ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އިދިކޮޅުން ރޮއެ އާދޭސްކުރީ މި ޝަރަފް ނުދިނުމަށް، އެހެނަސް ޝަރަފާއި އިއްޒަތުގައި ޑޮކްޓަރޭޓުކަން އަރުވާލި ފުރަތަމަ ރައީސަށް ޑރ މުއިއްޒު!

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމުން "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް"ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނަރަރީ ޑިގްރީ އެރުވުމަކީ ދިވެހިރާއްޖެއަށް ލިބިވަޑައިގެންނެވި ނުހަނު ބޮޑު ޝަރަފަކާއި ފަޚުރެއްކަން ޔަގީނެވެ.

މި އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސަށް އަރުވާފައިވަނީ އެޔުނިވަރސިޓީގެ މިއަހަރުގެ ޚާއްސަ ކޮންވޮކޭޝަންގައެވެ.

މި ރަސްމިއްޔާތުގައި "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން" މި މަޢުޟޫއަށް ވެސް ރައީސް ވަނީ ތަގުރީރު ކުރައްވާފައެވެ. މިއީވެސް މި ކުޑަކުޑަ ގައުމަށް ލިބުނު ބޮޑު ޝަރަފެކެވެ.

ރައީސް ޑރ. މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު އެރުއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ޕަހަންގް ކޮންސިޓިޓިއުޝަންގެ ހެޑް ޓެންގޫ އެމްޕުއަންއެވެ. ރައީސް ޑރ. މުޢިއްޒަށް މި ޝަރަފު އެރުވީ ޑޮކްޓަރ އޮފް ފިލޮސޮފީއިން އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވަލޮޕްމެންޓްގެ ދާއިރާއިންނެވެ.

އައިއައިޔޫއެމްއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޒަމާނީ އުކުޅުތަކާއި އިސްލާމީ ހަމަތަކުގެ މަތިން ސިޔާސަތުތައް ކަނޑައެޅުއްވުމާއި އަރބަން ޕްލޭނިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށެވެ. އަދި ރައީސް މުޢިއްޒަކީ ދުރުވިސްނޭ، ކާމިޔާބު ލީޑަރެއްކަން އެ ޔުނިވަރސިޓީން ފާހަގަކުރެއްވިއެވެ.

ކަންމިހެން އޮތް އިރު ރައީސުލް ޖުމްހޫރިއްޔާއަށް މި ޝަރަފް ލިބުމަށް ހުރަސްއަޅައި ސަރުކާރާއި ރައީސް މުއިއްޒުއާއި އިދިކޮޅު ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ޓްވިޓާގައި ކެމްޕޭނެއް ފެށިއެވެ. އެންމެ ފަހުން ނުވެގެން ރަސްމީ ސިޓީވެސް އެ ޔުނިވާސިޓީއަށް ފޮނުވިއެވެ. މިއީ މިފަދަ ގައުމަކަށް ކިހާ ލަދުވެތިކަމެއް ހެއްޔެވެ.