ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ޑައިމަންޑް ޖުބިލީ މުބާރާތް: އަނެއްކާ ވެސް ދިވެހިން އެކުވެރިކުރުވާ، އެއްބައެއްވަންތަ ކުރުވާނެ ފޯރިގަދަ މުބާރާތެއް!

ޑައިމަންޑް ޖުބިލީ މުބާރާތް: އަނެއްކާ ވެސް ދިވެހިން އެކުވެރިކުރުވާ، އެއްބައެއްވަންތަ ކުރުވާނެ ފޯރިގަދަ މުބާރާތެއް!

ދިވެހިރާއްޖޭގައި ތާރީޚުން ފެށިގެން މިއަދާއި ހަމައަށް ވެސް ދިވެހިން އެންމެ ލޯބިވާ އަދި އެންމެ ގަޔާވާ ކުޅިވަރަކީ ފުޓުބޯޅައެވެ. ފުޓްބޯޅައަކީ ދިވެހިރާއްޖޭގައި އެންމެ މަޤްބޫލު ކުޅިވަރެވެ. ރާއްޖޭގެ ފުޓްބޯޅަ ހިންގާ މައި އިދާރާ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އުފެދުނީ 1982 ވަނަ އަހަރުއެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ކާމިޔާބީއަކީ 2008 އަދި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. މި ދެ ފަހަރުވެސް ރާއްޖެއިން މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށްފަހުއެވެ.

ރާއްޖޭގައި ރޭވުންތެރިކަމާއެކު ފުޓްބޯޅަ ކުޅެން ފެށުނީ 1970 ގެ ފަހުކޮޅާއި 1980 ގެ ކުރީކޮޅުގައެވެ. ދިވެހި ޤައުމީ ޓީމު ކުޅުނު ފުރަތަމަ ބައިނަލްއަޤްވާމީ މެޗަކީ 1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗެވެ. އެފް.އޭ.އެމް އަށް ފީފާ އަދި އޭ.އެފް.ސީގެ ފުރިހަމަ މެންބަރުކަން 1986 ގައި ލިބުނުއިރު، ރާއްޖޭގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމަށްވާ އެފް.އޭ ކަޕް ފެށުނީ 1988 ވަނަ އަހަރުއެވެ.

1990 އާއި 2000 ގެ އަހަރުތަކަކީ ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ރާއްޖެ ކުރިއަރައިދިޔަ ދުވަސްވަރެކެވެ. މިގޮތުން 1997 އަދި 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރަނަރަޕްކަން ރާއްޖެއިން ހޯދިއެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މައި މަރުކަޒަކީ 1982 ވަނަ އަހަރު ވުޖޫދުވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވެ. މާލޭގައި ހުންނަ ޤައުމީ ފުޓްބޯޅަ ދަނޑަކީ ގަލޮޅު ރަސްމީ ފަނޑެވެ.







ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތާއި އެ މުބާރާތުގެ ތަފްސީލް އަދި ބައިވެރިވާ ޓީމުތައް





ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ފުޓްބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކުރާ ހަތަރު ގައުމު ބައިވެރިވާ މުބާރާތެކެވެ. މި މުބާރާތަކީ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ އިތުރުން މި އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތް ކުރިއަށްދާނީ ޖޫން 1 އިން 10 އަށް ގަލޮޅު ރަސްމީ ދަނޑުގައެވެ. މުބާރާތުގައި ބައިވެރިވަނީ ދިވެހިރާއްޖެ، އަފްޣާނިސްތާން، ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅޭ ރައުންޑް ރޮބިން އުސޫލުންނެވެ. ގްރޫޕް ސްޓޭޖަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ޖޫން 10 ވަނަ ދުވަހު އޮންނަ ފައިނަލްގައި ވާދަކުރާނެއެވެ.

ދިވެހި ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ މު މުބާރާތައް ނަގާފައިވާ ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރިން ހިމެނެއެވެ. މީގެ ތެރޭގައި ކުރީގެ ކެޕަޓަން އަލީ އަޝްފާގު، އަލީ ފާސިރު، އަހުމަދު އަބްދުﷲ އަދި ކެޕްޓަން ސަމޫހު އަލީ ފަދަ ތަޖުރިބާކާރުން ހިމެނެއެވެ.

މިއީ 2000 ވަނަ އަހަރު ބޭއްވި ރަން ޔޫބީލް ފުޓްބޯޅަ މުބާރާތަށްފަހު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ ހަރަކާތެވެ. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚީ މުނާސަބަތެއް ފާހަގަކުރެވި، ސަރަހައްދީ މުބާރާތްތަކަށް ތައްޔާރުވުމަށް ގައުމީ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އަދި މިއީ މީގެ 25 އަހަރު ކުރިން، 2000 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅައިގެ ރަން ޔޫބީލް ފާހަގަކުރުމަށް ބޭއްވި މުބާރާތުގެ ހަނދާންތައް އާކުރުމެކެވެ. އެފަހަރުވެސް ސަރަޙައްދީ ގިނަ ޓީމުތަކެއް ވާދަކޮށް، ދިވެހި ފުޓުބޯޅައިގެ ފޯރި ގެނުވިއެވެ.

މުބާރާތުގެ މެޗުތައް ރޭވިފައިވާ ގޮތް


1 ޖޫން: ޕާކިސްތާން - ބަންގްލަދޭޝް – 16:00
ދިވެހިރާއްޖެ - އަފްޣާނިސްތާން – 21:00

4 ޖޫން: ދިވެހިރާއްޖެ - ޕާކިސްތާން – 16:00
އަފްޣާނިސްތާން - ބަންގްލަދޭޝް – 21:00

7 ޖޫން: އަފްޣާނިސްތާން - ޕާކިސްތާން – 16:00
ދިވެހިރާއްޖެ - ބަންގްލަދޭޝް – 21:00

10 ޖޫން: ފައިނަލް – 21:00 (އެންމެ ކުރީގައި އުޅޭ ދެ ޓީމު)




ފުޓުބޯޅައިގެ ކާމިޔާބީތަކާއި އިޖުތިމާއީ ދައުރު


ފުޓުބޯޅައިގެ ތާރީޚުގައި ދިވެހިރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީތަކަކީ 2008 އަދި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމެވެ. މި ކާމިޔާބީތަކަކީ ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ ނަން ވިދާލައި، ގައުމީ ފަޚުރުވެރިކަން އިތުރުކޮށްދިން މުހިންމު ކާމިޔާބީތަކެކެވެ. މީގެ އިތުރުން، ފުޓުބޯޅައަކީ ޒުވާނުންގެ އަޚުލާގު ބިނާކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ވަސީލަތެކެވެ. މިއީ ގައުމީ އެއްބައިވަންތަކަން އާލާކޮށްދޭ މުހިންމު ބާރެއްގެ ގޮތުގައި ވެސް ފާހަގަކުރެވެއެވެ.

ސަޕޯޓަރުންގެ އުންމީދާއި މުބާރާތުގެ މުހިންމުކަން


ގިނަ ދުވަސްތަކަކަށްފަހު ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ދިވެހި ސަޕޯޓަރުންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ދިވެހި ކުޅުންތެރިން އަމިއްލަ ފަސްގަނޑުގައި ދައްކާނެ ކުޅުމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު، މިއީ ރާއްޖޭގެ ފުޓްބޯޅައިގެ 75 އަހަރުގެ ދިގު ދަތުރު ފާހަގަކުރުމަށް ލިބޭ އެންމެ އެކަށީގެންވާ ހަދިޔާއެވެ. މި މުބާރާތުގެ ސަބަބުން ދިވެހި ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީވެ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ޖުމްލަކޮށް ބަލާއިރު، ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ މުބާރާތަކަށް ވާނެއެވެ. މި މުބާރާތުގެ ސަބަބުން ސަރަޙައްދީ ފުޓްބޯޅައިގެ ފެންވަރު މަތިވެ، ދިވެހި ސަޕޯޓަރުންގެ މެދުގައި އޮތް ފުޓުބޯޅައިގެ ލޯބި އިތުރަށް އާލާވެގެންދާނެއެވެ. މިއީ ދިވެހި ފުޓުބޯޅައިގެ އައު ބާބެއްގެ ފެށުން ކަމުގައި ވެގެންދާނެކަން ކަށަވަރެވެ.