އެންމެ ތިން ސިކުންތުން މުޅިދުނިޔެ ހުއްޓުވައިލި، ވޯލްޑް ކަޕުން ފެނުނު ޖާދޫއެއްފަދަ ރީތި މޫނު
ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރި މުޅި ދުނިޔޭގައި ހިފާފައިވާއިރު، މުބާރާތުގެ ފޯރިއާ އެއްވަރަށް ސޯޝަލް މީޑިއާގައި މިހާރު އެންމެ ގަދައަށް ދެކެވެނީ ދަނޑުމަތިންނާއި ބެލުންތެރިންގެ ތެރެއިން ފެންނަ ތަފާތު މޫނުތަކުގެ ވާހަކައެވެ. މީގެ ތެރެއިންވެސް، މެޗެއްގެ ތެރެއިން ކެމެރާގެ ލޮލުގައި އަޅައިގަތް އެއް މޫނަކީ މުޅި ސޯޝަލް މީޑިއާ ސިއްސުވާލި އަދި ގިނަ ބައެއްގެ ހިތްތަކާ ކުޅެލި މޫނެކެވެ.
މެޗު ބަލަން އައިސް އިން މި އަންހެން ކުއްޖާގެ މޫނު ޓީވީ ސްކްރީނުން ފެނިގެންދިޔައީ އެންމެ ތިން ސިކުންތުގެ ކުރު ވަގުތުކޮޅަކަށް ނަމަވެސް، އެ ކުރު ވަގުތުކޮޅު ވެގެންދިޔައީ އެތައް މިލިއަން ބައެއްގެ ނޭވާ ހިފަހައްޓާލަން ޖެހުނު ސިހުމަކަށެވެ.
އޭނާގެ އެ ސާދާ، ބަލައިލުމާއި މޫނުމަތިން ފެންނަ ހިތްހެޔޮ ހިނިތުންވުމާއެކު، މިއީ ހަމަ ހަގީގަތުގައިވެސް ދަނޑަށް ގޮސް އިން އިންސާނެއް ބާވައޭ ނުވަތަ މިޒަމާނުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ "ޕާފެކްޓް" ޑިޖިޓަލް ކުރެހުމެއް ބާވައޭ ކިޔައި ބޮޑެތި ބަހުސްތަކެއް ފެށުނެވެ.

ގިނަ ބަޔަކު ގަބޫލުކުރީ އެއްވެސް އައިބެއް ނެތް އެ ފުރިހަމަކަމަކީ އޭއައި ޓެކްނޮލޮޖީގެ އުފެއްދުމެއް ކަމަށެވެ. ނަމަވެސް، އެ ބަހުސްތަކުގެ ފަރުދާ ކެހި، ހަގީގަތް ތިލަވިއިރު، އެއީ އޭއައިގެ ކުޅަދާނަކަމެއް ނޫންކަމާއި، އެއީ ގުދުރަތުގެ މާ ފުރިހަމަ އުފެއްދުމެއްކަން އެނގި މުޅި ދުނިޔެ ބަސްހުއްޓުނެވެ.
މި އާދަޔާޚިލާފު ސަމާލުކަމެއް ހޯދި ކުއްޖަކީ ޕާކިސްތާނަށް އުފަން، އަދި މިހާރު ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދަމުން އަންނަ މޮޑެލްއެއް ކަމަށްވާ ހަމްނާ ބަލޫޗެވެ. ސަގާފީ ހެދުންތަކާއި ގަހަނާތަކާއެކު އޭނާ ފެނިގެންދިޔަ އެ ތިން ސިކުންތަކީ ހަމްނާގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލި ތިން ސިކުންތެވެ. އާދައިގެ ދިރިއުޅުމެއްގައި އުޅެމުންދިޔަ އަންހެން ކުއްޖަކު، އެންމެ ލޮލުގެ އެސްފިޔަޖަހާލާހާ ކުރު ވަގުތުކޮޅެއްގެ ތެރޭގައި މުޅި ދުނިޔޭގެ މަޝްހޫރުކަމުގެ ރޭހުގެ ކުރިއަށް އަރައިގެންދިޔުމަކީ ހުވަފެނެއް ފަދަ ކަމެކެވެ.
ހަމްނާގެ މާޒީއަށް ބަލާއިރު، އޭނާއަކީ އަބަދުވެސް އަމިއްލަ ސަގާފަތާއި އާދަކާދައަށް ލޯބިކުރާ، ހިތްތިރި ކުއްޖެކެވެ. މޮޑެލްކުރުމުގެ ދާއިރާއަށް ނުކުތް ނަމަވެސް، އޭނާގެ މަގްސަދަކަށްވީ ހަމައެކަނި ރީތި ފޮޓޯތަކެއް ދެއްކުމެއް ނޫނެވެ. އޭގެ ބަދަލުގައި، އަމިއްލަ ގައުމުގެ މުއްސަނދި ސަގާފަތާއި، އަންހެނުންގެ ހުރި ގުދުރަތީ ޖާދޫ ދުނިޔެއަށް ސާބިތުކޮށްދިނުމެވެ. ދަނޑުމަތިން އޭނާ ފެނުނުއިރު ބޮލުގައި އަޅާފައިވާ ފޮތިކޮޅާއި، ކަންފަތުގައިވާ ބަރު ގަހަނާތަކަކީވެސް އެ ރީތި އަސްލު ރަމްޒުކޮށްދޭ ހެކިތަކެވެ.
މި ހާދިސާއަށްފަހު ހަމްނާގެ މިހާރުގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކުގެ ނަޒަރު އޭނާއަށް ހުއްޓި، މަޝްހޫރު މަޖައްލާތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ލިބެން ފެށިއެވެ. ނަމަވެސް، މި ހުރިހާ ތާރީފަކާއި މުއްސަނދިކަމެއްގެ ތެރޭގައިވެސް ހަމްނާ އިސްކަންދެނީ އޭނާގެ ހަގީގީ ސާދާކަން ހިފެހެއްޓުމަށެވެ. އޭނާ ބުނާ ގޮތުގައި، ދުނިޔެ އޭނާގެ ބޭރުފުށުގެ ރީތިކަމަށް ސަނާ ކިޔާއިރު، އޭނާ އެންމެ އުފާވަނީ އޭނާގެ ސަގާފަތް ދުނިޔެއަށް ބަލައިގަތުމުންނެވެ.
ކޮންމެއަކަސް، މި ޒުވާން އަންހެން ކުއްޖާގެ ސާދާ ކަމާއި ހިތްގައިމު ހިނިތުންވުން ވެގެން ގޮސްފައިވަނީ، ހަމައެކަނި ފުޓްބޯޅައިގެ ފޯރީގެ ބޭރުން ފެނުނު ރީތި މަންޒަރަކަށް އެކަންޏެއް ނޫނެވެ. އެއީ ޓެކްނޮލޮޖީގެ "އާޓިފިޝަލް" ދުނިޔެއަށްވުރެ، އިންސާނާގެ "ނެޗުރަލް" ނުވަތަ ގުދުރަތީ ރީތިކަމާއި ސާދާކަން މާ ބާރުގަދަ އަދި ހިތްތަކަށް ފުން އަސަރެއް ކުރުވާ އެއްޗެއްކަން މުޅި ދުނިޔެއަށް ހަނދާންކޮށްދިން، ޖަޒުބާތީ ހަދިޔާއެކެވެ.
Ads by MACL
