ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ވޯލްޑް ކަޕް 2026: ކެނެޑާ - ބޮސްނިއާ އެންޑް ހެޒްގޮވީނާ | ޕްރިވިއު

ވޯލްޑް ކަޕް 2026: ކެނެޑާ - ބޮސްނިއާ އެންޑް ހެޒްގޮވީނާ | ޕްރިވިއު
ފީފާ ވޯލްޑް ކަޕް 2026 ގެ ކުޅުން ރޭގައި ފެށިއްޖެ އެވެ. މިހާތަނަށް މި މުބާރާތުގެ ދެ މެޗެއް ވަނީ ކުޅެފައެވެ. އެއީ ގުރޫޕް އޭގައި ހިމެނޭ މެކްސިކޯ އާއި ސައުތް އެފްރިކާ ބައްދަލުކުރީ މެޗާއި ދެކުނު ކޮރެއާ އާއި ޗެކް ރިޕަޕްލިކް ބައްދަލުކުރި މެޗެވެ. މި މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މެކްސިކޯ ވަނީ 0-2 ގެ ނަތީޖާއިން ދެކުނު އެފްރިކާ ބަލިކޮށްފައެވެ. އަދި ދެކުނު ކޮރެއާއިން ވަނީ 1-2 އިން ޗެކް ރިޕަންލިކް ބަލިކޮށްފައެވެ.
މިރޭ ފެށޭނީ ގުރޫޕް ބީގެ މެވުތަކުގެ ކުޅުމެވެ.
ރޭގައި ފެށުނު ފީފާ ވޯލްޑް ކަޕަކީ ކެނެޑާގެ ފުޓްބޯޅަ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު މުބާރާތެކެވެ. އެމެރިކާ އާއި މެކްސިކޯއާ ގުޅިގެން ކެނެޑާއިން މި މުބާރާތް ހޯސްޓްކުރާއިރު، ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ޓޮރޮންޓޯގެ ބީ.އެމް.އޯ ފީލްޑްގައި ކެނެޑާ ނުކުންނާނީ ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާ ދެކޮޅަށެވެ. މިއީ ކެނެޑާގެ ފަސްގަނޑުގައި ކުޅެވޭ ފުރަތަމަ ވޯލްޑް ކަޕް މެޗަށް ވުމާއެކު، މުޅި ގައުމު އޮތީ މި ތާރީޚީ ވަގުތަށް ކެތްމަދުވެފައެވެ.

ކެނެޑާގެ އުންމީދުތަކާއި ތާރީޚީ ފުރުސަތު

ކެނެޑާގެ ގައުމީ ޓީމަށް މިއީ ހަމައެކަނި ގްރޫޕް ސްޓޭޖުގެ މެޗެއް ނޫނެވެ. މިއީ މީގެ ކުރިން 1986 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްތަކުގައި އެއްވެސް ޕޮއިންޓެއް ނުލިބި ކުރިމަތިވި މާޔޫސްކަން ފިލުވާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

އެގޮތުން މިފަހަރުގެ މުބާރާތަކީ ކެނެޑާގެ ފުޓްބޯޅަ ތާރީޚުގައި އަންނާނެ އެންމެ މުހިންމު ބާބެވެ. އެމެރިކާ އަދި މެކްސިކޯއާއެކު މުބާރާތް ބާއްވާ ގައުމެއްގެ ގޮތުގައި ކެނެޑާ މިފަހަރު ނުކުންނަނީ، މީގެ ކުރިން ދުވަހަކުވެސް އެ ގައުމުން ވޯލްޑް ކަޕެއްގައި ހޯދާފައިނުވާ ފަދަ ކާމިޔާބީއެއް ހޯދުމުގެ ވަރުގަދަ އަޒުމުގައެވެ. އެގައުމުގެ މައިގަނޑު އަމާޒަކީ ވޯލްޑް ކަޕް މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވުމާއި ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމެވެ.

ހެޑް ކޯޗު ޖެސީ މާޝްގެ އިރުޝާދުގެ ދަށުން ކެނެޑާގެ ޓީމު މިހާރު އޮތީ ކުރިއަށްވުރެ ބޮޑަށް ތައްޔާރުވެ، ތަޖުރިބާލިބިފައެވެ. އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު، އެމީހުންގެ އަމާޒަކީ ވޯލްޑް ކަޕް ތާރީޚުގައި ކެނެޑާއަށް ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިދިނުމެވެ.



ކެނެޑާގެ ވޯލްޑް ކަޕް ތާރީޚަށް ބަލާއިރު، 1986 ވަނަ އަހަރު ފުރަތަމަ ފަހަރަށް މުބާރާތުގައި ވާދަކޮށް ކުޅުނު ތިން މެޗުންވެސް ބަލިވިއެވެ. އޭގެ 36 އަހަރު ފަހުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވެ، އަލްފޮންސޯ ޑޭވީސް ވަނީ އެ ގައުމުން ވޯލްޑް ކަޕެއްގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މިހާތަނަށް ކުޅުނު 6 މެޗުންވެސް އެ ގައުމު ވަނީ ބަލިވެފައެވެ.

ފަހަކަށް އައިސް ކެނެޑާގެ ފުޓްބޯޅައަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ޚާއްސަކޮށް ކޯޗު ޖެސީ މާޝްގެ އިރުޝާދުގެ ދަށުން އެ ގައުމުގެ ޓީމު ވަނީ ވަރުގަދަ އެގްރެސިވް ކުޅުމެއް ދައްކަން ފަށާފައެވެ. 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ސެމީ ފައިނަލަށް ދިއުމަކީ މި ކުރިއެރުމުގެ ހެއްކެކެވެ.

ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިން


ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން އަލްފޮންސޯ ޑޭވީސް، ލަނޑު ޖެހުމުގެ ރެކޯޑް އޮތް ޖޮނަތަން ޑޭވިޑް އަދި އިސްމާއީލް ކޯނޭ ފަދަ ތަރިން ހިމެނެއެވެ.

މިރޭ ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާ ދެކޮޅަށް ކެނެޑާ ކުޅޭ ފުރަތަމަ މެޗުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެނީ ޖޮނަތަން ޑޭވިޑް، އަލްފޮންސޯ ޑޭވީސް، އަދި ސައިލް ލާރިން އެވެ. ޖޮނަތަން ޑޭވިޑަކީ ކެނެޑާގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ ކަމަށްވާއިރު، ލަނޑު ޖެހުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލާނީ އޭނާއެވެ. އަދި ޓީމުގެ ކެޕްޓަން އަލްފޮންސޯ ޑޭވީސްއަކީ ޓީމުގެ އެންމެ މުހިންމު ތަރި ނަމަވެސް، އަނިޔާގެ ސަބަބުން އޭނާ މި މެޗުގައި ފެނުމަކީ ނާދިރު ކަމެކެވެ.




ބޮސްނިއާ އެންޑް ހެޒްގޮވީނާ ވަރުގަދަ އަޒުމަކާއި އެކު


ބޮސްނިއާ އެންޑް ހެރްޒެގޮވީނާއަކީ ޔޫރަޕްގެ ދައް ފަންތީގެ ޓީމެއްގެ ގޮތުގައި ބެލެވުނު ކަމުގައި ވިޔަސް، އެއީ މުޅިއެކުން ރަނގަޅު ވާހަތަކެއް ނޫނެވެ. ބޮސްނިއާ އެންޑް ހެރްޒެގޮވީނާ މި ފަހަރުގެ މުބާރައް އައީ 12 އަހަރުގެ މެދުކެނޑުމަކަށްފަހުގައެވެ.

އެމީހުން މުބާރާތަށް ކޮލިފައިވީ ވޭލްސް އާއި އިޓަލީ ފަދަ ދުނިޔޭގެ ފުޓުބޯޅައިގެ ވަރުގަދަ ބާރުތައް ބަލިކުރުމަށްފަހުގައެވެ. ކޯޗު ސަރޖޭ ބަރްބަރޭޒް ވަނީ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރިން އެއްކޮށްލައިގެން ވަރުގަދަ ސްކޮޑެއް އެކުލަވާލާފައެވެ. ޚާއްސަކޮށް، 40 އަހަރުގެ ކެޕްޓަން އެޑިން ޒެކޯގެ ތަޖުރިބާއަކީ އެ ޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.

މިއީ އެ ގައުމުގެ ތާރީޚުގައި ވޯލްޑް ކަޕްގައި ވާދަކުރާ ދެވަނަ ފަހަރެވެ. ބޮސްނިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 2014 ވަނަ އަހަރު ބްރެޒިލްގައެވެ. އެ ފަހަރު އީރާން އަތުން މޮޅުވެ، މުބާރާތުގައި އެ ގައުމުގެ ފުރަތަމަ މޮޅު ހޯދި ނަމަވެސް، ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ.

މިފަހަރުގެ މުބާރާތަށް ބޮސްނިއާ ކޮލިފައިވީ ވަރަށް އުނދަގޫ ދަތުރަކަށްފަހުގައެވެ. ޔޫއެފާ ޕްލޭއޮފްގައި ވޭލްސް އަދި ހަތަރު ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން އިޓަލީ ބަލިކޮށް، އެ ގައުމުން ވަނީ ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. މިއީ ބޮސްނިއާގެ ފުޓްބޯޅަ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެކެވެ.

ޓީމުގެ ކޯޗު ސާޖޭ ބާބަރޭޒް ވަނީ 2024 ވަނަ އަހަރު ޓީމާ ހަވާލުވެ، ޒުވާން ކުޅުންތެރިންނާއެކު ޓީމުގެ ރޫހު ވަރުގަދަކޮށްފައެވެ. ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކީ އުމުރުން 40 އަހަރުގެ ކެޕްޓަން އެޑިން ޒެކޯއެވެ. ޒެކޯއާއެކު އެސްމިރު ބަޖްރަކްތަރެވިޗް ފަދަ ޒުވާން ހުނަރުވެރި ކުޅުންތެރިން ޓީމުގައި ހިމެނެއެވެ. ބޮސްނިއާގެ ކުޅުމުގެ ސްޓައިލް ބިނާވެފައިވަނީ ވަރުގަދަ ޑިފެންސަކާއި ބާރުގަދަ ކައުންޓަރ އެޓޭކްތަކުގެ މައްޗަށެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބޮސްނިއާ ހިމެނެނީ ކެނެޑާ، ސްވިޒަލޭންޑް އަދި ގަތަރާއެކު ގްރޫޕް ބީ ގައެވެ. ގިނަ ބަޔަކު ބޮސްނިއާއަކީ ބަލިކަށި ޓީމެއްގެ ގޮތުގައި ދެކުނު ނަމަވެސް، އެ ގައުމުގެ އުންމީދަކީ ފުރަތަމަ ފަހަރަށް މުބާރާތުގެ ނޮކްއައުޓް ސްޓޭޖަށް ދަތުރުކުރުމެވެ.

ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިން






ބޮސްނިއާ އެންޑް ހެރްޒެގޮވީނާގެ ޓީމުގައި ހިމެނޭ އެންމެ މުހިންމު ކުޅުންތެރިއަކީ އެ ޓީމުގެ ކެޕްޓަން އެޑިން ޖެކޯއެވެ. އުމުރުން 40 އަހަރުގެ ޖެކޯއަކީ އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އަނިޔާއިން ސަލާމަތްވެ، ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ލީޑު ކުރާނެ ކަމަށް ބެލެވެއެވެ.






ޒުވާން ކުޅުންތެރިންގެ ތެރެއިން އެސްމިރް ބަޖްރަކްތަރެވިޗް އަކީ ފާހަގަކޮށްލެވޭ ހުނަރުވެރި ވިންގަރެކެވެ. އޭނާގެ ބާރުމިނާއި ޑްރިބްލިންގްގެ ސަބަބުން މި މުބާރާތުގައި އޭނާ ވިދާލާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މީގެ އިތުރުން އާމެޑިން ޑެމިރޮވިޗް އަކީ ޖެކޯއާއެކު އެޓޭކުގައި ވަރަށް ނުރައްކާތެރިވާނެ ކުޅުންތެރިއެކެވެ.

ޑިފެންސްލައިން ބަލަހައްޓާނީ ތަޖުރިބާކާރު ސީދު ކޮލަސިނަކް އެވެ. އޭނާގެ ލީޑަރޝިޕަކީ ކެނެޑާގެ ހަލުވި ފޯވާޑުން ހުއްޓުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ. މެދުތެރެއިން ބެންޖަމިން ތަހީރޮވިޗް ކުޅުން ކޮންޓްރޯލް ކުރާއިރު، އަމާރް ދެދިޗް އަކީ ދެ އަރިމަތިން އެޓޭކާއި ޑިފެންސްގައި އެހީތެރިވާނެ ހަކަތަ ހުރި ކުޅުންތެރިއެކެވެ.

މިރޭ ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗުގައި ބޮސްނިއާއަށް ކާމިޔާބު ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާނީ ޖެކޯގެ ތަޖުރިބާއަށާއި، ބަޖްރަކްތަރެވިޗްގެ އުފެއްދުންތެރިކަމުގެ އިތުރުން ޑެމިރޮވިޗްގެ ލަނޑުޖެހުމުގެ ހުނަރަށެވެ.




ދެ ޓީމުގެ ތާރީޚީ ކުރިމަތިލުންތައް


މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ކެނެޑާ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ބައްދަލުކުރާއިރު، މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މި ދެ ގައުމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެއްވެސް މުބާރާތެއްގައި ނުވަތަ އެކުވެރިކަމުގެ މެޗެއްގައިވެސް މި ދެ ޓީމު ކުޅެފައެއް ނުވެއެވެ.

މި މެޗަށް ނުކުންނައިރު ކެނެޑާގެ ފަހުގެ ނަތީޖާތަކަށް ބަލާއިރު، އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ތިން މެޗު ވަނީ އެއްވަރުވެފައެވެ. އަނެއްކޮޅުން ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އެންމެ ފަހުން ކުޅުނު ފަސް މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. ނަމަވެސް ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.

މި މެޗަކީ ދެ ގައުމަށްވެސް ތާރީޚީ މެޗެކެވެ. ކެނެޑާ އަކީ މުބާރާތް ބާއްވާ އެއް ގައުމަށްވާއިރު، އެޓީމުގެ އަމާޒަކީ ވޯލްޑް ކަޕްގައި ފުރަތަމަ މޮޅެއް ހޯދުމެވެ. އަދި ބޮސްނިއާ އަކީ މިއީ ވޯލްޑް ކަޕްގައި ވާދަކުރާ ދެވަނަ ފަހަރެވެ. މި ދެ ގައުމުގެ ދެމެދުގައި އޮންނަ ފުޓްބޯޅައިގެ ވާދަވެރިކަން މިރޭ ޓޮރޮންޓޯގައި ފެށިގެންދާނެއެވެ.

ޖުމްލަގޮތެއްގައި ބަލާއިރު، މިއީ ހަމައެކަނި ފުޓްބޯޅަ މެޗެއް ނޫނެވެ. މިއީ ކެނެޑާގެ ފުޓްބޯޅަ އާ އުސްމިންތަކަކަށް ގެންދިއުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ބޮސްނިއާގެ ހިތްވަރާއި ކެނެޑާގެ ހޯސްޓް އެޑްވާންޓޭޖާއެކު، މި މެޗަކީ 2026 ގެ ވޯލްޑް ކަޕްގެ އެންމެ ފާހަގަކޮށްލެވޭ އެއް މެޗަށް ވާނެކަން ކަށަވަރެވެ. ދުނިޔޭގެ ފުޓްބޯޅަ އާއިލާ އޮތީ މި ތާރީޚީ ކުރިމަތިލުމަށް ފާރަވެރިވެގެންނެވެ.