ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

2 އަހަރު ތެރޭގައި 96 ކަނދުފަތި، މިވަރަށް ކަނދުފަތި އެޅުނު ޒަމާނެއް ނާދޭ، ގެނެވުނީ ހެޔޮބަދަލެއް!

ދެ އަހަރުތެރޭ 96 ކަނދުފަތީގެ ރެކޯޑެއް ހެދީ މިސަރުކާރުން ---
ދެ އަހަރުތެރޭ 96 ކަނދުފަތީގެ ރެކޯޑެއް ހެދީ މިސަރުކާރުން ---

ދިވެހިރާއްޖޭގެ ނޫ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތަށް މިއިން ދުވަހަކު ނުދެކޭ ފަދަ އިންގިލާބީ ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން މިއަދު ފެންނަމުންދާ ހަޤީޤީ މަންޒަރުތަކުން ކަށަވަރުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި ހަރުދަނާ ސިޔާސަތުތަކުގެ ދަށުން، އެމަނިކުފާނުގެ ވެރިކަމުގައި މިވީ ދެ އަހަރެއްހާ ދުވަހުގެ ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ ކަނޑުތަކުގައި 96 ކަނދުފަތި ވަނީ އަޅާފައެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދިގު ތާރީޚުގައި ވެސް، އެއްވެސް ސަރުކާރަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހާސިލުކުރެވިފައި ނުވާ އަދި ފަޚުރުވެރި ކާމިޔާބީއެކެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އޮފިޝަލަކު ޖީލު އޮންލައިން އަށް މައުލޫމާތު ދެއްވިގޮތުގައި، މި ސަރުކާރުން ވަނީ 96 އާ ކަނދުފަތި މުޅިން އަލަށް ޤާއިމުކޮށްފައެވެ. މީގެ ތެރޭގައި ދޮށީގެ މަސްވެރިކަމަށް ޚާއްސަ 45 ކަނދުފަތީގެ އިތުރުން، ޒުވާނުންނާއި ސްޕޯޓްސް ފިޝިންއަށް އަމާޒުކޮށްގެން އެޅި 51 "ވަދު ކަނދުފަތި" ހިމެނެއެވެ. 2024 ވަނަ އަހަރާއި 2025 ގެ މިހާތަނަށް ކުރެވުނު މި ބުރަ މަސައްކަތާއެކު، ރާއްޖޭގެ ޤައުމީ ކަނދުފަތި ނިޒާމު މިހާރު ވަނީ ޖުމްލަ 101 ކަނދުފަތީގެ ވަރުގަދަ ވިއުގައަކަށް ބަދަލުވެފައެވެ.

މި ކާމިޔާބީގެ މުހިންމުކަން ވަޒަންކޮށްލުމަށްޓަކައި މާޒީގެ ތަފާސްހިސާބުތަކަށް ނަޒަރު ހިންގާލުން މުހިންމެވެ. 2018 ވަނަ އަހަރު މުޅި ރާއްޖޭގައި އޮތީ އެންމެ 55 ކަނދުފަތި ނަމަވެސް، އޭރުވެސް ރާއްޖެއަކީ ދުނިޔޭގެ ޕޯލް-އެންޑް-ލައިން މަސްވެރިކަމުގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކުރި ޤައުމެވެ. އޭރު ބޭނި މަހުގެ ތިންބައިކުޅަ އެއްބައި ނިސްބަތްވަނީ ކަނދުފަތިތަކަށް ކަމަށްވާއިރު، މިއަދު މި ނިޒާމު ދެގުނަވެގެން ދިޔުމަކީ މަސްވެރިން މަސް ހޯދުމަށް ކުރާ ދަތުރުތައް ކުރުވެ، ތެލަށް ކުރާ ހޭދަ އެތައް ގުނައަކުން ކުޑަވެގެންދާނެ ކަމެއްކަން ކަށަވަރެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ދައްކަވަމުން ގެންދަވަނީ ނަމޫނާ ހަލުވި މިނެކެވެ. މީގެ އެންމެ އަލިގަދަ ހެއްކަކީ، 2025 އޭޕްރީލް 25 ވަނަ ދުވަހު އެކަނިވެސް މަސްވެރިން ބޭނި މަހަށްވާ 5.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސީދާ މަސްވެރިންގެ އެކައުންޓްތަކަށް ޖަމާކޮށްދީފައިވުމެވެ. މިއީ މީގެ ކުރިން މަސްވެރިން އުފުލި ފައިސާ ނުލިބުމުގެ ތަކުލީފުތަކަށް ނިމުން ގެނުވައި، މަސްވެރި އާއިލާތަކަށް ލިބުނު ބޮޑު ތަސައްލީއެކެވެ.

ޒުވާނުން މަސްވެރިކަމަށް ނެރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ. ވަދު ކަނދުފަތިތައް އިތުރުކުރުމާއި، ކ. މާފުށި އަދި ނ. ޅޮހި ފަދަ ރަށްރަށުގައި ސްޕޯޓްސް ފިޝިން ކަނދުފަތިތައް ބެހެއްޓުމަކީ ޒުވާނުންނަށް އާމްދަނީ ހޯދުމުގެ އާ ދޮރުތަކެއް ހުޅުވިގެންދިޔަ ކަމެކެވެ. މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ފާހަގަކުރެއްވި ފަދައިން، ކުރީގެ ސަރުކާރުތަކުން މި ސިނާޢަތް ސިޔާސީކޮށް ޒުވާނުން ބާކީކޮށްލާފައި އޮތް އޮތުން މިހާރު މިވަނީ ނިމުމަކަށް ގެނެސްފައެވެ. އުމުރުން 24 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި އެލަވަންސްތައް ދީގެން، ފަންނީ މަސްވެރި ޖީލެއް ބިނާކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް އެބަދެއެވެ.

މި ހެޔޮ ބަދަލުތަކުގެ ފަހަތުގައި އޮތީ ރާއްޖޭގެ މަސްވެރިކަން ދުނިޔޭގެ ފެންވަރުގައި ކުރިއެރުވުމުގެ ވަރުގަދަ ޢަޒުމެކެވެ. ހަމައެކަނި ކަނދުފަތި އެޅުމުގެ އިތުރުން، އުތުރާއި ދެކުނުގައި ކަނދުފަތި މަރާމާތުކުރާ ސެންޓަރުތައް ޤާއިމުކުރުމާއި، ރާއްޖޭގެ މަސް ރައްކާކުރާ ޤާބިލްކަން 25,000 ޓަނަށް އިތުރުކުރުމަށް ކުރެވޭ މަސައްކަތަކީ ދިވެހި މަސްވެރިންގެ މުސްތަޤުބަލު އުޖާލާކޮށްދޭނެ ކަންކަމެވެ.

މިއަދު ފެންނަމުން މިދަނީ މަސްވެރިންގެ އިހުސާސްތައް ދަންނަ، މަސްވެރިކަމުގެ އަގު ވަޒަންކުރާ، އިޚްލާޞްތެރި ސަރުކާރެއްގެ ފޮނި މޭވާއެވެ.