ރައީސްއެވެ. ވައުދުވީ މިގައުމަށް ހަމަޖެހުން ގެނެސްދެއްވާށެވެ. އެކަންކޮށްދޭށެވެ.
އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަމެއްގައި މިގައުމުގަ ހަމަޖެހުން ގާއިމްކޮށްދޭނަން. މިގައުމުގަ އޮންނާނީ ހަމަޖެހުން. ހަމަނުޖެހުމަށް ޖާގަ ނުދޭނަން- މިއީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާގެ މުހިންމު ވައުދުފުޅެވެ.
ރިޔާސީ އިންތިހާބު ނިމި ވެރިކަމަށް 2 އަހަރު ވާން ކައިރިވީއެވެ. ވެރިކަމާއި ހަވާލުވި އިރު ގައުމުގެ ހާލަތަކީ ތެދަށް ބުނާނަމަ އަވަށްޓެރި ސްރީލަންކާގެ ހާލަތެވެ. ބަގުރޫޓު ވެފައިވާ ގައުމެއްކަމަށް އިއުލާން ނުކުރާ ހައްގެވެ.ގައުމުގެ ދަރަނި އިންތިހާއަށް މައްޗަށް އަރައި ކުރުމުއްދަތުގައި ދައްކާގޮތަށް ބޮޑު އިންޓަރެސްޓުގައި ނަގާފައިވާ ލޯނުތައް ދެއްކުންނޫން އިތުރު އެއްވެސް ގޮތެއް މި ސަރުކާރަކަށް ނެތެވެ. މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް މިގައުމަށް ފައިސާ ބޭނުންވި ދަނޑިވަޅުގައި އިދިކޮޅަށް އޮތް އެމްޑީޕީން އެކިއެކި ހުރަސްތައް އަޅަމުންކަން އެއީ ފެންނަން އޮތް ބޮޑު ހަގީގަތެކެވެ.
ރާއްޖެއަށް ކާޑެއް ނުލިބޭ، ތެލެއް ނުލިބޭ، ރާއްޖެ ބަނޑަށް ޖެހެނީ. މިއީ އެމްޑީޕީން ރައްޔިތުންނަށް ދެމުން އައި މެސެޖެވެ. އެހެނަސް ހިކުމަތްތެރި ވިސްނުމާއި، އިހްލާސްތެރި ނިޔަތެއް ކަމަކަށް އިސްވެއްޖެ ނަމަ އިރާދަފުޅުން އެކަމެއް ވާނެކަން ދަންނަން ވާނެއެވެ.
އަމިއްލަ މަސްލަހަތު އިސްކޮށް ކެމްޕެއިންނަށް ވޯޓު ހޯދަން މަސްވެރިން ބާނާ މަހުގެ އަގު 25 ރުފިޔާއަށް އުފުލި އުފުލުން ވެގެންދިޔައީ މި ސަރުކާރަށް ޖެހުނު ބޮޑު ގޮންޖެހުމަކާއެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ކަނޑައަޅައި ފައިސާ ދިނުމަކީ ކުރަން ޖެހޭނަމެކަމެކެވެ.
Ads by BMLއެތައް ގޮންޖެހުމާއި ތުރާލާއިއެކު މިގައުމު ހިނގަމުން އައީ ހަމަޖެހުމާއިއެކު އެވެ. ބައެއްގެ ނުބައި ރޭވުންތަކުން ހިކުމަތްތެރި ވިސްނުމާއިއެކު ގައުމު މިދަނީ މަޑުމަޑުން ހަމަޔަކަށް އެޅެމުންނެވެ. މުވައްޒަފުންގެ މުސާރައާއި އަސާސީ ހިދުމަތްތަކުން ރައްޔިތުން މަހުރޫމް ނުވެއެވެ. ބޮޑު ދަރަނީގެ ލޯނުތައް އެޑްވާންސްކޮށް ދެއްކުމުގެ ގާބިލިއްޔަތުކަން މިގައުމުގައި އެބަހުއްޓެވެ. ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު އެބަގެނެވެއެވެ. އެއްވެސް ވެރިޔަކަށް ކުރަން ނުކެރުނު، ނުކުރެވި ހުރީ ގައުމީ އިގްތިސާދީ މައްސަލަތައް ހައްލުކޮށް މި ގައުމަށް ހަމަޖެހުން އަންނަތަން ދަނީ ފެންނަމުންނެވެ. ފަންނީ މާހިރުން ދޭ ޔަގީންކަމަކީ ރާއްޖޭގެ މިސްރާބު ހުރީ ރަނގަޅަށް ކަމެވެ.
ރައީސެވެ. މިގައުމަށް ހަމަޖެހުން ބޭނުންވެއެވެ. ގައުމުގެ މިސްރާބު ގެއްލުވާލައި ވެރިކަމަށް ފެންބޮވައިގެން ތިބި ބަޔަކު އަޑީގައި ތިބެމެ ދަނީ މި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރަމުންނެވެ. ކަމެއް ދިމާނުވާ ވާހަކައެއް ނޫނެވެ. ބައެއް އިހުމާލެއް ނެތްވާހަކަވެސް ނޫނެވެ. އެހެނަސް ފެންނަމުންދަނީ އިންސާފު ހޯދަން ކުރާ މަސައްކަތެއް ނޫނެވެ. މިއީ އެންމެންގެވެސް ގައުމެވެ. މިގައުމުގަ މިނިވަންކަން އޮންނަންވީ ވަކި ބަޔަކަށް ނޫނެވެ.
އެއްބަޔަކު އިންސާފު ހޯދަން މަސައްކަތް ކުރާ އިރު އަނެއްބަޔަކަށް ނާއިންސާފު ވެގެން ނުވާނެއެވެ. ފުރަމާލޭގެ ބޮޑުމަގުގެ ކޮޅު ބަންދުކޮށްލައިގެން އިންސާފު ހޯދަން ދެންތިބި ރައްޔިތުން ފުނޑާލުމަކީ ހަމަޖެހޭ އުސޫލެއް ހެއްޔެވެ. ގައުމުގެ ތިއަށްވުރެ ބޮޑެތި ކަންކަން ހިނގައިފިއެވެ. ވިސްނުންތެރިކަމާއި އެކު އެކަންކަން ހައްލުވެގެން ދިޔަތަން ފެނިގެންދަނީ މަދުކޮށެއްނޫނެވެ.
ރައީސެވެ. މިގައުމުގައި އިންސާފު ގާއިމްކޮށްދީ މި ގައުމަށް ހަމަޖެހުން ގެނެސްދޭށެވެ. އެއީ ރައީސް މި ރާއްޖޭގެ ރައްޔިތުންނަށް ވެ ވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ. ވައުދު ފުއްދަވައި ދެއްވާށެވެ.
Ads by MACL
