ވޯލްޑް ކަޕް 2026: ފްރާސާއި މޮރޮކޯގެ ކުރިމަތިލުން؛ މޮރޮކޯއިން ނުކުންނަނީ ބަދަލުހިފަން
ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ ސެމީ ފައިނަލުން ފުރުސަތެއް ހޯދުމަށްޓަކައި، ދުނިޔޭގެ ފުޓްބޯޅައިގެ ދެ ބާރު ކަމަށްވާ ފްރާންސާއި މޮރޮކޯ މިރޭ ކުރިމަތިލާނެއެވެ. މި މެޗަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި މި ދެ ޓީމު ބައްދަލުކޮށް ފްރާންސް 1-0 އިން މޮޅުވި މެޗަށްފަހު، މޮރޮކޯއަށް ބަދަލުހިފުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ފްރާންސަކީ މި މުބާރާތުގައި މިހާތަނަށް އެންމެ ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ޓީމެވެ. ގްރޫޕް 'އައި' ގެ އެއްވަނަ ޓީމުގެ ގޮތުގައި އެ ޓީމު ކޮލިފައިވީ އިރާގު، ސެނެގޯލް އަދި ނޯވޭ ބަލިކުރުމަށްފަހުއެވެ. ގަދަ 32 ޓީމުގެ ބުރުގައި ސްވިޑަން އަތުން 3-0 އިން މޮޅުވެ، ގަދަ 16 ގައި ޕެރަގުއޭ އަތުން 1-0 އިން ވަނީ ކުރިހޯދާފައެވެ. 'ލެސް ބްލޫސް' އިން މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައިވާއިރު، ޖުމްލަ 13 ލަނޑު ޖަހައި ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ.
މޮރޮކޯ އަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓީމުތަކާ އެއްވަރަށް ވާދަކުރެވޭނެ ފެންވަރު ހުރި ޓީމެއްކަން މި މުބާރާތުގައި ވެސް ވަނީ ސާބިތުކޮށްދީފައެވެ. 'އެޓްލަސް ލަޔަންސް' ގްރޫޕް 'ސީ' ގެ ދެވަނަ ހޯދީ ބްރެޒިލްއާ އެއްވަރުކޮށް، ހައިޓީ އާއި ސްކޮޓްލޭންޑް ބަލިކޮށްގެންނެވެ. ގަދަ 32 ގައި ނެދަލޭންޑްސް ޕެނަލްޓީން ބަލިކުރުމަށްފަހު، ގަދަ 16 ގައި ކެނެޑާގެ މައްޗަށް ވަނީ 3-0 ގެ ފުރިހަމަ ކާމިޔާބީއެއް ހޯދާފައެވެ. ވަލީދު ރެގްރާގީގެ އިރުޝާދުގެ ދަށުން ކުޅޭ މޮރޮކޯ މި މުބާރާތުގައި އަދި ބަލިވެފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން
ފްރާންސް ޓީމުން މޮރޮކޯއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުގައި ހަތް ލަނޑު ޖަހައިފައެވެ. މޮރޮކޯ ޓީމަށް ބަލާއިރު، ތަފާތު ދެއްކޭނެ ކުޅުންތެރިއަކީ ބްރަހީމް ޑިއާޒްއެވެ. އޭނާއަކީ މޮރޮކޯގެ މެދުތެރެއާއި އެޓޭކް ގުޅުވައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުޅުންތެރިޔާއެވެ.
ލަފާކުރެވޭ ފުރަތަމަ އެގާރަ
ފްރާންސް: މައިންޔާން، ކޫންޑޭ، ސަލީބާ، ކޮނާޓޭ، ހެނާންޑޭޒް، ކޮނޭ، ރަބިއޮޓް، އޮލީސޭ، ޑެމްބެލޭ، ބާކޯލާ، އެމްބާޕޭ.
Ads by BMLމޮރޮކޯ: ބޯނޯ، ހަކީމީ، އަގުއާޑް، ޝާދީ ރިޔާދު، މަޒްރައުއީ، އަލް އައިނާއުއީ، އޫނާހީ، އަލް ޚާނޫސް، ބްރަހީމް ޑިއާޒް، ރަހީމީ.
ހެޑް-ޓު-ހެޑް
މިފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާއިރު، މީގެ ކުރިން މި ދެ ޓީމު ވަނީ ބައިނަލްއަގުވާމީ 6 މެޗެއްގައި ބައްދަލުކޮށްފައެވެ. މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ފްރާންސް އޮތީ މޮރޮކޯއަށްވުރެ ކުރީގައެވެ. ފްރާންސުން 4 މެޗު ކާމިޔާބުކޮށްފައިވާއިރު، އަނެއް 2 މެޗު ނިމުނީ އެއްވަރުވެގެންނެވެ. މޮރޮކޯއަށް އަދި މިހާތަނަށް ފްރާންސްގެ މައްޗަށް ކުރިހޯދިފައެއް ނުވެއެވެ.
މި ދެ ޓީމުގެ ތާރީޚުގައި ފްރާންސުން ޖުމްލަ 14 ލަނޑު ޖަހާފައިވާއިރު، މޮރޮކޯއަށް ޖެހިފައިވަނީ 7 ލަނޑެވެ. އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ފްރާންސުން މޮޅުވީ 2000 ވަނަ އަހަރު ކުޅުނު މެޗެއްގައެވެ. އެ މެޗު ނިމުނީ 5-1 އިން ފްރާންސް މޮޅުވެގެންނެވެ.
އެންމެ ފަހުން މި ދެ ޓީމު ބައްދަލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ ފްރާންސުންނެވެ. މި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ފްރާންސް ދަތުރުކުރީ ޕެރަގުއޭ ބަލިކުރުމަށްފަހުއެވެ. އަދި މޮރޮކޯ ކުއާޓާ ފައިނަލަށް ހޮވުނީ ކެނެޑާ ބަލިކުރުމަށްފަހުއެވެ.
ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅޭ މި ފޯރިގަދަ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.
Ads by MACL
