ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ރައީސްގެ ވައުދަކީ މެރިޓައިމް ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުން، ސަރުކާރުން އެކަން ކުރާނެ: ވަޖީހު

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް

ރާއްޖޭގެ އާމްދަނީ ހޯދުމަށް އޮންނަ މަގަކީ މަސްވެރިކަމާއި، ފަތުވެރިކަން އަދި ކުޑަމިންވަރަކުން ނަމަވެސް ދަނޑުވެރިކަން ކަމަށް ބުނެ އުޅެއެވެ. ނަމަވެސް ފާއިތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް އިތުރަށް އާމްދަނީ ހޯދުމުގެ ވާހަކަތަކާއި ކުރެހުންތައް ދިޔައީ ދައްކަމުންނެވެ.

ބުނާތީ އަޑުއިވުނެވެ. ރާއްޖެއިން ތެޔޮ ފެނިދާނެކަމަށް ބުނެ ތަހުލީލު ކުރުމަށް މާހިރުން ވެސް ގެނައެވެ. އަދި ތެޔޮ ފެނިދާނެ ކަމުގެ ފެހި ސިގްނަލްވެސް ދިނެވެ. އެކަމުގެ އެއްވެސް ކޮޅެއް ނުފެނީ ވާހަކަ ދިޔައީ މުޅިން ސިޔާސީ ވެގެންނެވެ.

ފެށިގެން ހިނގަމުން މި އަންނަ ވެރިކަމުގައި ވަރަށް ބާރުލާފައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ވައުދެއް ހަނދާނުގައި މިހާރު ވެސް އެބަ ހުށްޓެވެ. މެރިޓައިމް ދާއިރާއަށް އިންގިލާބީ ބަދަލެއް ނުވަތަ މުޅިން އެހެން ސިނާއަތެއް ގެންނާނެ ކަމުގެ ޔަގީންކަމެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް ވެސް ވިދާޅުވި ގޮތުގައި ގުޅިލާމެހިފައިވާ ދުނިޔެއެއްގައި، ރާއްޖެ އުފެދިފައި މިވަނީ، މެރިޓައިމް ދާއިރާއިން ބޮޑެތި ނަފާ ތަކެއް ގައުމަށް ހޯދާ ދެވިދާނެ ފަދަ މުހިންމު ލޮކޭޝަނެއްގައި ކަން އެންމެން ވެސް ގަބޫލު ކުރެއެވެ. އެހެނަސް ވަޖީހު ވިދާޅުވި ގޮތުގައި ހިތާމަޔަކީ މިބޮޑު މަންފާ މިހާތަނަށް އެއްވެސް ސަރުކާރަކަށް ގައުމަށް ހޯދާ ދެވިފައި ނެތް ކަމެވެ.

ހަމައެހެންމެ ވަޖީހް ވިދާޅުވި ގޮތުގައި އަނަރޫފަވެފައިވާ ރާއްޖޭގެ އިގުތިސާދު، ދިރުވައި ކޮޅަށް ޖެއްސެވުމަށްޓަކައި، ރައީސް ޑރ. މުޢިއްޒުގެ ވެރިކަން ފެށްޓެވުމާއެކު އެމަނިކުފާނު ފެށްޓެވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްކަމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާއިން ދެވޭ ޚިދުމަތްތައް ފުޅާ ކުރައްވައި އިގުތިސާދީ ގޮތުން ގައުމަށް ބޮޑު މަންފާތަކެއް މިދާއިރާއިން ހޯއްދަވާ ދެއްވުމުގެ މަސައްކަތްޕުޅުތަކެވެ.

ދުނިޔޭގެ އެހެން ގައުމުތަކުންވެސް ކާގޯ ބޯޓު ފަހަރަށް ފޯރު ކޮށްދޭ މިފަދަ ޚިދުމަތްތަކުގެ ތެރޭ ހިމެނޭ އެންމެ މުހިންމު 14 ޚިދުމަތް، ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން. އެކަންތައްތަކުގެ މައުލޫމާތު ޔޫއެމްއެސް ވެބުސައިޓގައި ހިމެނިފައިވާނެ. މީގެތެރެއިން ތެލުގެ ޚިދުމަތް ފިޔަވައި އެހެން ހުރިހާ ޚިދުމަތްތަކެއް ފޯރު ކޮށްދޭނީ އެމްޕީއެލްއިން. ތެލުގެ ޚިދުމަތް ފޯރު ކޮށްދޭނީ އެސްޓީއޯއިން.

ވަޖީހު ވިދާޅުވި ގޮތުގައި އަމާޒަކީ މިއީ އިންޓަރނޭޝަލަލް މާކެޓަށް ދެވޭ ޚިދުމަތްތަކަކަށް ވާއިރު، ކޮމްޕެޓިޓިވު މާކެޓެއްގެ ތެރެއިން، އެޓުރެކްޓިވް ޚިދުމަތް ތަކެއް ފޯރުކޮށްދީ، ރަނގަޅު މާކެޓް ޝެއާރ އެއް ރާއްޖެއަށް ހޯދުމެވެ. އަދި މެރިޓައިމް ދާއިރާއިން، މި ފެށޭ ޚިދުމަތްތަކުން، ކައިރި މުސްތަގުބަލެއްގެ ތެރޭގައި، ގައުމަށް، ގައުމުގެ އިގުތިސާދަށް ހެޔޮ މަންފާ ތަކެއް ކުރަން ފަށާނެއެވެ.
މިއީ 24 ގަޑި އިރުގެ އޮޕަރޭޝަނަކަށް ވާއިރު، މި ޚިދުމަތް ދޭނެ މުވައްޒަފުން މިކަމަށް އަހުލުވެރިކުރުވައި، މިކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން.

މެރިޓައިމް ދާއިރާއަށް ބަލާއިރު މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމާއި ލ.ގާދޫގައި ބަންކަރިންގެ ޚިދުމަތްތައް ފެށުމަކީ މި ދާއިރާއަށް އިންގިލާބީ ބަދަލުތައް ގެންނާނެ ޕްރޮޖެކްޓްތަކެވެ.

ރައީސްގެ ވައުދާ އެއްގޮތަށް ލ.އިންޓަގްރޭޓެޑް މެރިޓައިމް ހަބް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބުގެ ކޮންޓްރެކްޓް އެވޯޑްކޮށްފައިވަނީ ސީއެމްއޭސީ އިންޖިނިއަރިންގ ކޯޕަރޭޝަނަށެވެ.

ލާމު މެރިޓައިމް ހަބުގައި ގާދޫ ކޮންޒަރވޭޝަން ޕްރޮޖެކްޓެއް ހިންގުމުގެ އިތުރުން ކްރޫޒް ޓަރމިނަލެއް ގާއިމުކުރުމާއި، ސުޕަޔޮޓް މެރީނާއެއް ގާއިމުކުރުމާއި، އޮފްޝޯ ބަންކަރިންގގެ ޚިދުމަތް ދިނުމާއި، އިކޯ ރިޒޯޓް ގާއިމުކުރުން ހިމެނެއެވެ.