ކުޅުދުއްފުށި ކުނބުރުދޫ ކުނީގެ މައްސަލައާއި ސިޔާސީ ބަހުސް: ރިޕޯޓް
ކުޅުދުއްފުށީގެ އިހުތިސާސްގެ ތެރޭގައި ކުނބުރުދޫ ހިމަނައިދިނުމަށް އެދެމުންދަނިކޮށް، އެކަމަށް އިޖާބަ ނުދީ އެ ރަށް ކުނިގޮނޑަކަށް ހެދުމަށް ނިންމައި ބޮޑުތިލަދުންމަތި ތަޣައްޔަރުކުރުމުގެ ބިންގާ އެޅީ އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން ކަމަށް ބުނެ ސިޔާސީ ބަހުސްތަކެއް ވަނީ އުފެދިފައެވެ. އޭރު ކުޅުދުއްފުށީގެ ރައްޔިތުންނާއި ވެރިން އެދުނީ ކުނި އެޅުމަށްޓަކައި އެކަހެރިކޮށް އޮތް ކަނޑު މާވައިދޫ ދިނުމަށެވެ. ނަމަވެސް، ކުނބުރުދޫގެ ބައެއް އަނބުރާ ދޭނެ ކަމުގެ ސިޔާސީ ހުވަފެންތައް ދައްކައި، ތަފާތު އެއްބަސްވުންތަކުގެ ނަމުގައި ރަށުގެ ވެރިންނަށް އޮޅުވާލައި "ގުންބޯ" ހެއްދީ ވެސް އޭރުގެ އެމްޑީޕީ ސަރުކާރުން ކަމަށް ތުހުމަތުކުރެވެއެވެ. އެ ރަށަށް އެފަދަ ބޮޑު އިހާނެތިކަމެއް ދީ މަސައްކަތް ފެށި އިރު، މިއަދު އަޑުގަދަކުރާ ސިޔާސީ ވެރިން ތިބީ ހަނު ހިމޭނުން ކަން ފާހަގަކުރެވެއެވެ.
ސިޔާސީ ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، މަސައްކަތުގައި އެކުގައި ކުރިއަށް ދިއުމަކީ ކަންކަން ގޯސްކޮށް ހިނގާ ނަމަ އެކަމާ މަޝްވަރާކޮށް، ހައްލު ހޯދުމެވެ. ކަންކަމުގައި ހަރުދަނާ މަޝްވަރާ ދެފަރާތުގެ މެދުގައި ކުރެވޭނެ އިންތިޒާމެއް އޮންނަންޖެހެއެވެ. ނަމަވެސް، ސިޔާސީ މަންފާއަށްޓަކައި ސޯޝަލް މީޑިއާގައި އޮޅޭގޮތަށް ޚަބަރު ފަތުރައި، އުތުރުގެ ރައްޔިތުންނާއި މާލޭގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ވަކި ބައެއްގެ ލަފައަށް ޤައުމުގެ މަސްލަހަތު ނަގާލުމަކީ ނުހަނު ހިތާމަހުރި ކަމެކެވެ.
މިހާރު ކުރެވެމުންދާ މަސައްކަތަކީ އެއްވެސް ސަރުކާރަކަށް ހައްލު ހޯދައިދެވިފައި ނުވާ ޒަމާންވީ ކުޅުދުއްފުށީގެ ކުނި ކުންޑާއި، އަދި އުތުރުގެ ރަށްރަށުގެ ޒަމާންވީ ކުނި ގޮނޑުތަކަށް ދާއިމީ ހައްލެއް ހޯދުމެވެ. މާލޭގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުނީގެ އެންމެ ބާޖެއް ކުނބުރުދުއަށް ގެންދިއުމަކީ، އެއް ނަޒަރަކުން ބަލާއިރު އުތުރުގެ ރައްޔިތުންނަށް ޤަބޫލުކުރަން ދަތި ކަމަކަށް ވެދާނެއެވެ. ނަމަވެސް މާލޭގައި ވެސް ދިރިއުޅެނީ ހަމަ އުތުރާއި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގެ ރައްޔިތުންކަން ހަނދާން ބަހައްޓަންޖެހެއެވެ.
މާލެ ސިޓީ ކައުންސިލުން އެދެމުންދަނީ މި ވަގުތު މާލެ އަދި ތިލަފުށީގައި ދިމާވެފައިވާ ކުނީގެ ކްރައިސިސްއަށް ކޮންމެވެސް ވަރެއްގެ ވަގުތީ ހައްލެއް ހޯދުމަށެވެ. ތިލަފުށިން މިހާރު ހުރި ކުނި ތަންކޮޅެއް ޓުރާންސްފަރ ކޮށްގެން ލުޔެއް ލިބޭނެ ނަމަ، އެކަން ކުރުން މުހިންމު ކަމަށް ދެކެވުނު ނަމަވެސް، ވެރިކަން ކުރާ ސަހަރުގެ ކުނި އުކާލާ މައި ތަނަކަށް ކުނބުރުދޫ ހެދުމާ ދެކޮޅަށް ވަނީ ވަކާލާތުކޮށްފައެވެ.
ވެރިކަމުގެ ދަހިވެތިކަމުގައި ފިތުނަ އުފެއްދުމާއި، ރައްޔިތުން ބައިބައިކުރަން ކުޅޭ ސިޔާސީ ކުޅިވަރެއްގެ ޝިކާރައަކަށް އުތުރުގެ ހިތްވަރުގަދަ ރައްޔިތުން ނުހެދުމަށް ވާދަވެރި ސިޔާސީ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ. ކުނީގެ މައްސަލައަށް ހައްލު ހޯދަންވާނީ ރައްޔިތުންގެ މަސްލަހަތާއި ތިމާވެށީގެ ރައްކާތެރިކަން އިސްކޮށްގެންނެވެ.
Ads by MACL
