ބުދަ، 18 ނޮވެމްބަރު 2026
ވިޔަފާރި

ރާއްޖެ-ތުރުކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

ރާއްޖެ-ތުރުކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާއެކު ބޭއްވެވި މަޝްވަރާތަކުގެ ތެރެއިން ކުރިއަށްދިޔަ ކަމެކެވެ.

މި އެއްބަސްވުމުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވަނީ 4 ނޮވެމްބަރު 2024 ގައެވެ. އެގޮތުން ދިވެހި ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސޮއިކުރެއްވިއިރު، ތުރުކީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޯމަރު ބޮލަޓް އެވެ.

އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށް، އެކަމުގެ ފައިނަލް ނޯޓިފިކޭޝަން ދެ ގައުމުގެ ދެމެދުގައި ވަނީ ބަދަލުކޮށްފައެވެ. އަދި ދެފަރާތުން އެއްބަސްވި ގޮތުގެ މަތިން މިއަދުން ފެށިގެން އަމަލީ ގޮތުން އެއްބަސްވުން ވަނީ ތަންފީޒުކުރަން ފަށާފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ބޮޑެތި ލުއިތަކެއް ލިބި، ދިވެހި މަސްވެރިންނަށާއި ވިޔަފާރިވެރިންނަށް ތުރުކީގެ މާކެޓުގައި ފުރުސަތުތައް ފުޅާވެގެންދާނެއެވެ. މީގެއިތުރުން ވިޔަފާރީގެ ހުރަސްތައް ނައްތާލެވި، ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ދިވެހި މާކެޓަށް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

ވިޔަފާރި

އިތުރަށް ←