އަޚުންނޭވެ،! ރަމަޟާން މަސް ނިމުނަސް ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބޭށެވެ.
ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާއި އަލްވަދާޢުކީ ކަމުގައިވިޔަސް ހެޔޮކަމުގައި ދެމިތިބެން އެދޭ ބަޔަކަށް އިސްލާމްދީނުގައި ލައްވާފައިވާ ހެޔޮކަމުގެ ފުރުޞަތުތައް ގިނަ އެވެ. އެފަދަ ފުރުޞަތުތަކުގެ ބޭނުން ހިފާބަޔަކަށްވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހެ އެވެ.
ރަމަޟާން މަސް ނިމުނަސް ހެޔޮކަމުގައި ދެމިތިބުމަކީ އެންމެ ރަނގަޅު ގoތެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ރަމަޟާން މަހުގައި ނަމާދުގެ ޖަމާޢަތަށް ރައްކާތެރިވެ، ގިނަގިނައިން ޤުރުއާން ކިޔަވައި، މީސްތަކުންނަށް ހެޔޮފޯރުވައިދީ އުޅުމަށްފަހު ރަމަޟާންމަސް ނިމުމުން އެކަންކަމަށް ފަރުވާކުޑަކޮށް، ފާފަތަކަށް އަރައިގަންނަކަމީ އެކަމާމެދު ވިސްނަންޖެހިފައިވާކަމެކެވެ.
އަދި އަޅުންކުރާ ހެޔޮ ޢަމަލު ﷲ ޤަބޫލުކުރެއްވިކަމުގެ ނިޝާންތަކެއްވާކަމަށް ޢިލްމުވެރިން ވިދާޅުވާއިރު، އެއީ ހެޔޮ ޢަމަލުކުރުމަށްފަހު، އެ ޢަމަލުތައް ދޫކޮށްނުލައި ފާފަތަކަށް އަރައިނުގަނެ ހުރުންކަމަށް ޢިލްމުވެރިން ވިދާޅުވެ އެވެ.
Ads by BMLމީގެ އިތުރުން ރަމަޟާން މަސް ނިމުންނަމަވެސް، ހެޔޮކަމުގައި ދެމިތިބެން އެދޭ ފަރާތްތަކަށް އިސްލާމްދީނުގައި ހުރި ފުރުޞަތުތައް ގިނަކަން ފާހަގަކޮށްލަމެވެ. އެގޮތުން ޝައްވާލުމަހުގެ 6 ރޯދަ ހިފާ މީހުންނަށް މަތިވެރި ޘަވާބާއި ދަރުމަ ހުއްޓެވެ. ޝައްވާލުމަހުގެ ހަ ރޯދައިގެ އިތުރުން، މެދުފޮއި ރޯދައާއި، ހޯމަ ބުރާސްފަތި ދެ ދުވަހުގެ ރޯދައާއި، ޢަރަފާތް ދުވަހުގެ ރޯދައާއި، ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީވެސް ގިނަގުނަ ދަރުމައާއި ޘަވާބުހުރި ކަމެކެވެ
. ހަމައެހެންމެ ސުންނަތް ރޯދައިގެ އިތުރުންވެސް ހެޔޮކަމުގައި މެދުނުކެނޑި ދެމިތިބުމަށްޓަކާ ކުރެވިދާނެ ކަންތައްތަކެއް އެނަހުއްޓެވެ. އެގޮތުން ނިކަމެތީންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ ފަރާތްތަކަށް ހުރި ދަރުމައާއި ޘަވާބަށްވެސް އެހާމެ ބޮޑެވެ.
އަދި އެފަދަ ކަންތައްތަކަށް ހޭދަކުރެވޭނީ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން ސަލާމަތްވެފައިވާ ބަޔަކަށެވެ. އެ މީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން ﷲ ގެ މަގުގައި ހޭދަކުރުމަށް އަވަސްވެގަތުމަށް އެންމެހާ ލޮބުވެތި މުސްލިމުންނަށް އިލްތިމާސްކުރަމެވެ.
Ads by MACL
