ކޮލަމް: ރިޔާސީ ދައުރު އުވާލުން!
ދުނިޔޭގެ ގިނަ ގައުމުތަކުގައި ރައީސުން ނުވަތަ ޓޮޕް އެގްޒެކެޓިވް ލީޑަރުންނަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށްވެސް ވެރިކަން ކުރުމުގެ ދައުރު ލިމިޓު ކުރެވިފައި ނުހުރެއެވެ.
މި ފުރޭމްވޯކު ސަރުކާރު ހިންގާ ތަފާތު ނިޒާމުތަކުން ފެނިގެން ދެއެވެ. އޭގެ ތެރޭގައި ރިޔާސީ ނިޒާމާއި، ސެމީ ރިޔާސީ ޖުމްހޫރިއްޔާތަކާއި، އެގުޒެކުޓިވް ރައީސުންނާއެކު ވެރިކަން ހިންގާ ބަރުލަމާނީ ނިޒާމުތައް ހިމެނެއެވެ.
މީގެ އެންމެ ބޮޑު އެއްބޭނުމަކީ ގައުމީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ހިއްވަރު ދިނުމާއި، ގައުމުގައި ހަމަޖެހުމާއި، ސުލްހަ މަސަލަސްކަން ދެމެހެއްޓުމެވެ.
Ads by BMLދިވެހިރާއްޖޭގެ ވެރިކަމުގެ ދައުރަކީ ޤާނޫނުއަސާސީ ބަޔާންކުރާގޮތުން 5 އަހަރެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުކުރާ މީހަކަށް ވިދވިދިގެން ނުވަތަ އެނޫންގޮތަކަށްވެސް ވެރިކަން ކުރެވޭނީ އެންމެ ގިނަވެގެން 2 ދައުރަށް (ޖުމްލަ 10 އަހަރު) އެވެ. މިއީ އެމެރިކާ، ބްރެޒިލް، އިންޑޮނޭޝިއާ، ޓައިވާން، ފިލިޕީންސް، ދެކުނު ކޮރެއާ ފަދަ ގައުމުތަކުގައި އޮންނަ ގޮތެވެ.
ދުނިޔޭގައި އެންމެ ކާމިޔާބު އެއް ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ. މި ނިޒާމުތަކުގައި ބޮޑުވަޒީރަކު ސަރުކާރު ހިންގުމުގެ ދައުރު ލިމިޓުކޔރެވިފައި ނޯވެއެވެ. މިސާލަކަށް އިންޑިއާ ނަގަމާ ހިނގާށެވެ. 2014 ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރު ކަމުގެ މަގާމު ފުރުއްވަމުން ގެންދަވަނީ ސިރީ މޯދީޖީ ސާހަބެވެ.
ދިވެހިރާއްޖެ ޒަމާނީ ދިމިކުރާތީ އުސޫލުތައް ހިމެނޭ އަދި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދޭ ގާނޫނު އަސާސީއެއް ލިބިގަތްތާ 18 އަހަރު ފުރި، ތަސައްރަފު ފުދުނީ އިއްޔެ (7 އޯގަސްޓު 2026) އެވެ. މި ގާނޫނު އަސާސީގައި އޮތް ކޮރުކަމަކީ ރިޔާސީ ދައުރު ލިމިޓެޑު ކުރެވިފައި އޮތުމެވެ. މިއީ ދުނިޔޭގެ މެޖޯރިޓީ ގައުމުތަކާ ފުށުއަރާ ކަމެކެވެ. އަދި ރިޔާސީ ދައުރުގެ އަދަދު ކަނޑައެޅުމަކީ ރައީސް މައުމޫނަށް ފެހި ކޯޓެކެވެ.
އާ ގާނޫނު އަސާސީއެއް ލިބިގަތްފަހުން ފަސްވަނަ ރައީސެއް ދިވެހި ސިންގާސަނާގައި ރެދަލި ކުރައްވަމުން ދާއިރު އަހުރެންގެ ތަޖުރިބާގައި ރައީސް މުއިއްޒަކީ ދިވެހި ރައްޔިތުންގެ ލޯތްބާއި، ގަދަރު އެންމެ މަތީ ދަރަޖައަކަށް ހޯއްދަވައިގެން ހުންނެވި ރައީސެވެ. ގައުމުގެ އިގުތިސޯދު ހަމައަކަށް އަޚުއްވައި، އަމާން ބަނދަރަކަށް ގެންދެވުމުގެ އެންމެ ކުޅަދާނަ މާލިމީއެވެ. ރާއްޖެ މިދެކޭ ތަރައްގީއާއި، ތަމައްދުނުގެ ހަގީގީ މޭސްތިރިއާއެވެ. އަދި ކިއެއްތަ؟ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ހިމާޔަތްކޮށް، ރައްކާތެރި ކުރުމުގެ ހުޝިޔާރު ފަހުލަވާނެވެ. އިސްލާމްދީނަށް ހުރި ނަސްރާއި، ނަސީބެކެވެ. އެހެންކަމުން ރައީސް މުއިއްޒުފަދަ ހަރުދަނާ، ގާބިލު، ހިކުމަތްތެރި އަދި ގައުމީ ޝަހުސިއްޔަތެއްގެ ޒައާމަތަށް ދިވެހީން އެދި އެދި ތިބީ ހައިރާންވާހާ ބޮޑަށެވެ. ރައީސް ނުއިއްޒުފަދަ ގައުމީ އަބުތޯލެއްގެ ހިދުމަތްތައް ދެ ދައުރަކުން ލިމިޓު ވެފައި އޮތުމަކީ ގައުމަށް ވެވޭ ބޭ އިންސާފެކެވެ.
އަހުރެން ދުށްތަނާއި، ފެންނަ މަންޒަރުގައި ރާއްޖެއަށް އެންމެ ފައިދާއާއި ލާބަ ހުރި މަގަކީ ރިޔާސީ ދައުރުގެ ލިމިޓެޑު އުވާލުމެވެ. މިކަމަކީ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައމްދު މުއިއްޒުގެ އިސްނެންގެވުމަށް ކުރެއްވިދާނެ ކަމެކެވެ. އަދި މިކަމަކީ ކުރާން މިއަދުވެސް ލަސްވެފައިވާ ކަމެކެވެ.
އަހުރެންގެ އިހުލާސްތެރި އިލްތިމާސްއަކީ އަދި ތެދުވެރި ވަސިއްޔަތަކީ ދައުލަތުގެ މުއައްސަސާތަކުން އަދި ހާއްސަކޮން ރައްޔިތުންގެ މަޖިލީހުން މިކަން އަވަސްކޮށް ދެއްވުމެވެ.
Ads by MACL
