އެމެރިކާގެ "އެސްކަލޭޝަން ލެޑަރ" އަދި އީރާނުގެ "ވަރުބަލިކޮށްލުމުގެ" ރައްދު
އެމެރިކާގެ އަސްކަރީ ޑޮކްޓްރިން ބިނާވެފައިވަނީ ހަނގުރާމައެއް ފެށުމާއެކު، އާދަޔާޚިލާފު ވަރުގަދަ ޙަމަލާތަކެއް ދީގެން ދުޝްމަނުން ބިރުގަންނަވައިލުމުގެ މައްޗަށެވެ. މިއީ"އެސްކަލޭޝަން ލެޑަރ" (Escalation Ladder) އެކެވެ. މީގެ މާނައަކީ:
މި ޑޮކްޓްރިންގެ މަޤްސަދަކީ ދުޝްމަނުންނަށް ކެތްނުކުރެވޭނެ ފަދަ މިންވަރަކަށް ޙަމަލާތައް ވަރުގަދަކުރަމުން ގޮސް، އެމީހުން ބަލިކޮށްލުމެވެ. ނަމަވެސް، އީރާނުން މިވަނީ މި ލެޑަރ ނުވަތަ "ހަރުފަތްތަކުން" އެމެރިކާ މައްޗަށް އެރުމަށް ހުރަސްއަޅާފައެވެ. އީރާނުގެ އާ ފަލްސަފާ ބިނާވެފައިވަނީ އެމެރިކާއިން ޙަމަލާތައް ވަރުގަދަ ކުރާ ކޮންމެ ފަހަރަކު، އެމެރިކާއަށް ކޮންޓްރޯލް ނުކުރެވޭނެ ފަދަ "އިޤްތިޞާދީ އަދި ޖިއޯޕޮލިޓިކަލް" ހަރުފަތްތަކަކަށް ހަނގުރާމަ ބަދަލުކޮށްލުމަށެވެ. މީގެ އެންމެ ބޮޑު ހަތިޔާރަކީ"ވަރުބަލިކޮށްލުމުގެ ކުރިބޯށި" (Attrition Supremacy) އެވެ. އެހެން ގޮތަކަށް ބުނާނަމަ އެމެރިކާއާއި އިޒްރޭލު ވަރުބަލިކޮށްލައިގެން ބާރު ކަނޑުވައިލުމެވެ.
ވަޔާއި ކަނޑުގެ ބާރުވެރިކަމުގެ ހަނިކަން: ތާރީޚީ ފިލާވަޅެއް
ތާރީޚަށް ބަލާއިރު، ހަމައެކަނި ވައިގެ މަގުންނާއި ކަނޑުގެ މަގުން ދޭ ހަމަލާތަކަކުންހަނގުރާމައެއްގެ ފުރިހަމަ ކާމިޔާބީ ހޯދިފައި ނުވާކަން ވަނީ ސާބިތުވެފައެވެ. ކޮރެއާ ހަނގުރާމަ، ވިއެޓްނާމް، އަދި ސާބިއާ (ކުރީގެ ޔޫގޯސްލާވިއާ) ގެ ކުރިމަތިލުންތަކަކީ މީގެ ސީދާ ހެކިތަކެވެ. އެމެރިކާ އިސްވެ އޮވެ އެ ޤައުމުތަކާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި، ދުނިޔޭގެ ތާރީޚު ނުދެކޭ ފަދަ އެތައް މިލިއަން ޓަނެއްގެ ބޮން އެޅި ނަމަވެސް، ބިމުގެ މައިދާނުގައި ހަނގުރާމައިގެ ނަތީޖާ ބަދަލުކޮށް، ދުޝްމަނުންގެ "ވިލް" ނުވަތަ ހިތްވަރު ބަލިކޮށްލުމަކީ ވައިގެ ބާރަށް އެކަނި ކުރެވުނު ކަމެއް ނޫންކަން ވަނީ ހާމަވެފައެވެ.
Ads by BMLޚާއްޞަކޮށް، މިދެންނެވުނު ހަނގުރާމަތަކުގެ ތަޖުރިބާއިން ފިލާވަޅު ނަގައި، އީރާނުން މިވަނީ ހަނގުރާމައެއްގައި އެމެރިކާ މީގެ ކުރިން ބޭނުންކުރި "އެސްކަލޭޝަން ލެޑަރ" ގެ ސްޓްރެޓެޖީ ފެއިލްކޮށްލާނެ ގޮތް ދަސްކޮށްފައެވެ. އީރާނުގެ މި ތައްޔާރުވުމަކީ ހަމައެކަނި ދިފާޢީ ތައްޔާރުވުމެއް ނޫނެވެ؛ އެއީ އެމެރިކާގެ ވައިގެ ބާރުގެ މައްޗަށް އީރާނުގެ "ވަރުބަލިކޮށްލައިގެން ބާރު ކަނޑުވައިލުން (Attrition Supremacy)އިސްކުރުމެވެ. މި ފަލްސަފާގެ ދަށުން، އެމެރިކާގެ އަގުބޮޑު ޓެކްނޮލޮޖީއަށްވުރެ އީރާނުގެ "ސްޓްރެޓެޖިކް އެންޑިއުރެންސް" ނުވަތަ ކެތްތެރިކަން ވަރުގަދަކޮށް، ހަނގުރާމަ ދިގުދަންމާލައިގެން އެމެރިކާގެ އަސްކަރީ އަދި މާލީ ބާރު ކަނޑުވައިލުމުގެ ޤާބިލްކަން އީރާނުން މިވަނީ ހޯދާފައެވެ.
އިރާގާއި އީރާނު: އެސްކަލޭޝަން ޑޮމިނަންސްއަށް އޮތް ޖިއޯގްރަފިކަލްގޮންޖެހުން
އިރާގު ހަނގުރާމައިގައި އެމެރިކާއިން "އެސްކަލޭޝަން ޑޮމިނަންސް" ބޭނުންކޮށްގެންފަސޭހަ ކާމިޔާބީއެއް ހޯދި ނަމަވެސް، އީރާނުގެ ޙާލަތު މުޅިން ތަފާތެވެ. އީރާނަކީއިރާގަށްވުރެ ހަތަރު ގުނަ ބޮޑު ޤައުމަކަށްވާއިރު، އެ ޤައުމުގެ އާބާދީއަކީ މުޅި ހުޅަނގު ޔޫރަޕާއެއްވަރުގެ ބޮޑު އާބާދީއެކެވެ. އިރާގުގެ ބޮޑުބަޔަކީ ހާމަ ފަތަހަ ބިންތަކަކަށް ވިޔަސް،އީރާނަކީ އުސް ފަރުބަދަތަކާއި، ފުން ވާދީތަކުން ވަށާލެވިފައިވާ ބޮޑު "ޤުދުރަތީ ކިއްލާ" އެކެވެ. މިފަދަ އުނދަގޫ ބިމެއްގެ ތެރެއަށް އެމެރިކާގެ އެއްގަމު ސިފައިން ވަދެގަތުމަކީއަސްކަރީ ގޮތުން ބަލާއިރު ނާދިރު ކަމެކެވެ. ހަމައެއާއި އެކު އެމެރިކާ ނުވަތަ އިޒްރޭލުގެހަމަލާއެއް އަތުވެދާނެކަމަށް ބަލައި، ވޭތުވެދިޔަ 20 އަހަރު އީރާނުން ވަނީ ވަރަށްފުރިހަމައަށް ތައްޔާރުވެފައެވެ. އެ ޤައުމުގެ އެންމެ މުހިންމު ހަތިޔާރުގެ ގުދަންތައް ބިމުގެއަޑިއަށް ބަދަލުކޮށްފައިވާއިރު، މުޅި އީރާނުގެ އަސްކަރިއްޔާ ވަނީ ލާމަރުކަޒީ އުސޫލުންމިނިވަން "މިލިޓަރީ ފޯސް" ތަކަކަށް ބަހާލާފައެވެ. މީގެ ބޭނުމަކީ ހަނގުރާމައެއްގެ ތެރޭގައިމަރުކަޒީ ކޮމާންޑް (Central Command) ހުއްޓުމަކަށް އައި ނަމަވެސް، ކޮންމެސަރަޙައްދަކަށްވެސް އަމިއްލަ އިޚްތިޔާރުގައި މިނިވަންކަމާއެކު ހަނގުރާމަ ކުރިއަށްގެންދިއުމުގެ ގާބިލްކަން ހޯދާދީފައި ބޭއްވުމެވެ. އީރާނުގެ މި ޖިއޯގްރަފިކަލް ސިފަތަކާއިއިސްތިރާޖީ ތައްޔާރުވުންތަކުގެ ސަބަބުން، އެމެރިކާގެ ޓެކްނޮލޮޖީއަށްވުރެ އީރާނުގެ"ޤުދުރަތީ އަދި ފަންނީ ދިފާޢު" ވަރުގަދަވެ، ހަނގުރާމައިގެ މިސްރާބު ކޮންޓްރޯލް ކުރުމުގެބާރު އެމެރިކާގެ އަތުން ބީވެގެންގޮސްފައިވާ ކަން މިހާރު ކުރިއަށްދާ ހަނގުރާމައިގެ މިސްރާބު ހުރި ގޮތުން ހާމަވެއެވެ.
އީރާނާއި އެމެރިކާގެ މި ކުރިމަތިލުމުން އަސްކަރީ ސްޓްރެޓެޖީގެ މުޅިން އައު ބާބެއް މިވަނީލިޔެވިފައެވެ. އެމެރިކާގެ އަސްކަރީ ފަލްސަފާ ބިނާވެފައިވަނީ "އެސްކަލޭޝަންޑޮމިނަންސް" ނުވަތަ ހަމަލާތައް ވަރުގަދަކޮށްގެން ދުޝްމަނުން ބިރުގަންނަވައި ކުޑަކަކޫޖެއްސުމުގެ މައްޗަށް ކަމަށްވިޔަސް، އީރާނުން މިވަނީ އެ އުކުޅު ބޭކާރުކޮށްލާފައެވެ. އީރާނުގެ މި އައު ޑޮކްޓްރިން ބިނާވަނީ އެމެރިކާގެ އަގުބޮޑު ޓެކްނޮލޮޖީއަށްވުރެ"އިސްތިރާޖީ ކެތްތެރިކަން" (Strategic Endurance) އިސްކުރުމުގެ މައްޗަށެވެ. މީގެމާނައަކީ ވައިގެ ބާރުވެރިކަމަށް ފިލައިގެން ބިމުގެ އަޑީގައި ދިފާޢީ އައްޑަނަ ބިނާކުރުމާއި،އެއްގަމު ސިފައިންނަށް ވަދެނުގަނެވޭނެ ފަދަ ލާމަރުކަޒީ އަސްކަރީ އޮނިގަނޑެއްއެކުލަވާލުމެވެ. އަދި ހަމައެހެންމެ، ހަނގުރާމަ މައިދާނުން ބޭރަށް ފުޅާކޮށްލައި،"ޕެޓްރޯޑޮލަރު" ފަދަ އިޤްތިޞާދީ ނާރުތަކަށް ހަމަލާދީ، އެމެރިކާގެ ބޮޑު އަސްކަރީ މެޝިނަރީހިންގުމަށް ހުރަސްއެޅުމެވެ. އެހެންކަމުން، މިއީ ހަމައެކަނި ހަތިޔާރުގެ ކުރިމަތިލުމެއްނޫނެވެ؛ މިއީ ބޮޑު ބާރެއްގެ "އެސްކަލޭޝަން" ބޭކާރުކޮށްލާ، ހަނގުރާމަދިގުދަންމާލައިގެން އިދިކޮޅު ފަރާތުގެ މާލީ އަދި ނަފްސާނީ ބާރު ދަށްކޮށްލުމުގެ މައްޗަށްބިނާވެފައިވާ "Attrition Supremacy" އެކެވެ.
ޖުމްލަކޮށް ބަލާއިރު، މިއީ އެމެރިކާގެ ޒަމާންވީ "Escalation Dominance" (ހަމަލާ ވަރުގަދަކޮށްގެން ބިރުގަންނަވައިލުން) އާ ދެކޮޅަށް އީރާނުން އުފެއްދި "Attrition Supremacy" (ވަރުބަލިކޮށްލައިގެން ބާރުކަނޑުވައިލުން) ގެ މުޅިން އައު ޑޮކްޓްރިންއެކެވެ. އަސްކަރީ މުޙައްލިލުން މިހާރު އިއްތިފާޤުވާ ގޮތުގައި، މި އައު ފަލްސަފާއަކީ ބޮޑެތި ބާރުތަކުގެ އަސްކަރީ މެޝިނަރީ ބޭކާރުކޮށްލާ "ގޭމް ޗޭންޖަރ" އެކެވެ. އެމެރިކާގެ ވައިގެ، ކަނޑުގެ އަދި އެއްގަމުގެ މަތިވެރިކަން މިހާރު މިވަނީ އީރާނުގެ ޖިއޯގްރަފީއާއި، ލާމަރުކަޒީ އަސްކަރީ އޮނިގަނޑާއި، ހައިޕަރސޮނިކް މިސައިލާއި ޑްރޯންއާއި އަދި އިޤްތިޞާދީ ހަތިޔާރުގެ ކުރިމަތީގައި ގޮތްހުސްވެފައެވެ.
Ads by MACL
