ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަސް؛ ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތައް!
ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މި ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދުވަސްތަކެވެ. އެ ދުވަސްތަކުގައި ޞާލިޙު އަމަލުތައް ގިނަކުރުމަކީ މުހިންމުކަމެކެވެ. ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި މާތް ﷲ މިމަތިވެރި އިސްލާމްދީން ފުރިހަމަ ކޮށްދެއްވުން ހިމެނެއެވެ.
މާތްﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތަކެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.
އެކަލާނގެ އަޅަމެންނަށް ގޮވައިލައްވަނީ، އެކަލާނގެ ހަޟުރަތަށް އަލުން އައުމަށެވެ.
އިލްމުވެރީން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ، ޙައްޖުމަހުގެ ފުރަތަމަ ދިހަ ރެއެވެ. މި ދިހަ ދުވަހަކީ މާތްﷲ މި ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދުވަސްތަކެވެ.
Ads by BMLމި ދީން ފޯރުކޮށްދެއްވައިފައި ލޮބުވެތި ރަސޫލާ މި ދުނިޔެ ދޫކުރެއްވީ އެންމެހައި މުސްލިމުންނަށް އެނގޭނޭ ފަދަ ސާފު އަމާން މަގެއްގެ މައްޗަށް އެ ބައިމީހުން ނެރުއްވައިފައެވެ.
މި ދުވަސްތަކުގެ މާތްކަމުގެ ތެރޭގައި މާތްﷲ ގެ ނިއުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށްދެއްވުން ހިމެނެއެވެ. އެކަމާ ވިދިގެން މީސްތަކުން މި ދީނަށް ބައިބަޔަށް ވަންނާންފެށިއެވެ.
މާތްﷲ ގެ ނިއުމަތްތައް ފުރިހަމަކޮށްދެއްވުމުގައި އިސްލާމް ދީން އެހެން ދީންތަކުގެ މައްޗަށް ފާޅުކުރެއްވިއެވެ. އެ ދުވަސްވަރު އަރަބިކަރައިގައި ޔަހޫދީ ދީނާއި، ނަޞާރާ ދީނާއި، މަޖޫސީ ދީނާއި، ބުދު ދީން ވަނީ ފެތުރިފައެވެ. އިސްލާމް ދީން އަރަބިކަރައަށް ފެތުރި އެ ކަރައިގެ ބިންތަކުން އެހެން ހުރިހާ ދީންތަކެއް ވަނީ ފުހެވިގެން ގޮސްފައިއެވެ.
ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނައެވެ. މުސްލިމުންނަށް މާތްﷲ ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއް ކަމުގައިވަމާ ހިނގާށެވެ. އެފަދަ ހެޔޮކަން ބޮޑު ދުވަސްތަކުގައި ޞާލިހު އަމަލުތައް ގިނަކޮށް މާތްﷲ ގެ ހަޟުރަތުގައި، މަތީ ދަރަޖައެއް ލިބޭތޯ ވާދަކުރުމާ ހިނގާށެވެ.
Ads by MACL
