުން ހިއްސާކުރާ މުބާރާތުގެ ރެކޯޑެކެވެ. އެ ޓީމުން ވަނީ ވާދަކުރި 30 ސީޒަނުއްގައި ވެސް ނޮކްއައުޓް ބުރަށް ކޮލިފައިވެފަ އެވެ.
ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމު މިދިޔަ ސީޒަނުގެ ލީގު ފޭސް ނިންމާލީ 11 ވަނައިގައެވެ. އަދި ކުއާޓާ ފައިނަލުގައި އާސެނަލް އަތުން އެގްރިގޭޓުން 5-1 އިން ވަނީ ބަލިވެފަ އެވެ.
މުހިންމު ތަފާސްހިސާބުތައް
ސިޓީގެ ގަދަ 16 ގެ ރެކޯޑަށް ބަލާއިރު، އެޓީމުން ވަނީ 8 މެޗުން މޮޅުވެފަ އެވެ. އަދި 3 މެޗުން ވަނީ ބަލިވެފަ އެވެ.
ޕެޕް ގާޑިއޯލާގެ ޓީމުން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފައެވެ.
ޔޫރަޕްގެ މުބާރާތެއްގެ ފުރަތަމަ ލެގުން ރަށުން ބޭރުގައި ތިން ގޯލުގެ ތަފާތުން ސިޓީ ބަލިވި ހަމައެކަނި ފަހަރަކީ 2017/18 ގެ ކުއާޓާ ފައިނަލުގައި ލިވަޕޫލް އަތުން އެގްރިގޭޓުން 5-1 އިން ބަލިވި ފަހަރެވެ.
ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު 57 މެޗުގައި 56 ގޯލު ޖަހާފައެވެ. މީގެ ތެރޭގައި ސްޕެއިންގެ ޓީމުތަކާ ދެކޮޅަށް ކުޅުނު 11 މެޗުގައި ޖެހި 10 ގޯލު ހިމެނެއެވެ.
2003/04 ގައި ގަދަ 16 ގެ ބުރު ތައާރަފްކުރި ފަހުން މެޑްރިޑް އެ ބުރަށް ކޮލިފައިނުވެ ދިޔަ ފަހަރެއް ނާދެއެވެ. އެ ޓީމުން ވަނީ 1996/97 އިން ފެށިގެން ކޮންމެ ސީޒަނެއްގައި ވެސް މުބާރާތުގެ ގަދަ 16 ގައި ކުޅެފަ އެވެ.
ސްޕެއިންގެ މި ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ގަދަ 16 ގެ 15 ކުރިމަތިލުމުގެ ތެރެއިން 13 ކުރިމަތިލުން ކާމިޔާބުކޮށްފައެވެ. އަދި ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ 13 ކުރިމަތިލުމުގެ ތެރެއިން 11 ކުރިމަތިލުން ކާމިޔާބުކޮށްފަ އެވެ.
މެޑްރިޑް އިން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 11 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެފައެވެ.
މިރޭގެ މެޗާއި އެކު ރެއާލް މެޑްރިގު ބްރެޒިލް ފޯވަޑް، އުމުރުން 25 އަހަރުގެ ވިނީޝިއަސް ޖޫނިއާ ވެގެންދާނީ ޗެމްޕިއަންސް ލީގުގެ މުބާރާތުގައި 80 މެޗު ހަމަކުރާ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މިއީ ކީލިއަން އެމްބާޕޭ 26 އަހަރާއި 33 ދުވަހުގައި ގާއިމްކުރި ރެކޯޑަށް ވުރެ ބޮޑު ކުރިއެރުމެކެވެ.
Ads by MACL
