ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ދުވާލަކު ހަތަރު ތަށި ކޮފީއަށްވުރެ އިތުރަށް ބޯ ނަމަ، ސިއްޚީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ!

ދުވާލަކު ހަތަރު ތަށި ކޮފީއަށްވުރެ އިތުރަށް ބޯ ނަމަ، ސިއްޚީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ!
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުން ކޮންމެ ދުވަހަކުވެސް ހޭލުންތެރިކަމާއެކު މަސައްކަތުގައި ދެމިތިބުމަށްޓަކައި ކެފެއިން އެކުލެވޭ ކޮންމެ ވެސް ބާވަތެއްގެ ބުއިމެއް ބޭނުންކުރެއެވެ. ބައެއް މީޙުން ކަޅު ކޮފީ އާއި އެނާޖީ ބުއިންތަކެވެ. ގިނަ މީހުން އެނެމް ގިނައިން މާންމުކޮށް ބޭނުންކުރަނީ ކަޅު ކޮފީ އެވެ. މިއީ ސިކުނޑި ހޭލައްވާލުމަށާއި ސަމާލުކަން އިތުރުކުރުމަށް ގިނަ ބަޔަކު ބޭނުންކުރާ ވަސީލަތެކެވެ. ނަމަވެސް، ކެފެއިން ހުންނަ ބުއިންތައް ބޭނުންކުރުމުގައި ރައްކާތެރި މިންވަރަކީ ކޮބައިކަމާއި، މާގިނައިން ބޭނުންކުރުމުން ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަތުމަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިންމު ކަމެކެވެ.

ރައްކާތެރި މިންވަރަކީ ކޮބައި؟

އާންމު ގޮތެއްގައި ބޮޑެތި މީހުންނަށް ދުވާލަކު 400 މިލިގްރާމްގެ ކެފެއިން ބޭނުންކުރުމަކީ ރައްކާތެރި މިންވަރެއް ކަމަށް ބެލެވެއެވެ. މިއީ ގާތްގަނޑަކަށް ހަތަރު ތަށި ކޮފީ، ނުވަތަ 10 ދަޅު ކޯލާ، ނުވަތަ ދެ އެނާޖީ ޑްރިންކާ އެއްވަރުގެ މިންވަރެކެވެ. ނަމަވެސް ބުއިންތަކުގައި ކެފެއިން ހުންނަ މިންވަރު އެކި ބްރޭންޑްތަކުގައި ތަފާތުވެދާނެކަން ހަނދާން ބަހައްޓަންޖެހެއެވެ. ވަކިން ހާއްސަކޮށް، ޕައުޑަރު ނުވަތަ ދިޔާ ގޮތަށް ހުންނަ ސާފު ކެފެއިން ބޭނުންކުރުމަކީ ނުރައްކާތެރި ކަމެކެވެ. އޭގެ އެންމެ ސައިސަމުސަލަކުންވެސް ފުރާނައަށް ނުރައްކާވާ މިންވަރަށް ހަށިގަނޑަށް ކެފެއިން އެތެރެވެދާނެއެވެ.

ކެފެއިންގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް

ދުވާލަކު ހަތަރު ތަށި ކޮފީއަށްވުރެ ގިނައިން ބޭނުންކުރާނަމަ، ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރުތައް ކުރަން ފަށައިފާނެއެވެ. މީގެ ތެރޭގައި ބޮލުގައި ރިއްސުން، ނިދި ނައުން (އިންސޮމްނިއާ)، ހާސްވުން، އަދި މާގިނައިން ކުޑަކަމުދާން ޖެހުން ހިމެނެއެވެ. މީގެ އިތުރުން ހިތުގެ ވިންދު އަވަސްވުމާއި، އަތްފައި ތުރުތުރުލުމަކީވެސް ކެފެއިން ގިނަވުމުގެ ނިޝާންތަކެކެވެ. ބައެއް މީހުންނަކީ ކުޑަ މިންވަރެއްގެ ކެފެއިން ބޭނުންކުރުމުންވެސް މިފަދަ އުނދަގޫތައް ކުރިމަތިވާ މީހުންނެވެ.

ނިދުމަށް ކުރާ އަސަރާއި ސިއްހީ ހާލަތްތައް

ކެފެއިން ބޭނުންކުރުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ ނިދުމަށް ހުރަސްއެޅުމެވެ. ދުވާލު ވަރުބަލިކަން ފިލުވުމަށް ކެފެއިން ބޭނުންކުރުމުން، ރޭގަނޑު ނިދަން އުނދަގޫވެ، އޭގެ ސަބަބުން އަނެއް ދުވަހު އަނެއްކާވެސް ވަރުބަލިވެ ކެފެއިންއަށް ބަރޯސާވާން ޖެހެއެވެ. މިއީ ހުއްޓުމެއް ނެތި ތަކުރާރުވާ ނުރައްކާތެރި ބުރުޖެކެވެ. އަދި ބައެއް ކަހަލަ ބޭސްތަކާއެކު ކެފެއިން ބޭނުންކުރުމުން ބޭހުގެ އަސަރަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، އެއްވެސް ބޭހެއް ބޭނުންކުރާ މީހެއްނަމަ، ކެފެއިން ބޭނުންކުރުމުގައި ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

ޚާއްސަ ސަމާލުކަން ދޭންޖެހޭ ފަރާތްތައް

ކެފެއިންއަކީ ބޮޑެތި މީހުންނަށް ރައްކާތެރި އެއްޗަކަށް ވިޔަސް، ކުޑަކުދިންނަށް މިއީ އެންމެ ރަނގަޅު އެއްޗެއް ނޫނެވެ. ފުރާވަރުގެ ކުދިންނާއި ޒުވާނުންވެސް ކެފެއިން ބޭނުންކުރުމުގައި، ހާއްސަކޮށް އެނާޖީ ޑްރިންކް ފަދަ ތަކެތި ބޭނުންކުރުމުގައި ސަމާލުވާންޖެހެއެވެ. އަދި މާބަނޑު މީހުންނާއި، ކުޑަކުދިންނަށް ގާތުންދޭ މައިން ކެފެއިން ބޭނުންކުރަންވާނީ ސިއްހީ މާހިރުންގެ އިރުޝާދުގެ މަތިން ވަކި މިންވަރަކަށެވެ.

ކެފެއިންއަކީ އޭގެ ފައިދާތަކެއް ހުރި އެއްޗަކަށް ވިޔަސް، އޭގެ މިންވަރު ގިނަވުމަކީ ސިއްހަތަށް ނުރައްކާވެދާނެ ކަމެކެވެ. ކޮންމެ މީހަކީވެސް ތަފާތު މީހަކަށް ވުމާއެކު، އަމިއްލަ ހަށިގަނޑަށް ކެފެއިންގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ، އެކަށީގެންވާ މިންވަރަށް ބޭނުންކުރުމަކީ ބުއްދިވެރި ގޮތެވެ. އުނދަގޫތަކެއް ކުރިމަތިވާނަމަ، ކެފެއިން ބޭނުންކުރާ މިންވަރު މަދުކުރުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.