ވޯލްޑް ކަޕް 2026: ކެނެޑާ - މޮރޮކޯ (މެޗު ޕްރިވިއު)
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ކެނެޑާ އާއި މޮރޮކޯ ބައްދަލުކުރާ މެޗަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މުހިންމު އަދި އެހާމެ ފޯރިގަދަ ކުރިމަތިލުމެކެވެ.
ހިއުސްޓަންގެ އެން.އާރު.ޖީ ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ ކެނެޑާގެ ފުޓްބޯޅަ ތާރީޚުގައި އެ ޤައުމުން ކުޅޭ އެންމެ މުހިންމު އެއް މެޗެވެ. ދެކުނު އެފްރިކާ ބަލިކޮށް ނޮކްއައުޓް ބުރުގެ ފުރަތަމަ މޮޅު ހޯދުމަށްފަހު، ޖެސީ މާޝްގެ ކެނެޑާ ޓީމު ނުކުންނާނީ ވަރުގަދަ މޮރޮކޯއާ ދެކޮޅަށެވެ.
ކެނެޑާ އަދި މޮރޮކޯގެ ފުޓުބޯޅަ ތާރީޚް
ކެނެޑާއަކީ ފުޓުބޯޅައިގައި ކުރިއަރަމުން އަންނަ ގައުމެކެވެ. އެ ގައުމުގެ ފިރިހެން ގައުމީ ޓީމު ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވީ 1986 ވަނަ އަހަރު މެކްސިކޯގައެވެ. އޭގެ 36 އަހަރު ފަހުން 2022 ވަނަ އަހަރު އަލުން ވޯލްޑް ކަޕުގައި ވާދަކޮށް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އެމެރިކާ އަދި މެކްސިކޯއާއެކު ބޭއްވުމުގެ ފުރުސަތު އެ ގައުމަށް ވަނީ ލިބިފައެވެ. ކެނެޑާއިން ވަނީ 2000 ވަނަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި އަލްފޮންސޯ ޑޭވީސް ފަދަ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން އެ ގައުމުން ވަނީ އުފައްދާފައެވެ.
މޮރޮކޯއަކީ އެފްރިކާ ބައްރުގެ އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ގައުމެވެ. 1986 ވަނަ އަހަރު ވޯލްޑް ކަޕުގެ ގަދަ 16 އަށް ދަތުރުކުރި ފުރަތަމަ އެފްރިކާ ގައުމަކަށް މޮރޮކޯ ވިއެވެ. އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށް، އެފްރިކާ އަދި އަރަބި ގައުމުތަކުގެ ތާރީޚުގައި އާ ރެކޯޑެއް އެ ގައުމުން ގާއިމުކުރިއެވެ. މޮރޮކޯއިން ވަނީ 1976 ވަނަ އަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައެވެ. އަޝްރަފް ހަކީމީ ފަދަ ތަރިންނާއެކު، މޮރޮކޯ ފާހަގަކުރެވެނީ ދިފާއީ ގޮތުން ވަރުގަދަ އަދި ޓެކްޓިކަލް ގޮތުން މޮޅު ޓީމެއްގެ ގޮތުގައެވެ.
ކެނެޑާގެ ގައުމީ ޓީމު މި މުބާރާތުގެ ގަދަ 16 އަށް ކުރިމަތިލަނީ ވަރަށް ބޮޑު އިތުބާރަކާއެކުގައެވެ. މިއީ ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ސައުތު އެފްރިކާ ބަލިކޮށް އެ ގައުމުން ހޯދި ފުރަތަމަ މޮޅެވެ. ކޯޗު ޖެސީ މާޝްގެ އިރުޝާދުގެ ދަށުން ކެނެޑާ އިން ދަނީ ވަރުގަދަ ޕްރެސިންގް ގޭމަކާއި، ބަދަހި ޑިފެންސެއްގެ އިތުރުން ހަލުވި ކައުންޓަރ އެޓޭކްތަކެއް ދައްކަމުންނެވެ.
މިރޭގެ މެޗަށް ނުކުންނަ ކެނެޑާ އަދި މޮރޮކޯ ޓީމުގެ މިހާރުގެ ހާލަތު
ކެނެޑާ ޓީމަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާއިން ސަލާމަތްވެ ކެޕްޓަން އަލްފޮންސޯ ޑޭވީސް އެނބުރި އައުމެވެ. ނަމަވެސް މިޑްފީލްޑަރު އިސްމާއީލް ކޯނޭ އަދިވެސް ހުރީ އަނިޔާގައެވެ. ކެނެޑާގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ލަނޑު ޖެހުމަށް ކުޅަދާނަ ޖޮނަތަން ޑޭވިޑް، މެދުތެރެ ކޮންޓްރޯލްކުރާ ސްޓެފަން އެސްޓާކިއޯ، އަދި ހަލުވި ވިންގަރު ތާޖޮން ބުކާނަން ހިމެނެއެވެ.
މޮރޮކޯގެ ޓީމަކީ މި މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމެވެ. ނެދަލެންޑްސް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރި މޮރޮކޯ އަކީ މިހާތަނަށް މުބާރާތުގައި ބަލިނުވެ އޮތް ޓީމެކެވެ. އެ ޓީމުގެ ވަރުގަދަ ޑިފެންސާއި މެދުތެރޭގެ ކޮންޓްރޯލަކީ ފާހަގަކޮށްލެވޭ ކަންކަމެވެ. ކޯޗު މުހައްމަދު އުއާބީގެ ޓީމުގައި އަނިޔާގެ މައްސަލަތަކެއް ނެތްއިރު، ޑިފެންޑަރު ޗާޑީ ރިއާދު ވެސް ވަނީ އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.

މޮރޮކޯ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންނަކީ ކެޕްޓަން އަޝްރަފް ހަކީމީ، މޮޅު ގޯލްކީޕަރު ޔާސީން ބޫނޫ (ބޯނޯ)، އަދި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިސްމާއިލް ސައިބާރީ އެވެ. މީގެ އިތުރުން ބްރަހީމް ޑިއާޒްގެ ހުނަރުވެރި ކުޅުމާއި އަޒުއްދީން އުނާހީގެ މެދުތެރޭގެ ދައުރު އެ ޓީމަށް ވަރަށް މުހިންމުވާނެއެވެ.
މޮރޮކޯގެ ވަރުގަދަ ފޯމާއި ތަޖުރިބާ
އަނެއްކޮޅުން މޮރޮކޯއަކީ މި މުބާރާތުގައި އެންމެ އިތުބާރާއެކު ކުޅެމުން އަންނަ އެއް ޓީމެވެ. ނެދަލެންޑްސް ފަދަ ވަރުގަދަ ޓީމެއް ބަލިކޮށް ގަދަ 16 އަށް ދަތުރުކުރި މޮރޮކޯ ޓީމުގައި އަޝްރަފް ޙަކީމީ އާއި ބްރަހީމް ޑިއާޒް ފަދަ މޮޅު ކުޅުންތެރިން ހިމެނެއެވެ. ޚާއްޞަކޮށް އިސްމާއިލް ސައިބާރީގެ މޮޅު ކުޅުމަކީ ކެނެޑާގެ ޑިފެންސަށް ބޮޑު ނުރައްކަލަކަށް ވާނެއެވެ. މޮރޮކޯގެ ތަޖުރިބާ އާއި މެދުތެރޭގެ ވަރުގަދަކަމަކީ އެ ޓީމަށް އޮތް ބޮޑު ފުރުޞަތެކެވެ.
މި މެޗުން މޮޅުވާ ޓީމަކަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭއިރު، އެ ޓީމަކާ ދެކޮޅަށް ނުކުންނާނީ ފްރާންސް ނުވަތަ ޕެރަގުއޭ އެވެ. ކެނެޑާގެ ހަލުވި ކުޅުމާއި މޮރޮކޯގެ ރޭވުންތެރި ކުޅުން ބައްދަލުކުރާ މި މެޗަކީ ފުޓްބޯޅަ ސަޕޯޓަރުންނަށް ފޯރިގަދަ، ވާދަވެރި ކުރިމަތިލުމަކަށް ވާނެކަން ކަށަވަރެވެ.
ހެޑް-ޓު-ހެޑް
ކެނެޑާ އާއި މޮރޮކޯގެ ފިރިހެން ޤައުމީ ފުޓްބޯޅަ ޓީމު މިހާތަނަށް ހަތަރު ފަހަރަކު ބައްދަލުކޮށްފައިވެއެވެ. މި ހުރިހާ މެޗަކަށް ބަލާއިރު، ކެނެޑާއަށް އަދި މިހާތަނަށް މޮރޮކޯގެ މައްޗަށް ކުރިހޯދިފައެއް ނުވެއެވެ. މޮރޮކޯ ވަނީ ތިން މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށްގެން ބަލިނުވެ ރެކޯޑެއް ދަމަހައްޓާފައެވެ.
މި ދެ ޓީމުގެ އެންމެ ފުރަތަމަ ބައްދަލުވުންތަކަކީ އެކުވެރިކަމުގެ މެޗުތަކެކެވެ. އެގޮތުން 1984 ވަނަ އަހަރާއި 2016 ވަނަ އަހަރު މޮރޮކޯ މޮޅުވެފައިވާއިރު، 1994 ވަނަ އަހަރު ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. މީގެ ތެރެއިން 2016 ވަނަ އަހަރު މޮރޮކޯއިން ވަނީ 4-0 ގެ ބޮޑު ނަތީޖާއަކުން ކެނެޑާ ބަލިކޮށްފައެވެ.
ރަސްމީ މުބާރާތެއްގައި މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލުކުރީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ މޮރޮކޯއެވެ. އެ މެޗުގައި މޮރޮކޯގެ ލަނޑުތައް ޖަހައިދިނީ ހަކީމް ޒިޔެޗް އަދި ޔޫސުފް އެން-ނެސީރީއެވެ.
މި ތާރީޚީ ތަފާސްހިސާބުތަކާއެކު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގައި މި ދެ ޓީމު ބައްދަލުކުރާއިރު މޮރޮކޯ އޮތީ ތަފާސްހިސާބުގެ ގޮތުން ކުރީގައެވެ.
އެން.އާރު.ޖީ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:00 ގައެެވެ.
Ads by MACL
