ބުދަ، 18 ނޮވެމްބަރު 2026
ވިޔަފާރި

އެޕަލްގެ މަގުބޫލު ފޯނު “އެޕަލް ޑުއޯ” އެލް ސްޓޫޑިއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފި

އެޕަލްގެ މަގުބޫލު ފޯނު ”އެޕަލް ޑުއޯ“ އެލް ސްޓޫޑިއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފި

މާލެ، ދިވެހިރާއްޖެ – ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "އެޕަލް ޑުއޯ" ފޯނު، ރާއްޖޭގައި އެޕަލްގެ އުފެއްދުންތައް ވިއްކާ ރަސްމީ ފިހާރަ ކަމަށްވާ (އެލް) ސްޓޫޑިއޯއިން ރާއްޖޭގެ ބާޒާރަށް މިއަދު ރަސްމީކޮށް ނެރެފިއެވެ.

އެލް ސްޓޫޑިއޯއިން މައުލޫމާތު ދޭ ގޮތުގައި، އެމެރިކާގެ ބާޒާރަށް މި ފޯނު ރަސްމީކޮށް ތައާރަފުކުރި ދުވަހާ އެއްދުވަހެއްގައި، ދިވެހި ކަސްޓަމަރުންނަށްވެސް އެއްވެސް ދަތިކަމެއް ނެތި މި ފޯނު ލިބޭނެ އިންތިޒާމު އެ ފިހާރައިން މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

މިއީ ޓެކްނޮލޮޖީގެ އައު އުފެއްދުންތަކަށް ލޯބިކުރާ ދިވެހިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.

އެލް ސްޓޫޑިއޯއަކީ ރާއްޖޭގައި ހުޅުވުނު އެޕަލްގެ އުފެއްދުންތަކަށް ހާއްސަ ފުރަތަމަ މޮނޯ ސްޓޯރެވެ.

މީގެ އިތުރުން އެ ފިހާރައަކީ އެޕަލް ކުންފުނީގެ އޮތޮރައިޒްޑް ރިސެލަރެއްވެސް މެއެވެ. އެހެންކަމުން، އެ ފިހާރައިން ވިއްކާ ހުރިހާ އުފެއްދުންތަކަކީވެސް އެޕަލްގެ އަސްލު (އޮރިޖިނަލް) ވޮރަންޓީ ލިބިގެންދާނެ އިތުބާރު ހުރި އުފެއްދުންތަކެކެވެ.

މިއަދުން ފެށިގެން އެލް ސްޓޫޑިއޯ މެދުވެރިކޮށް "އެޕަލް ޑުއޯ" ގަންނަން ބޭނުންވާ ފަރާތްތަކަށް ވިޔަފާރީގެ ހިދުމަތްތައް ރަސްމީކޮށް ވަނީ ފަށާފައެވެ.

ދުނިޔޭގެ ބާޒާރުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މި ފޯނު، ނެރުނު ދުވަހުން ފެށިގެން ރާއްޖެއިން ލިބެން ހުރުމަކީ ރާއްޖޭގެ ޓެކްނޮލޮޖީ ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލަންޖެހޭ މުހިންމު ކުރިއެރުމެކެވެ.

 

ވިޔަފާރި

އިތުރަށް ←