ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ޑައިމަންޑް ޖުބުލީ 2026: ދިވެހިރާއްޖެ – އަފްޣާނިސްތާން (މެޗް ޕްރިވިއު)

ޑައިމަންޑް ޖުބުލީ 2026: ދިވެހިރާއްޖެ – އަފްޣާނިސްތާން (މެޗް ޕްރިވިއު)

ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ފެށި ޑައިމަންޑް ޖުބުލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާގެ ދެވަނަ މެޗުގައި މިރޭ ރާއްޖެއާއި އަފްގާނިސްތާން ބައްދަލުކުރާނެއެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ދާ މި މުބާރާތުގެ ފުރަތަމަ މެޗު މިއަދު ހަވީރު ކުޅެފައިވާއިރު، ރާއްޖެ އާއި އަފްޣާނިސްތާން ބައްދަކުރާ މި މެޗަކީ މުބާރާތުގެ ދެވަނަ މެޗެވެ. މި މުބާރާތުގެ ފުރަތަމަ މެޗު މިއަދު ހަވީރު ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ޕާކިސްތާނާއި ގަންގްލަދޭޝް އެވެ. މި މެޗު ވަނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިފައެވެ.

ރާއްޖެ އާއި އަފްޣާނިސްތާން މިރޭ ކުޅޭއިރު، މިއީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. މިއީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ދެ ޓީމަށްވެސް ލިބޭ މުހިންމު ފުރުޞަތެކެވެ. ރާއްޖެއާއި އަފްފްޣާނިސްތާން ބައްދަކުރާ މެޗު ފެށޭނީ މިރޭ 9:00 ގައެވެ.

ދިވެހި ސަޕޯޓަރުންނާއި ދިވެހި ޤައުމީ ޓީމު

މި ތާރީޚީ މުބާރާތަށްޓަކައި ގަލޮޅު ދަނޑު ވަނީ ވަރަށް ބޮޑަށް ތައްޔާރުކުރެވިފައެވެ. ޓިކެޓް ވިއްކަން ފެށުމާއެކު ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިރޭގެ މެޗަކީ ފޯރިގަދަ މެޗަކަށް ވާނެ ކަމަށް ބެލެވެއެވެ. ފުރަތަމަ މެޗުން މޮޅުވުމަކީ ފައިނަލަށް ދިއުމަށް ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެއެވެ.

ދިވެހި ޤައުމީ ޓީމު މި މުބާރާތާ ކުރިމަތިލަނީ އަމިއްލަ ފަސްގަނޑުގައި ކާމިޔާބު ހޯދުމުގެ އަޒުމުގައެވެ. ކޯޗު އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ޓީމުގެ ފިޓްނަސް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ނަމަވެސް، ޓީމުގެ ކެޕްޓަން ސަމޫހު އަލީ އާއި ތަޖުރިބާކާރު ޑިފެންޑަރު މުޙައްމަދު އިރުފާނަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެ ދެކުޅޫންތެރިން ވަނީ ސްކޮޑުން ބާކީ ކޮށްފައެވެ. މިއީ ގައުމީ ޓީމުގެ ޑިފެންސްލައިން އެކުލަވާލުމުގައި ކޯޗަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ.

މި މެޗުގައިވެސް ދިވެހި ސަޕޯޓަރުންގެ އެންމެ ބޮޑު އުންމީދަކީ ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާޤް (ދަގަނޑޭ) އެވެ. ދާދި ފަހުން ޓިމޯލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މުހިންމު ދައުރެއް އަދާކުރި އަޝްފާޤްގެ ތަޖުރިބާ އާއި ލީޑަރޝިޕަކީ މިފަދަ ބޮޑު މުބާރާތެއްގައި ރާއްޖެއަށް ނުހަނު ބޭނުންތެރި އެއްޗެކެވެ.

އަފްޣާނިސްތާން ޓީމު ވަރުގަދަ ވާނެ

އަފްޣާނިސްތާނުން މާލެ އައީ މި ހަތަރު ޤައުމު ބައިވެރިވާ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައި މުބާރާތުގެ ތަށި ހިފައިގެން ގައުމަށް ދިއުމުގެ އަޒުމުގައެވެ. އެހެން ކަމުން އެޓީމުން ކޮންމެ މެޗެއްގައި ވެސް ކުޅޭނީ ސީދާ އިދިކޮޅު ޓީމު ބަލިކުރުމަށް ވަރުގަދަ ކުޅުމެކެވެ.

އަފްޣާނިސްތާން ޓީމުން އެންމެ ފަހުން ކުޅެފައިވާ މެޗުތަކުން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު މާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު، ތިން މެޗުން އެއްވަރުވެފައިވާއިރު، އަނެއް ދެމެޗުން ވަނީ ބަލިވެފައެވެ.

ނަމަވެސް އަފްޣާނިސްތާންގެ ޓީމަށް ބަލާއިރު، ޔޫރަޕްގެ އެކި ފަންތީގެ ލީގުތަކުގައި ކުޅޭ ގިން ކުޅުންތެރިންތަކެއް އެބަ ތިއްބެއެވެ. އާންމުކޮށް އެޓީމުން ކުޅެމުން އަންނަނީ ވެސް ޔޫރަޕްގެ ފުޓްބޯޅައިގެ ސްޓައިލަށް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

ކޮންމެއަކަށް އެ ޓީމުގައި ހިމެނޭ އެޓޭކިންގ ކުޅުންތެރިންނަކީ ސަރަޙައްދީ ކޮންމެ ޓީމަކަށްވެސް ނުރައްކާ ކުރެވޭނެ ފެންވަރުގެ ކުޅުންތެރިންނެވެ. އަފްޣާނިސްތާން ފުޓްބޯޅަ ފެޑެރޭޝަނުން ދެކޭގޮތުގައި މިއީ ކުރިއަށް ހުރި މުބާރާތްތަކަށް ޓީމު ބައްޓަންކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.

ރާއްޖެއާއި އަފްޣާނިސްތާނުގެ ތާރީޚީ ކުރިމަތިލުންތައް

ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި ދިވެހިރާއްޖެއާއި އަފްޣާނިސްތާނު މިހާތަނަށް ފަސް ފަހަރު ބައްދަލުކޮށްފައިވާއިރު، ތަފާސްހިސާބުތައް ދައްކާގޮތުން ކުރީގައި އުޅެނީ ދިވެހިރާއްޖެއެވެ. ރާއްޖެއިން ދެ މެޗު ކާމިޔާބުކޮށްފައިވާއިރު، އަފްޣާނިސްތާނަށް ކާމިޔާބު ކުރެވުނީ އެންމެ މެޗެކެވެ. އަދި ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޖުމްލަ ލަނޑަށް ބަލާއިރު ރާއްޖެއިން 14 ލަނޑު ޖަހާފައިވާއިރު، އަފްޣާނިސްތާނަށް ޖެހިފައިވަނީ 7 ލަނޑެވެ.

ދެ ޓީމުގެ ތާރީޚުގައި ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 9-1 ގެ ނަތީޖާއަކުން އަފްޣާނިސްތާނު ބަލިކުރުމެވެ. ނަމަވެސް، އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި ތިން މެޗުގައިވެސް އަފްޣާނިސްތާނު ބަލިވެފައެއް ނުވެއެވެ. އެންމެ ފަހުން 2015 ވަނަ އަހަރު ކުޅުނު މެޗު 4-1 އިން ކާމިޔާބުކުރީ އަފްޣާނިސްތާނެވެ.

މިވަގުތުގެ ފޯމަށް ބަލާއިރު، ރާއްޖެއިން އެންމެ ފަހުން ކުޅުނު މެޗުގައި ޓީމޯ ލެސްޓޭ އަތުން ވަނީ މޮޅުވެފައެވެ. އަނެއްކޮޅުން އަފްޣާނިސްތާނަށް މި އަހަރު އަދި މެޗަކުން މޮޅުވެވިފައެއް ނުވެއެވެ. ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މި ދެ ޓީމު ބައްދަލުކުރާއިރު، މިއީ ވަރަށް ވާދަވެރި މެޗަކަށް ވާނެކަމަށް ބެލެވެއެވެ.

މެޗުގެ މުހިންމު ކުރިމަތިލުންތައް

މި މެޗުގެ ނަތީޖާ ބިނާވެގެންދާނީ މެދުތެރޭގެ ކޮންޓްރޯލް ހޯދާ ޓީމެއްގެ މައްޗަށެވެ. ދިވެހިރާއްޖެއިން ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކުރާއިރު، އަފްޣާނިސްތާނުން ބޮޑަށް ބަލާނީ ހަލުވި ކައުންޓަރ އެޓޭކްތަކަށެވެ. ރާއްޖޭގެ ތަޖުރިބާކާރު ފޯވާޑުންނާއި އަފްޣާނިސްތާނުގެ ދިޒިކަލީ ގޮތުން ވަރުގަދަ ޑިފެންޑަރުންގެ ކުރިމަތިލުމަކީ މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލާނެ ކަމެކެވެ.

މި މުބާރާތުގައި ވާދަކުރަނީ އެންމެ ހަތަރު ޓީމު ކަމަށްވެފައި، ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ކަމުން، ފުރަތަމަ މެޗުން މޮޅުވުމަކީ ކޮންމެ ޓީމަކަށްވެސް ނުހަނު ބޭނުންތެރި ކަމެކެވެ.

ރާއްޖެއިން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ފަސްގަނޑުގައި ކުޅެން ދުރުސަތު އޮތް ނަމަވެސް އަފްޣާނިސްތާން ފިޒިކަލީ ގޮތުން ވަރުގަދަވުން އެއީ ރާއްޖޭގެ ޓީމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ޖުމްލަގޮތެއްގައި، ޑައިމަންޑް ޖުބިލީ މުބާރާތަކީ ހަމައެކަނި ފުޓްބޯޅަ މެޗުތަކެއް ނޫނެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައިގެ ފަޚުރުވެރި 75 އަހަރުގެ ހަނދާންތައް އާކޮށްދޭނެ ހަރަކާތެކެވެ. ރާއްޖެ އާއި އަފްޣާނިސްތާން ބައްދަލުކުރާ މެޗަކީ މި ފޯރިގަދަ ދަތުރުގެ ފެށުމެވެ. ދިވެހި ސަޕޯޓަރުންގެ އުންމީދަކީ ގައުމީ ޓީމުން މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ތަށި ރާއްޖޭގައި ބެހެއްޓުމެވެ.