2028 ގެ ރިޔާސީ އިންތިޚާބުގައި ނަޝީދާއި ޔާމީން ސިޔާސީގޮތުން އެއްގަލަކަށް އަރާފާނެތަ؟
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ސިޔާސީ މަޝްރަހު ބައްޓަންވަމުންދާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކީގައި ސިޔާސީ މަސައްކަތެއް ކުރެއްވުމުގެ ފުރުސަތާމެދު ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުގެ މެދުގައި ބަހުސްތައް ވަނީ ބޮޑުވެފައެވެ.
ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚަށް ބަލާއިރު، އިދިކޮޅު ފަރާތްތަކުން ވަގުތީގޮތުން އެއްގަލަކަށް އެރުމަކީ އާންމުކޮށް ހިނގާކަމެކެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި ކުރީގެ ރައީސުން ގުޅިގެން ވަގުތީ މަސައްކަތްތަކެއް ކުރެއްވިނަމަވެސް، ދާއިމީ ސިޔާސީ އިއްތިހާދެއް އުފެއްދުމަކީ ތަފާތު ކަމެކެވެ.
ތިނަދޫ ސިޓީ ކައުންސިލްގެ ދައުވަތަކަށް ދެ ބޭފުޅުން އެ ސިޓީއަށް ވަޑައިގަތަސް އެއީ ހަމަ ދެ ހަތުރުންނެވެ. މިތުރުންނަށްވާނެ އެއްގޮތެއް ވެސް ނެތެވެ.
Ads by BMLރައީސް ނަޝީދާއި ރައީސް ޔާމީނަކީ ފާއިތުވި ދުވަސްތަކުގައި ދިވެހި ސިޔާސީ މަޝްރަހުގައި އެންމެ ވާދަވެރި ދެ ފިކުރު ތަމްސީލުކުރެއްވި ދެ ނަންފުޅެވެ. އެމްޑީޕީގެ އިސްސަފާއި ޕީއެންއެފްގެ ސިޔާސީ އަމާޒުތައް ހުރީ ތަފާތު އުސޫލުތަކެއްގެ މައްޗަށް ބިނާވެފައެވެ.
ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގައި ދެ ބޭފުޅުންގެ ވިސްނުން އެއްގޮތްވާ ހާލަތްތައް އާދެއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފިނަމަ، ދެ ބޭފުޅުން އެއްގަލަކަށް ނާރާނެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު އިއްތިހާދުވި ފަދައިން، ސިޔާސީ މަސްލަހަތަށްޓަކައި ވަގުތީ އެއްބަސްވުންތައް ގާއިމުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައި އެމަނިކުފާނުގެ ފަހަތްޕުޅަށް ރައީސް ޔާމީން އަރާވަޑައިގަންނަވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރައީސް ޔާމީން މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުން ވެސް އެކަމަށް ހެކި ލިބެއެވެ.
Ads by MACL
