މިވަގުތަށް އުނދަގޫ ނިންމުމެއް ނަމަވެސް، ކިޑްނީބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް އުއްމީދީ ބަދަލާއިއެކު ތައިލެންޑާއި ޔޫއޭއީގައި އާސަންދަ ހިދުމަތް ފަށައިފި!
ރިޔާސީ އިންތިހާބުގެ ވައުދުފުޅުތަކަކީ އަބަދުވެސް އާވެއާވެ ހުންނަ ވައުދުތަކެވެ. މީގެ ތެރޭގައި ސިއްހީ ގޮތުން ތިމާމެން ގެންނާނެ ބަދަލުތަކަކީ އަބަދުވެސް ހަނދާނުގަ ހުންނާނެ ވާހަކައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ނިކަން ހަލުވި ދަތުރެއްކޮށް ވައުދުތައްލިޔެ ރައީސް ޑރ މުއިއްޒު އިއުލާން ކުރައްވަމުންދިޔައީ އިތުބާރާއިއެކުއެވެ. މަލާމާތާއި ފުރައްސާރަ އޮއްސާލި އެއްވައުދެއް ހަނދާނަށް އެބައާދެއެވެ.
" އަޅުގަނޑުމެން ވެރިކަމަށް އަންނާނީ ރައްޔިތުންނަށް ހެޔޮ ލުއިވެރިކަމެއް ކޮށްދޭން. އެގޮތުން ސިއްހީ ނިޒާމުގެ ތެރެއިން އާސަަންދައަށް ގެންނަ ހެޔޮ ބަދަލުތަކުގެ ތެރެއިން މިހާރު އާސަންދަ ލިބޭ ގައުމުތަކުގެ އިތުރުން އެކުވެރި އަރަބި އިމާރާތުގެ ޔޫއޭއީއާއި ތައިލެންޑުން އާސަންދަގެ ހިދުމަތް ފޯރުކޮށްދޭނަން" ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދުގެ ނަކަލެއް!
އިދިކޮޅުން ކިޔަފާޑުކިޔުމަށް މިއަދު ރައްދު ދިނީ އެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ބަލިމީހުން ފޮނުވުމުގެ މަސައްކަތާއިއެކުވެސް މެއެވެ. ޔޫއޭއީއާއި ތައިލެންޑުން ބޭސްފަރުވާގެ ޚިދުމަތް ރަސްމީކޮށް އާސަންދަ މެދުވެރިކޮށްދެން މިއަދު ވަނީ ފައްޓަވާފައެވެ. ރާއްޖޭގައި ދާއިމީ ބޮޑެތި ބަލިތަކުގެ ވޭން ތަޙައްމަލުކުރަމުންދާ މީހުންގެ ތެރޭގައި ކިޑްނީގެ އެކި ބަލިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުންދާ މީހުން ނިސްބަތުން ގިނައެވެ. އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ބޭސްފަރުވާއަށް ދައުލަތުން ކޮންމެ އަހަރަކު 3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރަމުންދާއިރު މީގެތެރޭގައި ކިޑްނީގެ އެކި ބަލިތަކަށް ދާ މީހުންދަނީ އިތުރުވަމުންނެވެ.
އެހެންކަމުން ޤައުމުގެ އިޤްތިޞާދީ ޙާލަތު ދަށްކޮށް އޮތްނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވީ ދިވެހީންގެ ތެރޭގައި ދާއިމީ ބޮޑު ބައްޔަކަށް ލުޔެއް ބޭނުންވެފައިވާ އެތައް ބަޔަކަށް އެކަން ފަހިކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސެއްވުމަށެވެ.
Ads by BMLކިޑްނީ ބަދަލު ކުރުމުގެ ފުރުސަތު ފަހިވުމާއެކު، ކާމިޔާބު ދަތުރަކަށްފަހު ބަލިމީހުން ގިނަ ގިނައިން ފަރުވާއަށް ބޭރަށް ދާންޖެހުން މަދުވުމަކީ އާސަންދައިގެ ޚަރަދު ދިގު މުއްދަތުގެ ތެރޭގައި ކުޑަކުރެވޭނެ ކަމެއްވެސްމެއެވެ.
އާންމުންގެ ތެރޭގައި ކިޑްނީ ޓްރާންސްޕްލާންޓްކުރަން ބޭނުންވެ މިކަން ކުރެވޭނެ ގޮތެއް ނެތިފައި މާޔޫސްކަމުގައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. އެހެންކަމުން އާސަންދައިގެ ޚިދުމަތްފުޅާކުރެވި މި ޚިދުމަތް ލިބެން ފެށުމުން އެފަދަ އެތައް ބައެއްގެ ދިރިއުޅުމަށް އުއްމީދީ ބަދަލެއް އަންނާނެއެވެ.
އާސަންދައިގެ ޚިދުމަތް ޔޫއޭއީ އަދި ތައިލެންޑަށް ފުޅާކުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއާއި ވާހަކަދެއްކި ބައެއް އާންމުންވަނީ މިއީ ރަނގަޅު ނިންމުމެއްކަން ފާހަގަކޮށްފައެވެ. އަދި އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެކަން ޤަބޫލުކުރާކަމަށް ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ.
"މިއީ ސަރުކާރުން ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް." މީހަކު ބުންޏެވެ. "އިޤްތިޞާދީގޮތުން ރަނގަޅު ނިންމުމެއްކަމަށް ޤަބޫލުކުރެވޭ." އެހެން މީހަކު ބުންޏެވެ.
ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ހޯދުމުގައި ވަކި ޤައުމެއްގައި ހުންނަ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި ފެންވަރު ރަނގަޅު ޚިދުމަތް، ޔޫއޭއީ އަދި ތައިލެންޑުން، އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ އެކަން ޢިއުލާނުކުރެއްވީ، އެމަނިކުފާނު މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.
މިއާއެކު އާސަންދައިގެ ދަށުން ޔޫއޭއީއާއި ތައިލެންޑަށް އާސަންދައިގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ނިމުނު އަހަރުގެ ތެރޭގައިވަނީ ކުރައްވާފައެވެ.
"ވަކި ދިމާލަކަށް، ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދާ، އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމުތަކަށް، ޔޫއޭއީއަށް ތައިލެންޑަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާކުރާނަން. އެތަންތަނަށް ދާއިރު އެކޮމޮޑޭޝަން އެކްސްޕެންސެސް ހިމެނޭގޮތަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާކުރާނަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އިޤްތިޞާދީ ނަޒަރިއްޔާއަކުން ބަލާއިރު މިއީ މިވަގުތު ކުރަން ކިތަންމެ ދަތިކަމެއް ނަމަވެސް އެނިންމެވުމަކީ ހިކުމަތްތެރި ނިންމެވުމެކެވެ. ސަބަބަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް އެހީ ފޯރުކޮށްދޭ ހުރިހާ އިދާރާއެއްގެ ތަފާސްހިސާބުތަކުގައި ދެވަނައަށް އެންމެ ގިނަ މީހުން ބޭސްފަރުވާއަށް ބޭރަށް ދިޔުމަށް ހޭދަކުރަނީ ކިޑްނީގެ ބަލިތަކަށެވެ.
އެހެންކަމުން މިއީ މިވަގުތު ނިންމެވުމަށް އުނދަގޫ ނިންމެވުމެއްނަމަވެސް މިއީ ދުރު މުސްތަޤުބަލަށް ބަލާއިރު އެތައް ރައްޔިތެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނާނެ ބަދަލެކެވެ.
Ads by MACL
